ފެނަކަ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ހދ. ނޮޅިވަރަމް އިންޖީނުގޭގައި ތެޔޮ ތާންގި ބަނުމުގެ މަސައްކަތާއި ގުޅޭ:

ނަންބަރު:FNK-I/IUL/2020/030

އިޢުލާން

ހދ. ނޮޅިވަރަމް އިންޖީނުގޭގައި ތެޔޮ ތާންގި ބަނުމުގެ މަސައްކަތާއި ގުޅޭ:

 

      މިކުންފުނިން ދޭ މަޢުލޫމާތާއި އެއްްގޮތަށް އަމިއްލަ ތަކެތީގައި ހދ.ނޮޅިވަރަމް ބްރާންޗުގައި 12500 ލީޓަރުގެ 02  ތެޔޮ ތާނގި ބަނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު:FNK-I/IUL/2020/011 އިއުލާނަށް ބަދަލު އައުމާއި ގުޅިގެން އެ އިލުލާން ބާތިލްކޮށް އަލުން މި ފުރުސަތު ހުލުވާލަމެވެ.

      ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ބަޔާންކުރެވިފައިވާ ތާވަލާއިއެއްގޮތައް ވަޑައިގެން ރަޖިސްޓްރީ ކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުންވުން އެދެމެވެ. ބިޑްގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުމާއި އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ މި ކުންފުނީގެ ހދ. ނޮޅިވަރަމް ބްރާންޗުގައެވެ.

 

ތާރީޚް

ވަގުތު

ބިޑްގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުން

09 އިން 11 ފެބްރުއަރީ 2020

09:00 އިން 14:00

މަޢުލޫމާތު ސާފުކުރެވޭ އެންމެފަހު ތާރީޚް (އީމެއިލްގެ ޒަރިއްޔާއިން)

13 ފެބްރުއަރީ 2020

13:00 މެންދުރު

އަންދާސީ ހިސާބު ހުށަހެޅުން

17 ފެބްރުއަރީ 2020

10:00 ހެނދުނު

      މިމަސައްކަތާއި ގުޅޭ މަޢުލޫމާތު ކަރުދާސް، ކުރެހުން އަދި އިތުރު މައުލޫމާތު ރަޖިސްޓްރީ ކުރައްވާ ފަރާތްތަކަށް ރަޖިސްޓަރ ކުރައްވާ ފަރާތްތަކަށް އީމެއިލްގެ ޒަރިއްޔާއިން ހިއްސާކުރެވޭނެކަމުގައި ދަންނަވަމެވެ.

      ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކުގެ އަންދާސީ ހިސާބާއި ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީ ހިސާބުތައް އަދި މި އިޢުލާނާ ގުޅިގެން ދޫކުރެވޭ މަޢުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާ ލިޔުންތައް ހުށަނާޅާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި ކޮންމެ ވަގުތެއްގައި ވެސް އަންދާސީ ހިސާބުތައް ބާޠިލް ކުރުމުގެ ފުރިހަމަ އިޚްތިޔާރު މި ކުންފުންޏަށް ލިބިގެންވެއެެވެ. މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް އީމެއިލް ކުރައްވާނީ [email protected] އަށެވެ.

 

08 ފެބްރުއަރީ 2020

 

 

08 ފެބުރުވަރީ 2020
ހޯދާ