ދިވެހިރާއްޖެ
އިޢުލާން
ގދ. ތިނަދޫގައި އަލަށް އެޅުމަށް ހަމަޖެހިފައިވާ ކުޑަކުދިންގެ ޕާރކްގެ ބައުންޑަރީ ތައްޔާރުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން:
ގދ. ތިނަދޫ ކައުންސިލްގެ އިދާރާއިން އަލަށް ޤާއިމްކުރާ ކުޑަކުދިންގެ ޕާރކުގެ ބައުންޑަރީ ފާރު އަމިއްލަ ތަކެތީގައި ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައިވާ ގޮތުގެ މަތިން މި އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ސުންގަޑިއަށް މި އިދާރާއަށް އަންދާސީ ޙިސާބު ހުށަހެޅުއްވުން އެދެމެވެ.
| 
 
  | 
 ތާރީޚް  | 
 ދުވަސް  | 
 ގަޑި  | 
 ތަން  | 
| 
 މަޢުލޫމާތު ސާފުކުރުން  | 
 02 ފެބްރުއަރީ 2020  | 
 އާދިއްތަ  | 
 10:00 (ހެނދުނު)  | 
 ގދ. ތިނަދޫ ކައުންސިލްގެ އިދާރާ  | 
| 
 އަންދާސީ ހިސާބު ހުށަހެޅުން  | 
 09 ފެބްރުއަރީ 2020  | 
 އާދިއްތަ  | 
 10:00 (ހެނދުނު)  | 
 ގދ. ތިނަދޫ ކައުންސިލްގެ އިދާރާ  | 
މި މަސައްކަތަށް އަންދާސީ ޙިސާބު ހުށަހެޅުއްވޭނީ، މަޢުލޫމާތު ސާފުކުރެއްވުމަށް ދެންނެވިފައިވާ ދުވަހުގެ އެގަޑިއަށް ޙާޟިރުވެ މަޢުލޫމާތު ސާފުކުރައްވާ (މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓްގައި ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ) ފަރާތްތަކަށެވެ. މަސައްކަތް ޙަވާލުކުރާނެ ފަރާތް ހޮވުމަށް ޕޮއިންޓް ދެވޭނެ ގޮތުގެ މަޢުލޫމާތު ކަރުދާހެއް، މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގެންނަވާ ފަރާތްތަކަށް ލިބިވަޑައިގަންނަވާނެވެ.
