ފެނަކަ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ދިދަ ފަހައިދޭނެ ފަރާތެއް ހޯދުމާއި ގުޅޭ:

ނަންބަރު:FNK-I/IUL/2020/008

 

އިޢުލާން

ދިދަ ފަހައިދޭނެ ފަރާތެއް ހޯދުމާއި ގުޅޭ:

 

      މިކުންފުނިން ދޭ މަޢުލޫމާތާއި އެއްގޮތަށް ގައުމީ ދިދަ އަދި މި ކުންފުނީގެ ދިދަ ފަހައިދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު: FNK-I/IUL/2019/298 އިއުލާނަށް އެކަށީގެންވާވަރަށް ތަރުހީބް ލިބިފައި ނުވާތީ އަލުން މި ފުރުސަތު ހުޅުވާލަމެވެ. ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ބަޔާންކުރެވިފައިވާ ތާވަލާއިއެއްގޮތަށް މި ކުންފުނީގެ ހެޑް އޮފީސް (ޕޯރޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުންވުން އެދެމެވެ.

 

 

ތާރީޚް

ވަގުތު

ޕްރީބިޑް ބޭއްވޭ ތާރީޚް

20 ޖަނަވަރީ 2020

10:00 ހެނދުނު

މަޢުލޫމާތު ސާފުކުރެވޭ އެންމެފަހު ތާރީޚް (އީމެއިލްގެ ޒަރިއްޔާއިން)

22 ޖަނަވަރީ 2020

14:00 މެންދުރު

އަންދާސީ ހިސާބު ހުށަހެޅުން

26 ޖަނަވަރީ 2020

10:00 ހެނދުނު

      މިމަސައްކަތާއި ގުޅޭ މަޢުލޫމާތު ކަރުދާސް ގެޒެޓް ގައި އެޓޭޗް ކުރެވިފައިވާނެއެވެ.   

      ޕްރީބިޑްއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބާއި ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީ ހިސާބުތައް އަދި މި އިޢުލާނާ ގުޅިގެން ދޫކުރެވޭ މަޢުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާ ލިޔުންތައް ހުށަނާޅާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި ކޮންމެ ވަގުތެއްގައި ވެސް އަންދާސީ ހިސާބުތައް ބާޠިލް ކުރުމުގެ ފުރިހަމަ އިޚްތިޔާރު މި ކުންފުންޏަށް ލިބިގެންވެއެެވެ. މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް އީމެއިލް ކުރައްވާނީ [email protected] އަށެވެ.

 

14 ޖަނަވަރީ 2020

14 ޖަނަވަރީ 2020
ހޯދާ