ދިވެހިރާއްޖެ
މިޑިޕާޓްމަންޓުގެ ބެލުމުގެ ދަށުގައިވާ ތިރީގައި ދެންނެވިފައިވާ ތަންތަނުގެ ސެކިއުރިޓީ ބަލަހައްޓައިދިނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ކުރެވުނު ނަންބަރު 198F/2019/151 ޢިއުލާނާއި ގުޅިގެން ހުށަހަޅާފައިވާ އަގުތަކަކީ އެކަށީގެންވާ އަގަށްވުރެ ބޮޑު އަގަކަށްވާތީ، އެ ޢިއުލާން ބާޠިލުކޮށް އަލުން އެމަސައްކަތް ކޮށްދޭނެފަރާތެއް ހޯދުމަށް އިޢުލާން ކުރަމެވެ.
މި މަސައްކަތާގުޅޭ މަޢުލޫމާތުޝީޓް އަދި އަންދާސީހިސާބު ހުށަހަޅާ ފޯމު މިޑިޕާޓްމަންޓްގެ ވެބްސައިޓް www.judiciary.gov.mv ގެ ނޯޓިސްބޯޑުން ލިބިވަޑައިގަންނަވާނެއެވެ. މަސައްކަތާ ގުޅޭ މަޢުލޫމާތު ދިނުމުގެ ސެޝަން 2020 ޖެނުއަރީ 12 ވާ އާދީއްތަ ދުވަހުގެ 13:00 ގައި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގައި އޮންނާނެއެވެ.
ވީމާ މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 2020 ޖެނުއަރީ 14 ވަނަ ދުވަހުގެ 10:00 އަށް މިޑިޕާޓްމަންޓަށް އަންދާސީހިސާބު ހުށައެޅުއްވުން އެދެމެވެ.
- ފެމިލީ ކޯޓް / ވަރި ކައިވެނި ސެކްޝަން
- ޑްރަގް ކޯޓް
- ސިވިލް ކޯޓް / ހުޅުމާލެ ޑިވިޝަން
- ޖުޑީޝަލް އެކެޑެމީ / ވިލިމާލެ
މިހެންވެ އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
13 ޖުމާދުލްއޫލާ 1441