ދިވެހިރާއްޖެ
މައިކްރޯސޮފްޓް އޮފީސް 365 އަދި ވީއެމްވެއަރ ލައިސަންސް ފޯރުކޮށްދޭނެ ފަރާތެއް ހޯދަން
ބޭނުންވެއްޖެ
ނަންބަރ: TENDER/AS/2020/001
މި ކުންފުންޏަށް މައިކްރޯސޮފްޓް އޮފީސް 365 އަދި ވީއެމްވެއަރ ލައިސަންސް ފޯރުކޮށްދޭނެ ފަރާތެއް ފަރާތެއް ހޯދަން 25 ޑިސެމްބަރ 2019 ގައި ކުރި ނަންބަރު TENDER/AS/2019/013 އިއުލާނާ ގުޅިގެން އެކަށީގެންވާ އަދަދަކަށް އަންދާސީ ހިސާބު ހުށައަޅާފައި ނުވާތީވެ، މި ދެންނެވުނު ލައިސަންސްތައް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާނު ކުރަމެވެ.
ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 13 ޖެނުއަރީ 2020 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00 ގައި، ފެން ބިލްޑިންގގެ 3 ވަނަ ފަންގިފިލާގައި ހުންނަ މި ކުންފުނީގެ ކޮންފަރެންސް ރޫމްއަށް ވަޑައިގެން އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހެޅުމަށް ކަނޑައެޅިފައިވާ ސުންގަޑިއަށްފަހު އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.
އަންދާސީހިސާބު ހުށަހަޅާނީ އާރ.އެފް.ޕީ ގައި އިރުޝާދު ދެވިފައިވާ ގޮތަކަށެވެ. އާރ.އެފް.ޕީ މި ކުންފުނީގެ ވެބްސައިޓް www.aasandha.mv ޑައުންލޯޑް ކުރެވޭނެ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ.
06 ޖެނުއަރީ 2020
ޕްރޮކިޔުމެންޓް ޔުނިޓް
ފެން ބިލްޑިންގ، 3ވަނަ ފަންގިފިލާ
އަމީނީ މަގު، މައްޗަންގޯޅި، 20375
މާލެ، ދިވެހިރާއްޖެ
އީމެއިލް: [email protected] ވެބްސައިޓް: www.aasandha.mv ފޯން: 3011418
