ދިވެހިރާއްޖެ
އިޢުލާން
"ސްކިލްޑް" އަދި "ޕްރޮފެޝަނަލް" މަޤާމްތަކަށް 'މަސައްކަތް ކުރުމުގެ ހުއްދަ' ދޫކުރުމާ ގުޅޭ
1 ޖަނަވަރީ 2020 (ބުދަ) ދުވަހުން ފެށިގެން ދިވެހިރާއްޖެ ގެންނަ ބިދޭސީ މަސައްކަތްތެރިންގެ ތެރެއިން "ސްކިލްޑް" އަދި "ޕްރޮފެޝަނަލް" ފަންތީގެ މަޤާމްތަކަށް 'މަސައްކަތް ކުރުމުގެ ހުއްދަ' (EMPLOYMENT APPROVAL) އަށް އެދި ހުށަހަޅުއްވާއިރު، މިހާރު ހުށަހަޅުއްވަމުން ގެންދަވާ ވަޒީފާ އަދާކުރާ ފަރާތުގެ ސަނަދު/ސަނަދުތަކަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން "ވެލިޑޭޓް" ކުރެވިފައިވާ ސަނަދު/ސަނަދުތަކެއް ކަމުގައި ވާންޖެހޭނެކަން އާންމުކޮށް އަންގާ ޢިއުލާން ކުރީމެވެ. އަދި މިގޮތަށް އޮންލައިންކޮށް ހުށަހަޅުއްވާ ސަނަދުތަކަކީ އަސްލާ އެއްގޮތްކަމަށް ތައްގަނޑު ޖެހުމުގެ ގަވާއިދު (ނަންބަރު 2019/R-(1067 ގެ މާއްދާތަކާ އެއްގޮތްވާ ގޮތުގެ މަތިން ތައްގަނޑު ޖެހިފައިވާ ސަނަދުތަކަށް ވާންޖެހޭނެ ކަމުގައި ދެންނެވީމެވެ.
28 ރަބީޢުލްއާޚިރު 1441
