ދިވެހިރާއްޖެ
ކުޅުދުއްފުށީ ހާބަރ އެކްޕެންޝަން ޕްރޮޖެކްޓްގެ ދަށުން ޢިމާރާތްކުރާ ފެރީ ޓާރމިނަލްގެ ދޮރާއި ކުޑަދޮރުތައް ހަދައި، ހަރުކުރުމުގެ މަސައްކަތް މިކުންފުނިން ދޭ މަޢުލޫމާތާއި، ކުރެހުމާއި އެއްގޮތަށް އަމިއްލަތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު MTCC-PD/IU/2019/00242 ( 25 ޑިސެމްބަރ 2019 ) ބާޠިލްކޮށް މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހަޅާލުމުގެ ފުރުސަތު އަލުން ހުޅުވާލަމެވެ.
ވީމާ މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2019 ޑިސެމްބަރ 31 ވަނަ ދުވަހުގެ 11:00 އަށް، އެމްޓީސީސީ ހެޑްއޮފީސް 7 ވަނަ ފަންގިފިލާ ( ބޯޑް ރޫމް ) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު، 2020 ޖަނަވަރީ 06 ވަނަ ދުވަހުގެ10:00 އަށް ބަންދުކުރެވިފައިވާ ސިޓީއުރައިގައި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ. އަންދާސީ ހިސާބު ހުށައެޅުއްވޭނީ މައުލޫމާތު ސާފުކުރައްވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.
