ދިވެހިރާއްޖެ
މި އިޢުލާންވަނީ 19 ޑިސެންބަރު 2019 13:44 ގައި ބާތިލް ކުރެވިފައެވެ.
މި ކޯޓުގެ ކޭސް ރިޕޯޓަރ މަޤާމަށް މީހަކު ހޯދުމަށް ކުރެވުނު ނަންބަރު (IUL)197-A1/1/2019/43 (10 އޮކްޓޫބަރު 2019) އިޢުލާނު ބާތިލުކޮށް، ޝަރުޢީ ދާއިރާގެ އިދާރީ މަޤާމުތަކުގެ އަސާސީ ޝަރުތުގެ 2 ވަނަ އިޞްލާޙުގައި ބަޔާންކޮށްފައިވާ ޝަރުތު ހިމަނައިގެން މި މަޤާމަށް އަލުން އިޢުލާނު ކުރަމެވެ.
| ވަޒީފާގެ ފުރުޞަތު | ނަންބަރު: (IUL)197-A1/1/2019/60 | |
| ތާރީޚް: 18 ޑިސެންބަރު 2019 | ||
| މަޤާމް | ކޭސް ރިޕޯޓަރ | ރޭންކް: އެމް.އެސް 2 | 
| ބޭނުންވާ ޢަދަދު | 01 | 
 | 
| މަސައްކަތްކުރަންޖެހޭ ތަން | ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު | |
| އަސާސީ މުސާރަ | -/6295 ރުފިޔާ | |
| މަޤާމަށް ކަނޑައެޅިފައިވާ އިތުރު އެލަވަންސްތައް | - ޖުޑީޝަލް އެލަވަންސް: 5/3147 (އަސާސީ މުސާރައިގެ %50) - ސަރވިސް އެލަވަންސް: -/2000 - ލިވިންގ އެލަވަންސް: -/3000 - ކަނޑައެޅިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ. - ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ފައިސާ. | |
| އަސާސީ ޝަރުޠު | 1- މަޤާމުގެ މަސައްކަތާގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ، 2- މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުން. | |
| މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތު | 1- ކޯޓަށް ހުށަހަޅާ މައްސަލަތައް ރަޖިސްޓްރަރގެ އިރުޝާދުގެ ދަށުން ތާވަލްކުރުން. 2- ކޯޓަށް ހުށަހަޅާ މައްސަލަތަކުގެ ފައިލްތައް ތައްޔާރުކޮށް ބެލެހެއްޓުން. 3- ކޯޓުގައި ބާއްވާ ޝަރީޢަތްތަކުގެ ރިޕޯޓުތައް ބެލެހެއްޓުން. 4- ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުތައް ތައްޔާރުކޮށް ނިމޭ މައްސަލަތަކުގެ މަޢުލޫމާތު ކަމާބެހޭ ސެކްޝަނަށްދީ، އެކަމުގެ ރެކޯޑު ބެލެހެއްޓުން. 5- ކޯޓުގައި ބާއްވާ ޝަރީޢަތްތަކުގެ މަޙްޟަރު ބަޔާންތައް ތައްޔާރުކުރުން. 6- ކޯޓުގައި ބެއްވޭ ޝަރީޢަތްތަކުގެ ބަޔާންތައް ޓައިޕްކުރުމާއިބެހޭ އެންމެހާ ކަންތައްތައް ބެލެހެއްޓުން. | |
| ތަޢުލީމީ ދާއިރާ | އެޑްމިނިސްޓްރޭޝަން / ޤާނޫނީ ދާއިރާ | |
| މަސައްކަތާ ގުޅޭ ތަޢުލީމީ ސެޓްފިކެޓް | 
 | |
| ހުށަހަޅަންޖެހޭ ތަކެތި | 1- ޝަރުޢީދާއިރާގެ ވަޒީފާއަށްއެދޭ ފޯމު 2- ކުރިމަތިލާ ފަރާތުގެ ވަނަވަރު 3- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް) 4- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ) 5- މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައަޅާފައިވާ ފެންވަރުގެ ކޯހެއް ރާއްޖެއިން ބޭރުގެ ތަޢުލީމުދޭ މަރުކަޒަކުން ފުރިހަމަކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއް ނަމަ، ކޯސް ފުރިހަމަ ކުރެއްވި ކަމުގެ ރަސްމީ ލިޔުމާއެކު، މޯލްޑިވްސް ކޮލފިކޭޝަން އޮތޯރިޓީއިން ކޯހުގެ ލެވެލް ބަޔާންކޮށް ދޫކޮށްފައިވާ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓް ހުށަހެޅުމާއި، އަދި ސެޓްފިކެޓް ލިބިފައިވާ ފަރާތްތަކުން ސެޓްފިކެޓް އެކްރެޑިޓްކޮށް ހުށަހެޅުން (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ) 6- މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައަޅާފައިވާ ފެންވަރުގެ ކޯހެއް ރާއްޖޭގައި ތަޢުލީމުދޭ މަރުކަޒަކުން ފުރިހަމަކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއް ނަމަ، ކޯސް ފުރިހަމަ ކުރެއްވި ކަމުގެ ރަސްމީ ލިޔުން ހުށަހެޅުމަށާއި، އަދި ފުރިހަމަކޮށްފައިވާ ކޯހަކީ ރާއްޖެއިން ބޭރުގެ ޔުނިވަރސޓީއަކާ ގުޅިގެން ރާއްޖޭގައި ތަޢުލީމު ދޭ މަރުކަޒަކުން ކުރިއަށް ގެންގޮސްފައިވާ ކޯހެއް ނަމަ އެކަން އެނގޭނެ ރަސްމީ ލިޔުމާއެކު ސެޓްފިކެޓް ހުށަހެޅުން. (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ) 7- އަދާކޮށްފައިވާ އަދި އަދާކުރަމުންދާ ވަޒީފާތަކާއި، އެމަޤާމުތަކުގެ ކްލެސިފިކޭޝަނާއި، ރޭންކް، މަޤާމުގައި ވީ މުއްދަތު އަދި މަސްޢޫލިއްޔަތު އިނގޭނެ ލިޔުންތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ) | |
| ސުންގަނޑި | މި މަޤާމަށް ޝަރުޠު ފުރިހަމަވާ ފަރާތްތަކުން މި ކޯޓުގެ ވަޒީފާއަށް އެދޭ ފޯމު ފުރިހަމަ ކުރެއްވުމަށްފަހު 2019 ޑިސެންބަރު 29 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން މި ކޯޓަށް ހުށަހެޅުއްވުން އެދެމެވެ. | |
| މަޤާމަށް މީހަކު ހޮވުމުގައި އިސްކަން ދެވޭނެ ކަންތައްތައް | 
 | |
| އިތުރު މަޢުލޫމާތު | 
 | |
 
                    