އާސަންދަ ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ވަޑާމުގެ މަސައްކަތްތަކެއް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުން ވެއްޖެ

ވަޑާމުގެ މަސައްކަތްތަކެއް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުން ވެއްޖެ

                                ނަންބަރ: TENDER/AS/2019/011


އެސްޓީއޯ ޓްރޭޑް ސެންޓަރގެ 4 ވަނަ ފަނގިފިލާގައި ހުންނަ މިއޮފީހުގެ ފާޚާނާގެ ދޮރާއި ދޮރުފަތް މަރާމާތު ކޮށް، ސައި ކޮޓަރީގައި ހުންނަ ކަބަޑު ތަކުގެ ފަހަތުގައި ފިލާ ޖަހައި ދޮރުފަތްތައް ބަދަލު ކޮށްދޭނެ ފަރާތެއް ހޯދުމަށް 26 ނޮވެމްބަރ 2019 ގައި ކުރި ނަންބަރު TENDER/AS/2019/008 އިއުލާނާ ގުޅިގެން އެކަށީގެންވާ އަދަދަކަށް އަންދާސީ ހިސާބު ހުށައަޅާފައި ނުވާތީވެ، އެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާނު ކުރަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2019 ޑިސެމްބަރ 22 ވާ އާދިއްތަ ދުވަހުގެ ހެނދުނު 11:00 އަށް އެސްޓީއޯ ޓްރޭޑް ސެންޓަރގެ 4 ވަނަ ފަނގިފިލާގައި ހުންނަ އާސަންދަ އޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2019 ޑިސެމްބަރ 29 ވާ އާދިއްތަ ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން  އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާނީ ޕްރޮކިޔުމަންޓް ޔުނިޓް އަށް އެޑްރެސްކޮށް ފެން ބިލްޑިންގ ގެ 3 ވަނަ ފަންގިފިލާގައި ހުންނަ މިކުންފުނީގެ މައި އޮފީހުގެ ރިސެޕްޝަނަށެވެ.

އަންދާސީހިސާބު ހުށަހެޅުމަށް ކަނޑައެޅިފައިވާ ސުންގަޑިއަށްފަހު އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

އަންދާސީހިސާބު ހުށަހަޅާނީ މި ކުންފުނިން އިރުޝާދު ދޭ ގޮތަކަށެވެ.

 

17 ޑިސެމްބަރ 2019

ޕްރޮކިޔުމެންޓް ޔުނިޓް

ފެން ބިލްޑިންގ، 3ވަނަ ފަންގިފިލާ

އަމީނީ މަގު، މައްޗަންގޯޅި، 20375

މާލެ، ދިވެހިރާއްޖެ

އީމެއިލް: [email protected]                ވެބްސައިޓް: www.aasandha.mv               ފޯން:  3011418

 

 

17 ޑިސެންބަރު 2019
ހޯދާ