ދިވެހިރާއްޖެ
ދިވެހިރާއްޖެއިން ބައިވެރިވެރިފައިވާ މުޢާޙަދާއެއްކަމަށްވާ މޮންޓްރިއަލް ޕްރޮޓޮކޯލް އޮން ސަބްސްޓެންސަސް ދެޓް ޑިޕްލީޓް ދި އޯޒޯން ލޭޔަގެ ދަށުން 2020ގެ ނިޔަލަށް ދިވެހިރާއެޖެއަށް އެޗްސީއެފްސީ އިމްޕޯޓު ކުރާ މިންވަރު ކޮންޓްރޯލްކޮށް މެނޭޖްކުރުމުގެ ގޮތުން ސަރުކާރުން ވަނީ 2020ވަނަ އަހަރު އެޗްސީއެފްސީ އިމްޕޯޓް ކުރުމަށް ހުއްދަދޭނެ ފަރާތެއް ކަނޑައެޅުމަށް ނިންމާފައެވެ. އެގޮތުން 2020 ވަނައަހަރު ރާއްޖެއަށް މި ގޭސް އެތެރެކުރަން ޝައުގުވެރިވެލައްވާ ފަރާތްތަކަށް ބީލަންހުށަހެޅުއްވުމުގެ ފުރުސަތު ހުޅުވާލަމެވެ. މި ބީލަމުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން ތިރީގައިވާ އެޑްރެހަށް ލިޔުމަކުން ހުށަހެޅުއްވުމުން ބީލަން ފޮތްތަކުގެ އިލެކްޓްރޯނިކް ކޮޕީއެއް ލިބިވަޑައިގަންނަވާނެއެވެ.
2020 ވަނައަހަރު ދިވެހިރާއްޖެއަށް ކަނޑައަޅަފައިވާ އެޗް.ސީ.އެފް.ސީގެ ކޯޓާއަކީ 1.68 (އެކެއް ޕޮއިންޓް ހައެއް ހަށެއް) މެޓްރިކްޓަނެވެ.
މި މަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ބާއްވާ ޕްރީބިޑް ބައްދަލުވުން އޮންނާނީ 17 ޑިސެމްބަރު 2019 ވާ އަންގާރަ ދުވަހުގެ 10:00 ގައި، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްއެވެ.
ބަންދުކުރެވިފައިވާ ބީލަންތައް 19 ޑިސެމްބަރު 2019 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް ތިރީގައިވާ އެޑްރެހަށް ހުށަހަޅުއްވަން ވާނެއެވެ. އިލެކްޓްރޯނިކް އުޞޫލަކުން ހުށަހެޅޭ ބީލަން ޤަބޫލެއް ނުކުރެވޭނެއެވެ. އަދި ކަނޑައެޅިފައިވާ ވަގުތުގެ ފަހުން ހުށަހެޅޭ ބީލަންތައްވެސް ބަލައިނުގަނެވޭނެއެވެ.
ބީލަންތައް ހުޅުވާނީ 19 ޑިސެމްބަރު 2019 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި ބީލަން ހުށަހަޅާފަރާތްތަކުގެ ތެރެއިން މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވަން ބޭނުންފުޅުވާ ފާރަތްތަކުގެ ހާޒިރުގައެވެ.
ޕްރޮކިއުމަންޓް ސެކްޝަން
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް
ގްރީން ބިލްޑިންގ
ހަނދުވަރީ ހިނގުން، މާފަންނު
މާލެ،ދިވެހިރާއްޖެ
ފޯން: +960 3018361 / +960 3018369
