ދިވެހިރާއްޖެ
| 
 މި ކޮމިޝަނުގެ ނަންބަރު:(IUL)195-A-HR/195/2019/39 28 ނޮވެންބަރު 2019 އިޢުލާނުގައވާ "އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީ ޓެކްނިކަލް އޮފިސަރ (އައި.ސީ.ޓީ.ޓެކްނިކަލް އޮފިސަރ)" މަޤާމަށް އެކަށީގެންވާ ވަރަށް މީހުން ކުރިމަތިލާފައި ނުވާތީ އެ މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު އަލުން ހުޅުވާލަމެވެ. އަދި ދަންނަވަމެވެ. ކުރިން މި ދެންނެވި އިއުލާނާ ގުޅިގެން އެ މަޤާމަށް ކުރިމަތިލައްވާފައިވާ ފަރާތްތަކުން އަލުން އެޕްލިކޭޝަން ފޯމު ހުށަހަޅަން ނުޖެހޭނެ ވާހަކަވެސް ދަންނަވަމެވެ.  | 
|
| 
 މަގާމު  | 
 އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީ ޓެކްނިކަލް އޮފިސަރ (އައި.ސީ.ޓީ.ޓެކްނިކަލް އޮފިސަރ)  | 
| 
 ރޭންކް  | 
 އެމް.އެސް 2  | 
| 
 ކްލެސިފިކޭޝަން  | 
 ސީނިއަރ އޮފިސަރ ގްރޭޑް 2 / ޓެކްނިކަލް އޮފިސަރ ގްރޭޑް 2  | 
| 
 ސެކްޝަން / ޔުނިޓް  | 
 އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީ ޔުނިޓް  | 
| 
 ބޭނުންވާ އަދަދު  | 
 1  | 
| 
 މަސައްކަތް ކުރަންޖެހޭ ތަން  | 
 ޖުޑީޝަލް ސަރވިސް ކޮމިޝަން  | 
| 
 އަސާސީ މުސާރަ  | 
 -/8،773 ރުފިޔާ  | 
| 
 އެލަވަންސާއި އިތުރު ގަޑި  | 
 - ލިވިންގ އެލަވަންސް -/3,000 ރުފިޔާ - ނޮން ޕްރެކްޓިސް އެލަވަންސް އަސާސީ މުސާރައިގެ %50 (4386/50) ރުފިޔާ - ހާޟިރީ އެލަވަންސް (ޙާޟިރީ އެލަވަންސް ދިނުމަށް ކަނޑައަޅާފައިވާ އުސޫލުން) -/150 ރުފިޔާ - އިތުރުގަޑީގައި މަސައްކަތް ކުރާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ މަސައްކަތަށް އުޖޫރަ ދެވޭނެއެވެ.  | 
| 
 އަސާސީ ޝަރުޠު  | 
 1- މަޤާމަށް ބޭނުންވާ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި GS3 ރޭންކުން ފެށިގެން މަތީ ރޭންކެއްގައި މަދުވެގެން 3 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން ނުވަތަ، 2- މަޤާމަށް ބޭނުންވާ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި GS3 ގެ ރޭންކުން ފެށިގެން މަތީ ރޭންކެއްގައި މަދުވެގެން 1 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން ނުވަތަ، 3- މަޤާމަށް ބޭނުންވާ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލްކޮށްފައިވުން. 4- މި އިޢުލާނުގެ މަޤާމުގެ މަސްއޫލިއްޔަތުގެ ތެރޭގައި ބަޔާންކޮށްފައިވާ ކަންކަން ކުރުމަށް ބޭނުންވާ ތަޢުލީމާއި ތަޖުރިބާ ލިބިފައިވާ ފަރާތެއްކަމުގައިވުން.  | 
| 
 މަޤާމުގެ މަސްއޫލިއްޔަތު:  | 
 - ކޮމިޝަނުގެ ހިންގުން ހަރުދަނާކުރުމަށް ބޭނުންވާ އެންމެހާ ސޮފްޓްވެއަރތައް ޑެވެލޮޕްކޮށް ބެލެހެއްޓުން - ކޮމިޝަނަށް ބޭނުންވާ ސޮފްޓްވެއަރތައް / ޕްލެޓްފޯރމްތައް ދެނެގަނެ ، ޕްރޮކިއުމަންޓަށް ފޮނުވަންޖެހޭނަމަ އެފަދަ ސޮފްޓްވެއަރ ތަކުގެ ރިއުއަރމަންޓް ތައްޔާރުކޮށް އެހީތެރިވުން - ކޮމިޝަނުގެ އިންޓްރާނެޓް އަދި މިހާރު ބޭނުންކުރާ ސޮފްޓްވެއަރ ސިސްޓަމްތައް މެއިންޓެއިންކޮށް، ގެންނަންޖެހޭ ބަދަލުތައްގެނެސް ދިމާވާ މައްސަލަތައް ހައްލުކޮށް ބެލެހެއްޓުން - ކޮމިޝަންގައި ބޭނުންކުރާ ސަރވަރ ، ފަޔަރވޯލް އަދި އެހެނިހެން ސިސްޓަމްތަކާއި ނެޓްވޯރކް ބެލެހެއްޓުމުގައި އެހީތެރިވުން - ކޮމިޝަންގެ ވެބްސައިޓަށް ދިމާވާ މައްސަލަތައް ހައްލުކޮށް ބެލެހެއްޓުން - އައިސީޓީގެ ދާއިރާއިން ކޮމިޝަންގެ މަސައްކަތްތައް އެފިޝަންޓް ކުރުމަށް ބޭނުންވާ އައު ޓެކްނޮލޮޖީސް ދިރާސާކޮށް، އެ ޓެކްނޮލޮޖީސް އިންޕްލިމެންޓް ކުރެވޭނެ މަގު ތަނަވަސްކުރުން - ކޮމިޝަންގެ ކޮމްޕިއުޓަރ ސިސްޓަމްތަކަށް ދިމާވާ ސޮފްޓްވެއަރ މައްސަލަތައް ބަލައި ހައްލުކޮށް ސިސްޓަމްތައް އަޕްގްރޭޑްކޮށް ބެލެހެއްޓުން - ކޮމިޝަންގެ އެކްސެސް ކޮންޓްރޯލް ސިސްޓަމް ، ސީސީޓީވީ، ފޯން ސިސްޓަމް، ވީޑިއޯ ކޮންފަރެންސް އަދި އޯޑިއޯރެކޯރޑިންގ ސިސްޓަމް، ފަދަ އެންމެހާ އައިސީޓީ އާއި ގުޅުންހުރި ސިސްޓަމްތައް މެއިންޓެއިންކޮށް ބެލެހެއްޓުމުގައި އެހީތެރިވުން - ކޮމިޝަނުގެ އައިސީޓީ އާއި ގުޅޭގޮތުން އަންނަ ޝަކުވާތަކާއި މައްސަލަތައް ބަލައި ހައްލު ހޯދައިދިނުން - ކޮމިޝަންގައި ބޭނުންކުރާ ސިސްޓަމްތަކުގެ ލައިސަންސްތައް މުއްދަތު ހަމަވިޔަ ނުދީ ބެލެހެއްޓުން - މީގެ ކޮމިޝަންގެ މުވައްޒަފުން ސްފްޓްވެއަތަކަށް އަހުލުވެރިކުރުމަށް ބޭނުންވާ ތަމްރީންތައް ރާވާ ހިންގުން - ކޮމިޝަނުގެ އިދާރީ ހިންގުމުގެ ތެރެއިން އެހެނިހެން ސެކްޝަންތައް އަދި ޔުނިޓްތަކަށް ބޭނުންވާ އެހީތެރިކަން އެފަދަ ހާލަތްތަކުގައި ފޯރުކޮށްދިނުން. - މަތީގައި ބަޔާން ކޮށްފައިވާ ކަންތައްތަކުގެ އިތުރުން ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މަސައްކަތްތައް އޮމާންކަމާއިއެކު އިންތިޒާމްކޮށް ހިންގުމަށް ބޭނުންވާ އެންމެހާ ކަންތައްތައް ސެކްރެޓަރީ ޖެނެރަލްގެ ލަފާގެ މަތިން އިންތިޒާމްކޮށް ހަމަޖެއްސުުން.  | 
| 
 މި އިޢުލާންގައިވާ މަޤާމަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ތަކެތި  | 
 1- ފުރިހަމަކޮށްފައިވާ ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ވަޒީފާއަށް އެދި ހުށަހަޅާ ފޯމް 2- މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި އެހެނިހެން ތަޢުލީމީ ސެޓްފިކެޓުތަކުގެ ކޮޕީ ޓްރާންސްކްރިޕްޓާއެކު ނޯޓް: ދިވެހި ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒުތަކުން ހިންގާ ތައުލީމާއި ތަމްރީނު ޕްރޮގްރާމްތަކުގެ ތެރެއިން ދިވެހިރާއްޖޭގެ ތައުލީމީ ސަނަދުތަކުގެ އޮނިގަނޑުގައި ކަނޑައެޅިފައިވާ ގިންތިތަކަށް ފެތޭގޮތަށް، އެމް.ކިއު.އޭގެ ހުއްދައާއެކެ 1 ސެޕްޓެމްބަރ 2016 ގެ ފަހުން ހިންގާ ޕްރޮގްރާމްތައް ފުރިހަމަ ކުރުމުން ދޭ ލޯކަލް ސަނަދުތައް އެކްރެޑިޓް ކުރަން ނުޖެހޭނެއެވެ. 3- ވަނަވަރުު (ކުރިން ވަޒީފާ އަދާކޮށްފައިވާނަމަ، އެ ވަޒީފާ އަދާކޮށްފައިވާ ތަންތަނާއި އަދާކުރި ވަޒީފާތަކާ އެ ވަޒީފާތައް އަދާކުރި މުއްދަތާ އަދި އެ ވަޒީފާ ތަކުގެ މައިގަނޑު މަސްއޫލިއްޔަތުތައް ހިމެނޭގޮތަށް) 4- ވަނަވަރުގައި ކުރިން ވަޒީފާ އަދާކޮށްފައިވާކަމަށް ބަޔާންކޮށްފައިވާނަމަ އެ ވަޒީފާ އަދާކޮށްފައިވާ ތަންތަނާއި އަދާކުރި ވަޒީފާތަށް (މަޤާމުގެ ނަމާއި ރޭންކް ނުވަތަ ކްލެސިފިކޭޝަން) އެނގޭގޮތަށް، އަދި އެ ވަޒީފާތައް އަދާކުރި މުއްދަތާއި އެ ވަޒީފާ ތަކުގެ މައިގަނޑު މަސްއޫލިއްޔަތުތައް ބަޔާންކޮށްފައިވާ އެ އޮފީހުގެ ލިޔުން 5- މުއްދަތު ހަމަނުވާ އައިޑީ ކާޑުގެ ކޮޕީ  | 
| 
 ސުންގަޑި  | 
 23 ޑިސެންބަރު 2019 ވަނަ ދުވަހުގެ 13:00 ގެ ކުރިން ޖުޑީޝަލް ސަރވިސް ކޮމިޝަން (ތީމުގެ އާބުރުޒުހިނގުން) ހުށަހެޅުއްވުން އެދެމެވެ.  | 
| 
 އިތުރު މަޢުލޫމާތު  | 
 1- ކޮމިޝަންގެ ވަޒީފާއަށް އެދި ހުށަހަޅާ ފޯމް ފުރިހަމަކޮށް އަދި ފޯމާއެކު ހުށަހަޅަންޖެހޭކަމަށް ބަޔާންކޮށްފައިވާ ތަކެތި ބަޔާންކޮށްފައިވާގޮތަށް ހުށަހަޅާފައިނުވާނަމަ އެ ފޯމް ބާތިލްވާނެއެވެ. 2- މި މަޤާމަށް ކުރިމަތިލާންވާނީ، ކުރިން މަސައްކަތްކޮށްފައިވާ އޮފީސްތަކުންނާއި، އަދި މިހާރުވެސް މަސައްކަތްކުރާ އޮފީހަކުން އެމީހެއްގެ މަޢުލޫމާތު (ޙާޟިރީ ރިޕޯޓް، އިސްލާޙީ ފިޔަވަޅު، ޕަރފޯމަންސް އެޕްރެއިޒަލް)، މި ކޮމިޝަނުން ސާފުކުރަން ބޭނުންވެއްޖެ ހިނދެއްގައިި އެ މަޢުލޫމާތު މި ކޮމިޝަނުން ހޯދުމާމެދު އިޢުތުރާޒް ނުކުރާނަމައެވެ. 3- މި މަޤާމަށް އެޕްލައިކުރައްވާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ހުރިހާ ކެންޑިޑޭޓުންނަށް، މަސައްކަތަށް ބޭނުންވާ ހުނަރު ހުރިތޯ ބެލުމަށް އިމްތިހާނެއް ދެވޭނެއެވެ. މި އިމްތިހާނަށް ކަނޑައަޅާފައިވާ މާކުސްގެ ½ މާކުސްް ލިބޭ ފަރާތްތައް އިންޓަރވިއު އަދި ޕްރެޒެންޓޭޝަނަށް ޝޯޓްލިސްޓް ކުރެވޭނެއެވެ. 4- އިންޓަރވިއު އަދި ޕްރެޒެންޓޭޝަނަށް ޝޯޓްލިސްޓްކުރެވުނުކަން އަންގާނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވުނު ފަރާތްތަކަށެވެ. އެނޫން ކެންޑިޑޭޓުންނަކަށް އެ ކަމެއް ލިޔުމަކުން ނާންގާނެއެވެ. އިންޓަރވިއު އަދި ޕްރެޒެންޓޭޝަނަށް ޝޯޓްލިސްޓްކޮށް ނިމުމުން އެކަން މި ކޮމިޝަނުގެ ވެބްސައިޓުގައި އާންްމުކުރެވޭނެއެވެ. 5- ޕްރެޒެންޓޭޝަނާ ގުޅޭ ތަފްޞީލް މަޢުލޫމާތާއެކު، ޕްރެޒެންޓޭޝަން ހުށަހެޅުމުގެ މަސައްކަތު 2 ދުވަސް ކުރިން، އިންޓަރވިއު އަދި ޕްރެޒެންޓޭޝަނަށް ޝޯޓްލިސްޓްވީ ފަރާތްތަކަށް އަންގާނެއެވެ. 6- މި ވަޒީފާއަށް ކުރިމަތިލެއްވުމަށްފަހު ޝޯޓްލިސްޓްކުރެވި އިންޓަރވިއު އަދި ޕްރެޒެންޓޭޝަނަށް ޙާޟިރުވުމަށް ދެންނެވުމުން އިންޓަރވިއުުއަށް ޙާޟިރު ނުވާ ފަރާތްތައް ޑިސްކޮލިފައި ކުރެވޭނެއެވެ. 7- ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ވަޒީފާއަށް އެދޭ މީހެއްގައި ހުންނަންޖެހޭނެކަމަށް ބަޔާންކޮށްފައިވާ އިތުރު ޝަރުޠުތައް ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ހިންގާ ޤަވާއިދުގައި ބަޔާންކޮށްފައިވާނެއެވެ. ހިންގާ ޤަވާއިދު www.jsc.gov.mv ވެބްސައިޓުން ލިބެން ހުންނާނެއެވެ. 8- މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 3303501 އެވެ. ވަޒީފާއަށް އެދޭ ފޯމް، www.jsc.gov.mv ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. އަދި މި ކޮމިޝަންގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.  | 
