ކުނަހަންދޫ ސްކޫލް، ލ. ކުނަހަންދޫ
ދިވެހިރާއްޖެ
2020 ވަނައަހަރަށް ކުރަންޖެހޭ މަރާމާތު ތަކާގުޅޭ

                                                                                     އިޢުލާން ނަންބަރ:GS-184/IUL/2019/38

 

ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

2020 ވަނައަހަރަށް ކުރަންޖެހޭ މަރާމާތު ތަކާގުޅޭ

1        2020 ވަނައަހަރުގެ ދިރާސީ އާ އަހަރުފެށުމުގެ ކުރިން މިސުކޫލުގައި ކުރަންހުރި، ތިރީގައި މަދަންނަވާ މަސައްކަތްތަށް އަމިއްލަ ތަކެތީގައި ކުރުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފާރަތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައި ވާނެއެވެ.

1.1    ސުކޫލުގެ ހޯލުހިމެނޭ އިމާރާތުގެ އަސްކަނި ސީލިންގ ކުރުން.

1.2    ސުކޫލުގެ ވަށާފާރުގައި ކުލަލުން.

1.3    ސުކޫލުގެ ފާޚާނާތަށް މަރާމާތު ކުރުން.

2        މިޕްރޮޖެކްޓްގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2019 ޑިސެމްބަރ 04 ން 2019 ޑިސެމްބަރ 10 ށް ބަންދުނޫން ދުވަސްތަކުގެ 8:00 އިން 14:00 އަށް މި ސުކޫލަށް ވަޑައިގެން ނަންނޯޓް ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ނަންނޯޓް ކުރާ ފަރާތްތަކަށެވެ.

3        މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2019 ޑިސެމްބަރ 11 ވަނަ ދުވަހުގެ 13:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.

4        މިޕްރޮޖެކްޓާ ގުޅޭގޮތުން ބޭއްވޭ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 12 ޑިސެމްބަރ 2019 ވާ ބުރަސްފަތި ދުވަހުގެ މެންދުރުފަހު 13:00 މިސުކޫލުގެ އޮފީހުގައެވެ.

5        ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 2019 ޑިސެމްބަރ 19 ވަނަ ދުވަހުގެ 11:00 ގައި މިސުކޫލުގެ އޮފީހުގައެވެ.

6        މިމަސައްކަތަށް ބިޑް ސެކިއުރިޓީގެ ގޮތުގައި 2,000/- ރުފިޔާ ހުށަހަޅަންވާނެއެވެ. ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީހުން ފެށިގެން 30 ދުވަހެވެ.

7        ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ކުނަހަންދޫ ސްކޫލް

ލ. ކުނަހަންދޫ / ދިވެހިރާއްޖެ.

ފޯން: 6800744

އީ-މެއިލް: [email protected]

ކޮޕީ-މެއިލް: [email protected]

06 ރަބީޢުލްއާޚިރު 1441

03 ޑިސެމްބަރ 2019

03 ޑިސެންބަރު 2019
ހޯދާ