ދިވެހިރާއްޖެ
ރާއްޖެއަށް އެތެރެކޮށް ވިއްކުމަށް މި އޮތޯރިޓީގައި ރަޖިސްޓަރީ ކުރެވި ހުއްދަ ދެވިފައިވާ މައިކްރޯ ލެބް ލިމިޓެޑް "އިންޑިއާ" ގެ ބެކްޓޮކްލޭވް 375 އާއި 625 މިލިގުރާމު ނޫން، ހަމަ އެކަނި އިންޑިއާގެ ލޯކަލް މާރކެޓަށް އުފައްދާފައިވާ ބެކްޓޮކްލޭވް ރާއްޖޭގައި މިހާރު ވިއްކަމުންދާކަން ވަނީ ފާހަގަ ކުރެވިފައެވެ. ރާއްޖެއަށް އެތެރެކޮށް ވިއްކުމަށް ހުއްދަ ނުކުރާ، ވަކި ގައުމަކަށް ހާއްސަކޮށްގެން ތައްޔާރުކުރާ ބޭހަކީ އޭގެ ރައްކާތެރިކަމާއި ފެންވަރު ބެލިފައިވާ ބޭހެއް ނޫނެވެ. ވީމާ ހުއްދަ ނުކުރާ ބޭސް އެތެރެ ކުރުމާއި ވިއްކުމަކީ " ބޭހުގެ ބާވަތްތައް ރާއްޖެއަށް އެތެރެ ކުރުމާއި ވިއްކުމުގެ ޤާނޫނު ނަންބަރު: 75 /78 ގެ ދަށުން މަނާ ކަމެއްކަން އާއްމުކޮށް އެންގުމަށްޓަކައި އިއުލާނު ކުރީމެވެ.
މި ދެބޭހުގެ ތަފާތު ތިރީގައި ދެންނެވިފައި މިވަނީއެވެ.
| ބޭހުގެ ނަން | ރަޖިސްޓަރީކޮށްފައިވާ ބޭސް | ރަޖިސްޓަރީނުކުރާ (ލޯކަލް މާރކެޓަށް އުފައްދާފައިވާ ބޭސް ) | 
| Bactoclav 375 mg | 
 | 
 | 
| Bactoclav 625 mg | 
 | 
 | 
ވީމާ މޯލްޑިވްސް ފުޑް އެންޑް ޑުރަގު އޮތޯރިޓީގައި ރަޖިސްޓަރީ ނުކުރާ ބެކްޓޮކްލޭވް 375 އާއި 625 މިލިގުރާމު އެތެރެ ނުކުރުމާއި ނުވިއްކުމަށާއި ބޭނުން ނުކުރުމަށް ދެންނެވީމެވެ.
އިތުރު މައުލޫމާތު ހޯއްދެވުމަށް މި އޮތޯރިޓީގެ 3014322 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.
12 ޖުމާދަލްއޫލާ 1435 ހ.
 
                    