ދިވެހިރާއްޖެ
އިޢުލާން
މަތިމަރަދޫ ފުޓްބޯޅަ ދަނޑު ސާފު ކޮށްދޭނެ ފަރާތެއް ހޯދުން.
01 ޖެނުއަރީ 2020 އިން 30 އޭޕްރީލް 2021 ގެ ނިޔަލަށް މިރަށު މަތިމަރަދޫ ފުޓްބޯޅަ ދަނޑު ސާފުކޮށް ބަލަހައްޓާނެ ފަރާތެއް ހޯދަން ބޭނުންވެގެން މި އިދާރާއިން ކުރި ނަންބަރު(IUL)399-MS/399/2019/62 (27-11-2019) އިޢުލާނާގުޅިގެން މަޢުލޫމާތު ސާފުކުރުމަށް އެކަށީގެންވާވަރަށް މީހުން ހާޟިރުވެފައިނުވާތީ އެ އިޢުލާނު ބާތިލްކޮށް އަލުން އެފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ދިވެހިރައްޔިތެއްކަން އަންގައިދޭ ފޮޓޯޖެހި ރަސްމީ ލިޔުމެއް ހިއްޕަވައިގެން މި އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. ނަމަވެސް މި އިދާރާގެ ނަންބަރު (IUL)399-MS/399/2019/38 (18 ޖުލައި 2019) އިޢުލާނާއި ގުޅިގެން ކުރިމަތިލި ފަރާތްތަކުގެ ތެރެއިން މަގެއް ނުވަތަ ސަރަޙައްދެއްލިބި ބަރާބަރަށް ސާފުނުކޮށްގެން ވަކިކޮށްފައިވާ ނަމަ އެ ފަރާތަކަށް ފުރުޞަތެއް ނުދެވޭނެއެވެ.
| 
 #  | 
 މަޢުލޫމާތު ސާފުކުރުން  | 
 ޙާޟިރުވާންޖެހޭ ތަން  | 
 ތާރީޚް  | 
 ގަޑި  | 
| 
 1  | 
 މަޢުލޫމާތު ސާފުކުރުން  | 
 ގަމު ކައުންސިލްގެ އިދާރާ  | 
 08 ޑިސެމްބަރު 2019 (އާދީއްތަ)  | 
 10:00 ށް  | 
| 
 2  | 
 އަންދާސީ ހިސާބު ހުށަހެޅުން  | 
 ގަމު ކައުންސިލްގެ އިދާރާ  | 
 11 ޑިސެމްބަރ 2019 (ބުދަ)  | 
 10:00 ށް  | 
ގަޑިޖެހިގެން ޙާޟިރުވާ ފަރާތްތަކަށް މަޢުލޫމާތު ސާފުކުރުމާއި، އެސްޓިމޭޓް ހުށަހެޅުމުގެ ފުރުޞަތެއް ނުދެވޭނެއެވެ. އަދި މަޢުލޫމާތު ސާފުނުކުރާ ފަރާތްތަކުގެ އެސްޓިމޭޓް ބަލައެއް ނުގަނެވޭނެއެވެ. ކޮންމެ މީހަކަށްވެސް މަޢުލޫމާތު ސާފުކުރެވޭނީ ކޮންމެވެސް އެއްފަރާތެއްގެ ނަމުގައެވެ.
މިހެންވެ، މިކަން އަންގާ އިޢުލާނު ކުރީމެވެ.
30 ރަބީޢުލްއައްވަލް 1440 ހ
27 ނޮވެމްބަރ 2019 މ
