ދިވެހިރާއްޖެ
އިޢުލާން
ކުޑަކުދިން ކުޅުމަށް ޕާރކުތަކުގައި ބަހައްޓާ ކުޅޭ ސެޓްތަށް ފޯރުކޮށްކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ
މި އިދާރާއިންދޭ މަޢުލޫމާތާއި އެއްގޮތަށް ކުޑަކުދިން ކުޅުމަށް ޕާރކުތަކުގައި ބަހައްޓާ ކުޅޭ ސެޓްތަކެއް ގަނެ ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ގޮތުގެމަތިން މި އިދާރާއަށް ޙާޟިރުވެދެއްވައި މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
| 
 ތަފްޞީލް  | 
 ތާރީޚް  | 
 ދުވަސް  | 
 ގަޑި  | 
| 
 އަންދާސީ ހިސާބު ހުށަހަޅާ ފޯމް ދޫކުރުމާއި، މަޢުލޫމާތު ދިނުން  | 
 19 ނޮވެމްބަރ 2019  | 
 އަންގާރަ  | 
 11:30  | 
| 
 އަންދާސީ ހިސާބު ހުށަހަޅަންޖެހޭ ސުންގަޑި  | 
 25 ނޮވެމްބަރ 2019  | 
 ހޯމަ  | 
 11:30  | 
މަޢުލޫމާތު ސާފުކުރައްވާ އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުއްވާނަމަ، އަންދާސީ ހިސާބު ހުށަހަޅުއްވަން ބޭނުންފުޅުވާ ފަރާތުގެ ސިޓީއެއް، ބަދަލުގައި ޙާޟިރުވެލައްވާ ފަރާތުން ހުށަހަޅުއްވަންވާނެއެވެ. އެސިޓީގައި ބަދަލުގައި ޙާޟިރުވެލައްވާ ފަރާތުގެ ނަމާއި، އެޑްރެސް އަދި ދިވެހި ރައްޔިތެންކަން އަންގައިދޭ ކާޑު ނަންބަރު ލިޔުއްވާފައި އޮންނަންވާނެއެވެ. މީގެއިތުރުން އަންދާސީ ހިސާބު ހުށަހަޅުއްވަން ބޭނުންފުޅުވާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ފޮޓޯކޮޕީ އަދި ކުންފުންޏެއްނަމަ ކުންފުނީގެ ރަޖިސްޓްރީގެ ކޮޕީ ހުށަހަޅުއްވަންވާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުއްވޭނީ ހަމައެކަނި މަޢުލޫމާތު ސާފުކުރުމަށް ޙާޟިރުވެލައްވާ ފަރާތްތަކަށް ކަމުގައިވެސް ދަންނަވެމެވެ.
މިހެންވެ، މިކަން ޢާއްމުކޮށް އިޢުލާން ކުރީމެވެ.
20 ރަބީޢުލްއައްވަލް 1441
