މާރަންދޫ މަދަރުސާ
ދިވެހިރާއްޖެ
2020ވަނަ އަހަރަށް މިސްކޫލްގެ ސެކިއުރިޓީ ބެލެހެއްޓުން

ސްކޫލްގެ ސެކިއުރިޓީ އައުޓް ސޯސް ކުރުމާއި ގުޅޭ

  މިސްކޫލްގެ ސެކިއުރިޓީ 2020 ވަނަ އަހަރު ބަލަހައްޓައިދެނޭ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. ވީމާ، މިސްކޫލްގެ ސެކިއުރިޓީ ބެލެހެއްޓުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކަށް މަޢުލޫމާތު ދެއްވުމަށް ބާއްވާ ބައްދަލުވުން 26 ނޮވެމްބަރ 2019  ވާ އަންގާރަ ދުވަހު ހެނދުނު 10:00 ގައި ސްކޫލް އޮފީހުގައި އޮންނާނެއެވެ. މިބައްދަލުވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އެސްޓިމޭޓް ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެވާހަކަ ދެންނެވީމެވެ. މައުލޫމާތު ސާފުކުރެއްވުމަށް ބަދަލުގައި މީހެއް ފޮނުވާނަމަ ސިޓީއަކާއި، ބަދަލުގައި އަންނަ މީހާގެ މުއްދަތު ހަމަނުވާ އައިޑީކާޑުގެ ކޮޕީއަކާއި، އައިޑީކާޑު ހިއްޕަވައިގެން ވަޑައިގަތުމަށް ދަންނަވަމެވެ.          

 މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 01  ޑިސެމްބަރ 2019 ވާ އާދިއްތަ ދުވަހުގެ ހެނދުނު 10:00އަށް ސްކޫލަށް ދުރުވެ އަންދާސީ ހިސާބު ހުށަހެޅެއްވުން އެދެމެވެ.

ނޯޓް: މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު ( ޤާނޫނު ނަންބަރު: 18/2014 ) ގެ ދަށުން  ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ. އަދި އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ މިސްކޫލުގެ ފޯނު ނަންބަރު 6500535 އަށް ގުޅުއްވުން އެދެމެވެ.

17 ނޮވެންބަރު 2019
ހޯދާ