އިޢުލާން
2019 ވަނަ އަހަރުގެ ދެވަނަ ސެމެސްޓަރގެ އިމްތިޙާން ބެލެހެއްޓުމަށް އިންވިޖިލޭޓަރުން ހޯދުމަށް
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ 2019 ވަނަ އަހަރުގެ ދެވަނަ ސެމިސްޓަރގެ އިމްތިޙާން ބެލެހެއްޓުމަށްޓަކައި އިންވިޖިލޭޓަރުންގެ ގޮތުގައި މަސައްކަތް ކޮށްދޭނެ މީހުން ހޯދުމަށް ބޭނުންވެއެވެ.
|
ބޭނުންވާ ޢަދަދު:
|
60
|
|
މުސާރަ:
|
ކޮންމެ ސެޝަނަކަށް -/300 ރުފިޔާ
|
|
ޝަރުތު:
|
- އުމުރުން 18 އަހަރު ފުރިފައިވާ މީހެއް ކަމުގައިވުން.
- އިންވިޖިލޭޓަރެއްގެ މަސްއޫލިއްޔަތު ރަނގަޅަށް އެނގިފައިވާ މީހެއް ކަމުގައިވުން.
- އިންވިޖިލޭޓްކުރާ ފަރާތަކީ އެއަހަރެއްގެ އިމްތިހާނުގައި ބައިވެރިވާ ކެންޑިޑޭޓެއްގެ މަންމަ، ބައްޕަ، އަނބިމީހާ، ފިރިމީހާ، އެއްބަނޑު އެއްބަފާ މީހެއް، ދަރިއެއް، ބަލަދުވެރިކަމުގެ ދަށުގައި ހުންނަ މީހެއް ނުވަތަ އިމްތިހާނަށް ދަރިވަރު ތައްޔާރުކޮށްދޭ މީހެއް ކަމުގައި ނުވުން.
|
|
ހުށަހަޅަންޖެހޭ ތަކެތި:
|
- އިންވިޖިލޭޓަރުންގެ މަޤާމަށް އެދި ހުށަހަޅާފޯމް. (މި ފޯމް ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ކައުންޓަރުންނާއި ވެބްސައިޓް (www.ium.edu.mv) އިން ލިބެން ހުންނާނެއެވެ. އަދި ފޯމްދޫކުރުމަށް ހަމަޖެހިފައިވަނީ ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން 14:00 އަށެވެ).
- ވަނަވަރު (ސީވީ).
- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ސާފުކޮޕީ.
- ލިބިފައިވާ އެންމެމަތީ ތަޢުލީމް ސެޓްފިކެޓްގެ އަސްލާ އެއްގޮތްކަމުގެ ތައްގަނޑުޖެހި ކޮޕީ.
- އެކައުންޓް ނަންބަރު ވެރިފައިކުރާ ސްލިޕް.
|
|
ސުންގަޑި:
|
ނޯޓް: އިޢުލާންގެ މުއްދަތުގެ ފަހުންވެސް އިންވިޖިލޭޓަރުންގެ ޢަދަދު ހަމަނުވާނަމަ، އިތުރަށް އެފުރުޞަތު ދެވޭނެ ވާހަކަ ދަންނަވަމެވެ.
- ފުރިހަމަކޮށްފައިވާ އިންވިޖިލޭޓަރުންގެ ފޯމާއި ހުށަހަޅަންޖެހޭ ލިޔެކިޔުންތައް 04 ނޮވެމްބަރު 2019 ވާ ހޯމަ ދުވަހުގެ 13:00 ކުރީން ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ރިސެޕްޝަނަށް ހުށަހެޅުމަށް އެދެމެވެ.
- އިތުރު މައުލޫމާތު ސާފުކުރުމަށް 3022125 / 3022124 / 3022123 އަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.
|
|
އިމްތިޙާނު އޮންނަ މުއްދަތާ ވަގުތު:
|
- އިމްތިޙާނު އޮންނާނީ 10 ނޮވެމްބަރު 2019 އިން 25 ނޮވެމްބަރު 2019 އަށް (ހެނދުނު 9:00 އިން 14:00 އަށް)
|