| 
 މަޤާމް: 
 | 
 މަސައްކަތު (ދާއިމީ) 
 | 
| 
 ބޭނުންވާ ޢަދަދު: 
 | 
 01 (އެކެއް) 
 | 
| 
 މަޤާމްގެ ރޭންކް: 
 | 
 އެސްއެސް 1 
 | 
| 
 މަޤާމްގެ ކްލެސިފިކޭޝަން: 
 | 
 ސަޕޯޓް ސްޓާފް ގްރޭޑް 1 
 | 
| 
 ވަޒީފާ އަދާކުރަންޖެހޭ ތަން: 
 | 
 އާވާނިރު/ފ. އަތޮޅުސްޓޯރު 
 | 
| 
 މުސާރަ:  
 | 
 3,100.00 ރުފިޔާ 
 | 
| 
 އެހެނިހެން އެލަވަންސް 
 | 
 1- ދިވެހިރާއްޖޭގެ ޕެންޝަނާއި ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ފައިސާ 
2- ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑިގެ ފައިސާ އާއި ބަންދު ދުވަހުގެ ފައިސާ 
3- ދުވާލަކު މަދުވެގެން 5 ގަޑިއިރު މަސައްކަތްކޮށްފިނަމަ ހަމަޖެހިފައިވާ އުޞޫލުން ޙާޒިރީ އެލަވަންސް 
 | 
| 
 މަޤާމުގެ ޝަރުޠުތައް 
  
  
 | 
 1- ލިޔަންކިޔަން އެނގުން 
2- ގިނަ ވަގުތު މަސައްކަތުގައި އުޅެވޭ ހީވާގި މުރާލި މީހެއްކަމުގައި ވުން. 
3- ފިރިހެނުންނަށް އިސްކަން ދެވޭނެ. 
 | 
| 
 މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް 
 | 
 1- އަތޮޅުސްޓޯރުގެ ޑިއުޓީ ޓޭބަލްގައިވާ ގޮތުގެމަތިން ސްޓޯރަށް ގަޑިޔަށް ޙާޟިރުވެ ސްޓޯރުގައި ކުރަންޖެހޭ މަސައްކަތްތައް ކުރަމުން ގެންދިއުމާއި ސްޓޯރަށް މުދާ ގެންނަ ދުވަސްދުވަހާއި އެނޫންވެސް ބައެއް ދުވަސް ދުވަހު ކަޑައެޅިފައިވާ ޑިއުޓީގެ އިތުރުން މަސައްކަތުގައި އުޅެން ދިމާވެއްޖެނަމަ، މަސައްކަތް ނިމެންދެން މަސައްކަތުގައި އުޅުން. 
2- މިނެކިރަންޖެހޭ ތަކެތި ކިރުމާއި ކަސްޓަމަރުންނަށް ދޫކުރުމަށް އަންގާ މުދާ ދޫކުރުމާއި ގުދަނުން ސްޓޯރަށް ގެންނަންޖެހޭ މުދާ ގެނައުމާއި ސްޓޯރުގައި ހުންނަ މުދަލުގެ ތެރެއިން އަވަހަށް ހަލާކުވާ ތަކެތި ހަލާކުވަމުންދޭތޯ ބެލުމާއި ސްޓޯރުގެ އެތެރާއި ބޭރު މަގުމައްޗާއެކު ކުނިކަހާ ސާފްކޮށް ބެލެހެއްޓުން. 
3- ސްޓޯރުގެ މުދާ ޖައްސާފައިހުރި ހަރުގަނޑުތައް ހަޑިވިޔަނުދީ ސާފުކޮށް ބެލެހެއްޓުމާއި ތަރުތީބު ގެއްލޭގޮތަށް ފިހާރަ ތެރޭގައާއި ހަރުގަނޑު ތަކުގައި ތަކެތި ހުރޭތޯ ބަލައި އެގޮތަށް ހުންނަ ތަކެތި ރަނގަޅު ކުރުމާއި ބެލެހެއްޓުން. 
4- ސްޓޯރުގެ ކާޑުކިރާ ބަޔާއި ގުދަންތައް ރަނގަޅަށް ސާފުކޮށް ބެލެހެއްޓުމާއި ކާޑު ހުސްވަމުންދާ މިންވަރު ބަލައި ކާޑު ގެނައުމަށް މަސައްކަތް ކުރުން. 
5- ހުސްވަމުންދާ މުދާ ލިސްޓް ކުރުމަށްޓަކައި މުވައްޒަފުންނަށް އަންގަމުން ގެންދިއުން. 
6- މީގެ އިތުރުންވެސް ސްޓޯރުގެ މަސައްކަތާއި ގުޅޭގޮތުން ސްޓޯރުގެ އެހެން މުވައްޒަފުން އަންގާ ކަންކަން ކުރުން. 
 | 
| 
 ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް 
 | 
 1-  ތަޢުލީމާއި ތަމްރީނު (%26) 
2- މަސައްކަތުގެ ތަޖުރިބާ (%26) 
3- މަސައްކަތުގެ ހުނަރާއި ފެންވަރާއި ޤާބިލްކަމާއި ސިފަތައް (%48) 
4- ގިނަވަގުތު މަސައްކަތު އުޅެވޭ ފަރާތަކަށްވުން 
 | 
| 
 ހުށަހަޅަންޖެހޭ ލިޔުންތައް: 
 | 
 1- ފުރިހަމަކޮށްފައިވާ ވަޒީފާ އަށް އެދޭ ފޯމް (މި ފޯމް ފ. އަތޮޅުކައުންސިލް އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.) 
2- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ 
3- ތަޢްލީމީ ސްޓެފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓްކޮށްފައިވާ) 
4- ސްކޫލެއްގައި އުޅެފައިވާނަމަ ލީވިންގ ސެޓްފިކެޓްގެ ކޮޕީ 
5- ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވަ ނުވަތަ އަދާކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތާއި މުއްދަތު އެނގޭނެ، އެތަނުގެ ތައްގަނޑު ޖެހި ރަސްމީ ލިޔުމެއް 
6- ސަރުކާރަށް ނުވަތަ ސިވިލް ސަރވިސްއަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުޥައްޒަފަކު މިމަޤާމަށް ހޮވިއްޖެ ނަމަ އެވަޒީފާއަށް ބަދަލު ވުމާމެދު އިޢުތިރާޟެއް ނެތްކަން އަންގައިދޭ ވަޒީފާ އަދާކުރާ އޮފީހުގެ ރަސްމީ ލިޔުން. 
7- ވަޒިފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ސީވީ) 
8- ވަޒީފާއަށް އެދި ހުށަހެޅި ލިޔުންތަކުގެ ތާރީޚާއި ތަފްޞީލް އެނގޭނެ ލިޔުން. (ހުށަހެޅި ފަރާތުން ސޮއިކޮށްފައިވާ) 
 | 
| 
 މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި: 
 | 
 2019ނޮވެންބަރު12 ވަނަ ދުވަހުގެ މެންދުރުފަހު12:00ގެ ކުރިން، ވަޒީފާއަށް އެދޭ ފޯމް ފުރިހަމަކުރެއްވުމަށްފަހު ފ. އަތޮޅު ކައުންސިލްގެ އިދާރާއަށް 
 | 
| 
 އިންޓަރވިއު އޮންނާނެ ތަނާއި މުއްދަތު: 
 | 
 މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ 2019 ނޮވެންބަރު14 ގައި ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ އިދާރާގައެވެ. ވުމާއެކު މިވަޒީފާއަށް ކުރިމަތިލައްވާ ފަރާތްތަކުން، އެތާރީޚުގައި އިންޓަރވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.  
 | 
| 
 ޝޯޓު ލިސްޓްކުރުން: 
 | 
 މިވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތީ މާކްސް ލިބޭ ފަރާތްތައް ޝޯޓުލިސްޓް ކުރެވޭނެއެވެ. 
 | 
| 
 މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ 
 | 
 ޖުމްލަ %35 (ތިރީސްފަހެއް) އިންސައްތައަށްވުރެ މަތިވާންޖެހޭނެއެވެ. 
 | 
| 
 އެހެނިހެން ކަންތައްތައް: 
 | 
 މިވަޒީފާއަށް އެދި ހުށަހަޅާ ފަރާތަކީ މީލާދީގޮތުން ޢުމުރުން 55 އަހަރު ހަމަވެފައިވާ މީހެއްކަމުގައި ވެގެން ނުވާނެއެވެ. 
2- ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ސުންގަޑި ހަމަވުމަށްފަހު ހުށަހަޅުއްވާ ހުށަހެޅުންތަކާއި، އެޓޭޗު ކުރަންޖެހޭ ލިޔުންތައް ހަމަނުކޮށް އަދި ފުރިހަމަ ނުކޮށް ހުށަހަޅާ ހުށަހެޅުންތައް ބަލައި ނުގަނެވޭނެއެވެ. 
 |