ކުނަހަންދޫ ސްކޫލް، ލ. ކުނަހަންދޫ
ދިވެހިރާއްޖެ
ދޮރުތަކާއި، ދޮރުފަތްތަށް އަދި 2 ޕާޓިޝަން ބަދަލުކުރުން

 

ކުނަހަންދޫ ސްކޫލު                                   ނަމްބަރ:  GS-184/IUL/2019/30

ލ.ކުނަހަންދޫ / ދިވެހިރާއްޖެ                               ތާރީޚް:  27 އޮކްޓޫބަރ 2019                    

ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

ދޮރުތަކާއި، ދޮރުފަތްތަށް އަދި 2 ޕާޓިޝަން ބަދަލުކުރުން

  • މިސުކޫލުގެ ޢިމާރާތްތަކުގެ ކުޑަދޮރުތަކާއި، ބޮޑުދޮރުތަކާއި، ދޮރުފަތްތަށް، އަދި ހޯލްހިމެނޭ ޢިމާރާތުގެ 2 ޕާޓިޝަން އަމިއްލަތަކެތީގައި ހަދައި، ހަރުކޮށްދޭނެފަރާތެއް ހޯދުމަށް 03 ޖުލައި 2019ގައި ކުރި GS-184/IUL/2019/23 ނަމްބަރުގެ އިޢުލާނާ ގުޅިގެން ނަންނޯޓުކޮށް، މަޢުލޫމާތު ސާފުކުރި ފަރާތްތަކުގެ ތެރެއިން އެއްވެސް ފަރަތަކުން ބީލަން ހުށައަޅާފައި ނުވާތީ، އެ އިޢުލާނު ބާތިލްކޮށް، 24 ޖުލައި 2019 ގައި ކުރެވުނު GS-184/IUL/2019/25 ނަމްބަރުގެ އިޢުލާނާއި ގުޅިގެން ހުށައަޅާފައިވާ އެސްޓިމޭޓުތަކުގައި ހުށައަޅަންޖެހޭ ބައެއް ޑޮކިއުމަންޓް ތަށް ހަމަނުވާތީ، އެ އިޢުލާނުވެސް ބާތިލްކޮށް، މި މަސައްކަތް ކުރުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު އަލުން ހުޅުވާލަމެވެ. މިމަސައްކަތައް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަން ފޮތުގައި ބަޔާން ކުރެވިފައިވާނެއެވެ.

 

1        މިޕްރޮޖެކްޓްގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2019 އޮކްޓޫބަރ 28 ން 2019 ނޮވެމްބަރ 06 ށް ބަންދުނޫން ދުވަސްތަކުގެ 8:00 އިން 14:00 އަށް މި ސުކޫލަށް ވަޑައިގެން ނަންނޯޓް ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ނަންނޯޓް ކުރާ ފަރާތްތަކަށެވެ.

2        މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2019 ނޮވެމްބަރ 7ވަނަ ދުވަހުގެ 13:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.

3        މި ޕްރޮޖެކްޓާއި ގުޅޭ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2019 ނޮވެމްބަރ 10 ވަނަ ދުވަހުގެ މެންދުރުފަހު 13:00ގައި މި ސުކޫލުގެ ލައިބުރަރީގައެވެ.

4        ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 2019 ނޮވެމްބަރ 19 ވަނަ ދުވަހުގެ 13:00 ގައި މި ސުކޫލުގެ ލައިބުރަރީގައެވެ.

5        މިމަސައްކަތަށް ބިޑް ސެކިއުރިޓީގެ ގޮތުގައި 10,000/- ރުފިޔާ ހުށަހަޅަންވާނެއެވެ. ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީހުން ފެށިގެން 30 ދުވަހެވެ.

6        ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

  • ·        ކުނަހަންދޫ ސުކޫލު / ލ. ކުނަހަންދޫ
  • ފޯން: 6800744
  • އީ-މެއިލް: [email protected]
  • ކޮޕީ އީ-މެއިލް: [email protected]                                    

                              23 އޮކްޓޫބަރ 2019

27 އޮކްޓޫބަރު 2019
ހޯދާ