ދިވެހިރާއްޖެ
މި އިދާރާއިން ދޭ މައުލޫމާތާ އެއްގޮތަށް އަމިއްލަ ތަކެތީގައި 3 ފުޓްސަލް ދަނޑު އަޅައިދޭނެ ފަރާތެއް ހޯދުމަށް 12 ސެޕްޓެމްބަރ 2019 ވަނަ ދުވަހު މިކައުންސިލުންކުރި ނަންބަރު (IUL)399-EDS/399/2019/51 އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން ބިޑް ހުށަހަޅާފައި ނުވާތީ އެ އިޢުލާނު ބާތިލްކޮށް އަލުން އެ ފުރުސަތު ހުޅުވާލަމެވެ.
ވީމާ، މި ކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ބީލަންފޮތް ގަތުމަށްފަހު ތިރީގައިވާ ގަޑިތަކަށް މި އިދާރާއަށް ހާޟިރުވެ މަޢުލޫމާތު ސާފުކުރުމަށް ފަހު ބިޑް ހުށަހެޅުއްވުން އެދެމެވެ. ބީލަންފޮތް ގަންނަން ލިބޭނީ 15 އޮކްޓޯބަރ 2019 އިން 21 އޮކްޓޯބަރ 2019 ވަނަ ދުވަހުގެ 12:00 ގެ ނިޔަލަށް މި ކައުންސިލް އިދާރާއިންނެވެ. ބީލަން ފޮތުގެ އަގަކީ -/300ރ (ތިންސަތޭކަ ރުފިޔާ) އެވެ.
| 
 #  | 
 ތަފްސީލް  | 
 ތަން  | 
 ތާރީޚް  | 
 ގަޑި  | 
| 
 1  | 
 ޕްރީބިޑް މީޓިންގ  | 
 ގަމު ކައުންސިލް އިދާރާ  | 
 22 އޮކްޓޯބަރ 2019 (އަންގާރަ)  | 
 10:00  | 
| 
 2  | 
 ބިޑް ހުށަހެޅުން  | 
 ގަމު ކައުންސިލް އިދާރާ  | 
 24 އޮކްޓޯބަރ 2019 (ބުރާސްފަތި)  | 
 13:00  | 
މަޢުލޫމާތު ސާފުކުރުމަށާއި، ބިޑް ހުށަހެޅުމަށް ގަޑިޖެހިގެން ވަޑައިގަންނަވާ ފަރާތްތަކަށް އެބައްދަލުވުން ތަކުގައި ބައިވެރިވުމުގެ ފުރުޞަތު ނުދެވޭނެއެވެ.
