ދިވެހިރާއްޖެ
|
އިޢުލާން ނަންބަރ |
(IUL) PSM-FP/ PSM/2019/94 |
|
ޕްރޮކިއުމަންޓް ރިފަރެންސް ނަންބަރ |
(PROC-24-19) PSM-GA /2019/215 |
އިޢުލާން
ޕްރޮޕޯސަލް ހުށަހެޅުއްވުމުގެ ދަޢުވަތު
މިކުންފުންނީގެ ރޭޑިއޯ ބިލްޑިންގ އާއި ޓީވީ ބިލްޑިންގ ގައި ހަރުކުރުމަށް ބޭނުންވާ '' 5 (ފަހެއް) ވޯޓަރ ޑިސްޕެންސަރ '' ގަންނަން ބޭނުންވެގެން ކުރެވުނު (IUL) PSM-FP/ PSM/2019/56 ނަންބަރ އިޢުލާނާގުޅިގެން ހުށަހެޅި ޕްރޮޕޯސަލް ތަކުގައި ދީފައިވާ މަޢުލޫމާތު ފުރިހަމަ ނުވުމުގެ ސަބަބުން އެއިޢުލާނާ ގުޅިގެން ހުށަހެޅު ޕްރޮޕޯސަލްތައް ބާޠިލްކޮށް، 3 ވަނަ ފަހަރަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. މިވޯޓަރ ޑިސްޕެންސަރ އާއި ގުޅޭ މަޢުލޫމާތު މިއިއުލާނާ އެޓޭޗްކުރެވިފައިވާނެއެވެ.
ވީމާ، މި ވޯޓަރ ޑިސްޕެންސަރ ސަޕްލައިކޮށްދިނުމަށް ޝައުޤުވެރި ވެލައްވާ ފަރާތް ތަކުން މިކުންފުނިން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ޕީ.އެސް.އެމްގެ ހެޑްއޮފީސް (ރޭޑިއޯ ބިލްޑިންގ) އަށް 06 އޮކްޓޫބަރ 2019 ވާ އާދީއްތަ ދުވަހުގެ 14:00 އަށް ޙާޟިރުވެވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 10 އޮކްޓޫބަރ 2019 ވާ ބުރާސްފަތި ދުވަހުގެ 14:00 އަށް ޕީ.އެސް.އެމް ހެޑްއޮފީސް (ރޭޑިއޯބިލްޑިންގ) އަށް ޙާޟިރުވެ ވަޑައިގެން ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ.
ޕްރޮޕޯސަލް ހުށަހަޅުއްވާއިރު މިކަމަށް ބާއްވާ މަޢުލޫމާތުދިނުމުގެ ބައްދަލުވުމުގައި ދޫކުރާ މަޢުލޫމާތު ކަރުދާހުގައިވާ ހުރިހާ މަޢުލޫމާތެއް ފުރިހަމަކުރައްވައި ހުށަހަޅުއްވުމަށް ދަންނަވަމެވެ. އަދި މަޢުލޫމާތުދިނުމުގެ ބައްދަލުވުމަށް ޙާޟިރުވެވަޑައިނުގަންނަވާ ފަރާތްތަކުގެ ޕްރޮޕޯސަލް ބަލައެއް ނުގަނެވޭނެއެވެ.
02 ޞޮފަރު 1441
01 އޮކްޓޫބަރ 2019
