ދިވެހިރާއްޖެ
| 
 މަޤާމް:  | 
 އެސިސްޓެންޓް މެނޭޖަރ- ލީގަލް  | 
| 
 ބޭނުންވާ ޢަދަދު:  | 
 01  | 
| 
 ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން:  | 
 ލީގަލް އެންޑް އެސަސްމަންޓް ސެކްޝަން  | 
| 
 މުސާރަ، ޢިނާޔަތްތަކާއެކު:  | 
 މަހަކު 17,500ރުފިޔާ އަދި ހަމަޖެހިފައިވާ އުސޫލުން އިތުރު ގަޑީގެ ފައިސާ ލިބޭނެއެވެ.  | 
| 
 މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:  | 
 - ޓްރައިބިއުނަލަށް ހުށަހެޅޭ މައްސަލަތައް ރާވައި ހިންގުމާއި، ރެކޯޑް ބެލެހެއްޓުމާއި އެކަމުގެ އެންމެހައި އިންތިޒާމުތައް ހަމަޖެއްސުން. - މައްސަލަތަކާ ގުޅޭގޮތުން މެންބަރުންނަށް ޤާނޫނީ ލަފާދިނުމާއި މައްސަލަތައް ހަލުވިކޮށް ފުރިހަމައަށް ބެލޭނޭ އިންތިޒާމް ހަމަޖެއްސުން. - މައްސަލަތަކާއި ގުޅިގެން ޗިޓް ރައްދުކުރަންޖެހޭ ފަރާތްތަކަށް ޗިޓްތައް ފޮނުވުމުގެ އިންތިޒާމް ބަލަހައްޓާ، މޮނިޓަރ ކުރުން. - ނިންމާ މައްސަލަތަކުގެ ރިޕޯރޓް ތައްޔާރު ކުރުމުގައި މެމްބަރުންނަށް އެހީތެރިވެދިނުމާއި، ޓްރައިބިއުނަލުގެ ޤަވާޢިދާއި އެއްގޮތްވާ ގޮތުގެ މަތީން ރިޕޯޓް ދޫކުރުމުގެ އިންތިޒާމް ހަމަޖެއްސުން. - ޓްރައިބިއުނަލްގެ ރިޔާސަތުން އަންގާ ގޮތެއްގެ މަތީން މައްސަލަތައް ސެޑިއުލް ކުރުމާއި، މައްސަލަބަލާ މަޖިލިސް އިންތިޒާމް ކުރުމާއި، މައްސަލަ ބަލާ މަޖިލީހުގެ މެމްބަރުންނަށް ގަޑިތައް އެންގުމާއި، މައްސަލަތައް ބެލެމުންދާކަން ޔަޤީންކުރުމުގެ ކަންކަމުގައި އެހީތެރިވުން. - ޓްރައިބިއުނަލްގެ ޤަވާޢިދާއި އެއްގޮތްވާ ގޮތުގެ މަތީން ޓްރައިބިއުނަލަށް މީހުން ޙާޟިރުކުރުމުގެ ކަންތައް ކުރިއަށް ދާކަން ޔަޤީންކުރުން. - ޓްރައިބިއުނަލްގެ ބައްދަލުވުންތަކަށް އެޖެންޑާކުރެވޭ ކަންތައްތަކާއި، މައްސަލަތަކުގައި މެމްބަރުންނަށް ބޭނުންވާ ދިރާސާތައް ހެއްދެވުން. - ޓްރައިބިއުނަލްގެ ނިންމުންތައް ރެކޯޑްކޮށް ޝާއިޢް ކުރަންޖެހޭ ނިންމުންތައް ޝާއިޢުކުރުމުގެ ކަންތައް ބެލެހެއްޓުން. - ލީގަލް އެންޑް އެސަސްމަންޓް ސެކްޝަނުގެ މުވައްޒަފުންގެ މަސައްކަތްތައް މޮނިޓަރކޮށް ބެލެހެއްޓުން. - މެންބަރުންގެ ބައްދަލުވުންތައް އިންތިޒާމްކުރުމާއި، ރެކޯޑް ބެލެހެއްޓުން. - ޓްރައިބިއުނަލުން ބަލަމުން ގެންދާ މައްސަލަތަކުގެ އަޑުއެހުންތައް ނިމުމުން، ދެ ޚަޞްމުން ދެއްކި ވާހަކަތަކުގެ ނުކުތާތައް އެކުލަވާލުން.  | 
| 
 ޝަރުތު: - ޝަރީޢަތާއި ޤާނޫނުގެ ދާއިރާއިން / ޤާނޫނީ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވުމާއެކު، އެ ދާއިރާއިން 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ - ޝަރީޢަތާއި ޤާނޫނުގެ ދާއިރާއިން / ޤާނޫނީ ދާއިރާއިން އެޑްވާންސް ޑިޕްލޮމާއެއް ހާސިލުކޮށްފައިވުމާއެކު، އެ ދާއިރާއިން 7 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން  | 
|
| 
 މަޤާމް:  | 
 ސީނިއަރ ލީގަލް އޮފިސަރ  | 
| 
 ބޭނުންވާ ޢަދަދު:  | 
 01  | 
| 
 ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން:  | 
 ލީގަލް އެންޑް އެސެސްމަންޓް ސެކްޝަން  | 
| 
 މުސާރަ، ޢިނާޔަތްތަކާއެކު:  | 
 މަހަކު 14,700ރުފިޔާ އަދި ހަމަޖެހިފައިވާ އުސޫލުން އިތުރު ގަޑީގެ ފައިސާ ލިބޭނެއެވެ.  | 
| 
 މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:  | 
 - ޓްރައިބިއުނަލަށް ހުށަހެޅޭ މައްސަލަތައް ދިރާސާކޮށް، މައްސަލަތަކާ ގުޅޭގޮތުން މެންބަރުންނަށް ޤާނޫނީ ލަފާދިނުމާއި މައްސަލަތައް ހަލުވިކޮށް ފުރިހަމައަށް ބެލޭނޭ އިންތިޒާމް ހަމަޖެއްސުން. - ޓްރައިބިއުނަލަށް ހުށަހެޅޭ މައްސަލަތަކާއި ގުޅިގެން މަޢުލޫމާތު ސާފުކުރަންޖެހޭ ފަރާތްތަކުން މަޢުލޫމާތު ސާފުކުރުމުގައި ލީގަލް އޮފިސަރުންނަށް އިރުޝާދުދިނުމާއި، އެކަންދަނީ ރަނގަޅަށްތޯ ބަލާ މޮނިޓަރކުރުން. - މައްސަލަތކުގެ ރިޕޯޓް ތައްޔާރުކުރުމުގައި މެންބަރުންނަށް އެހީތެރިވެދިނުން. - ޓްރައިބިއުނަލުން ބަލަމުން ގެންދާ މައްސަލަތަކުގެ އަޑުއެހުންތައް ނިމުމުން، ދެ ޚަޞްމުން ދެއްކި ވާހަކަތަކުގެ ނުކުތާތައް އެކުލަވާލުން. - ޓްރައިބިއުނަލްގެ ޙަރަކާތްތަކާއި ގުޅިގެން ޤާނޫނީ ގޮތުންނާއި، އެހެނިހެން ގޮތްގޮތުން ދިރާސާކޮށް ޓްރައިބިއުނަލްގެ މައްސަލަތައް ބެލުމުގައްޔާއި، ޓްރައިބިއުނަލްގެ އެހެނިހެން ކަންކަން ޒަމާނާއެއްގޮތައް ހަލުވި ކަމާ ފުރިހަމަކަމާއެކު ކުރެވޭނޭގޮތުގެ ލަފަޔާއި އިރުޝާދު ޓްރައިބިއުނަލުގެ މެންބަރުންނަށް ދިނުން. - މެންބަރުންގެ ބައްދަލުވުންތައް އިންތިޒާމްކުރުމާއި، ރެކޯޑް ބެލެހެއްޓުން. - ޓްރައިބިއުނަލުން ބަލަމުން ގެންދާ މައްސަލަތަކުގެ އަޑުއެހުންތައް ނިމުމުން، ދެ ޚަޞްމުން ދެއްކި ވާހަކަތަކުގެ ނުކުތާތައް އެކުލަވާލުން.  | 
| 
 ޝަރުތު: 
 - ޝަރީޢަތާއި ޤާނޫނުގެ ދާއިރާއިން / ޤާނޫނީ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވުން.  | 
|
| 
 
 ހުށަހަޅުއްވަންޖެހޭ ތަކެތި: 
 
 
 
 
 
 ވީމާ މި މަޤާމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 13 އޮކްޓޯބަރު 2019 ވާ އާދީއްތަ ދުވަހުގެ 13:30 ގެ ކުރިން މި ޓްރައިބިއުނަލަށް (މއ. ޖަންބުގަސްދޮށުގެ 3 ވަނަ ފަންގިފިލާ) ވަޒީފާއަށް އެދޭ ފޯމް ހުށަހެޅުއްވުން އެދެމެވެ. މި މަޤާމަށް އިންޓަރވިއު ކުރުމަށް ދަންނަވާނީ ކުރިމަތިލައްވާ ފަރާތްތަކުގެ ތެރެއިން އެންމެ ރަނގަޅުކަމަށް ސޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ. ވަޒީފާއަށްއެދޭ ފޯމް މި ޓްރައިބިއުނަލުންނާއި އަދި މި ޓްރައިބިއުނަލްގެ ވެބްސައިޓްwww.tat.gov.mv އިން ލިބިވަޑައިގަންނަވާނެއެވެ.  | 
|
27 މުޙައްރަމް 1441
26 ސެޕްޓެމްބަރު 2019
