އަރިއަތޮޅު އުތުރުބުރީ ތޮއްޑޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަނދަރުލައިޓްތަކާއި މަގުބައްތިތައް ދިއްލުމާއި މަރާމާތުކޮށް ބަލަހައްޓާދޭނެ ފަރާތެއް ހޯދުން.

           މިރަށުގެ ބަނދަރު ލައިޓްތަކާއި އިޖްތިމާޢީ ސަރަހައްދު ތަކުގައިވާ މަގުބައްތިތައް ، 01 ނޮވެމްބަރ 2019 އިން 31 އޮކްޓޫބަރ 2020 ގެ ނިޔަލަށް

( 1 އަހަރު ދުވަހުގެ މުއްދަތައް ) ދިއްލާ މަރާމާތުކޮށް ބަލަހައްޓާދޭނެ ފަރާތެއް ހޯދަން ބޭނުން ވެއްޖެއެވެ . މިކަމަށް ޝައުޤުވެރިވެ  ލައްވާ ފަރާތްތަކުން  ތިރީގައި މިވާ

ތާރީޚަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފްކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ.

މަޢުލޫމާތު ސާފްކުރެއްވުން

އަންދާސީ ހިސާބު ހުށަހެޅުއްވުން

ތަން : އއ.ތޮއްޑޫ ކައުންސިލްގެ ޖަލްސާ ކުރާމާލަމް

ތަން : އއ.ތޮއްޑޫ ކައުންސިލްގެ ޖަލްސާ ކުރާމާލަމް

06 އޮކްޓޫބަރ 2019 ވަނަ ދުވަހުގެ ހެދުނު 10:00 ގައި

09 އޮކްޓޫބަރ 2019 ވަނަ ދުވަހުގެ ހެދުނު 10:00 ގައި

           އަންދާސީ ހިސާބު ހުށަހަޅުއްވާނީ އެކަމަށް ތައްޔާރުކޮށްފައިވާ " އަންދާސީ ހިސާބު ހުށަހަޅާ " ފޯމުންނެވެ. މަޢުލޫމާތު ސާފްކުރެއްވުމުގެ ބައްދަލުވުމަށް

ހާޒިރުވެ ވަޑައިގައްނަވާ ފަރާތްތަކަށް ފޯމް ދޫކުރެވޭނެއެވެ . މަޢުލޫމާތު ސާފްކުރެއްވުމުގެ ބައްދަލުވުމަށް ހާޒިރުވެ ވަޑައިނުގައްނަވާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބު

ބަލައެއް ނުގަނެވޭނެއެވެ. އަދި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތައް ބާޠިލް ކުރެވޭނެއެވެ . އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ

އެކަން ބަޔާންކޮށް ލިޔުމެއް ހުށަހަޅަން ވާނެއެވެ . އަންދާސީ ހިސާބުތައް ހުޅުވުން އޮންނާނީ އަންދާސީ ހިސާބު ހުށަހެޅުމުގެ ބައްދަލުވުމަށް ޙާޒިރުވާ ފަރާތްތަކުގެ

ހާޒިރުގައި އެބައްދަލުވުމުގައެވެ.                                             

              މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

24 ސެޕްޓެންބަރު 2019
ހޯދާ