މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް
ދިވެހިރާއްޖެ
ރާއްޖެއިން ބޭރުން ގެންނަ ތަކެތި ކަސްޓަމްސްއިން ކްލިއަރ ކުރުމަށް

                                                            

                                                                     ނަންބަރ: MMS-A/2019/26

އިޢުލާން      

 

އަންދާސީ ހިސާބު ބޭނުންވެއްޖެ.

 

                        މި ސަރވިސްއަށ ރާއްޖޭން ބޭރުން ގެންނަތަކެތި، ކަސްޓަމްސްއިން ކްލިއަރ ކުރުމާއި، އެތަކެތި މިސަރވިސް އަށާއި މިސަރވިސްގެ ދަށުން ހިންގާ މެޓް އޮފީސްތަކަށް (ހދ. ހަނިމާދޫ މެޓް އޮފީސް، ހދ.ހަނިމާދޫ ކްލައިމެޓް އޮބްޒަވޭޓްރީ، ލ.ކައްދޫ މެޓް އޮފީސް، ގދ. ކާޑެއްދޫ މެޓް އޮފީސް އަދި ސ. ގަން ރީޖަނަލް ވެދަރ ސަރވިސްއަށް ) ގެންގޮސްދީ އަދި މިސަރވިސް އިން އެ އޮފީސްް ތަކަށް ފޮނުވަން ޖެހޭ ތަކެތި އެފަރާތް ތަކަށް ފޮނުވާދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2019 އޮކްޓޫބަރ 03 ބުރާސްފަތި ދުވަހުގެ 11:00 އަށް ހުޅުލޭގައި ހުންނަ މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްގެ ސަންޝައިން މީޓިންގ ރޫމަށް ވަޑައިގެން އަންދާސީ ހިިސާބު ހުށައެޅުއްވުން އެދެމެވެ.

 

     މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް އަށް ރާއްޖޭން ބޭރުން ގެންނަ ތަކެތި ކްލިއަރ ކުރުމަށް ބެނުންވާ މަޢުލޫމާތު:

 

ކޯޓޭޝަން ތައްޔާރުކުރުމަށް ބޭނުންވާ މަޢުލޫމާތާއި ކޯޓޭޝަން އާއިއެކު ހުށައަޅަންޖެހޭ މަޢުލޫމާތު:

 

ޕޯސްޓް މެދުވެރިކޮށް ލިބޭ ތަކެއްޗާއި އެއަރ ފްރައިޓްކޮށް، އަދި ސީ ފްރައިޓްކޮށް، ރާއްޖެއިން ބޭރުން އަންނަ މުދާ، ތަކެތި ކްލިއަރ ކުރުމަށް ފަހު އެތަކެތި ރައްދުކުރުމަށް ބޭނުންވާ ތަންތަން:

  • މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް (ހުޅުލޭގައި ހުންނަ)
  • ސ.ގަން ރީޖަނަލް ވެދަރ ސަރވިސް (ސ.ގަން އިންޓަރނޭޝަނަލް އެއަރޕޯޓް)
  • ހދ. ހަނިމާދޫ މީޓިއޮރޮލޮޖިކަލް އޮފީސް (ހަނިމާދޫ އިންޓަރ ނޭޝަނަލް އެއަރޕޯޓް)
  • ހަނިމާދޫ ކްލައިމެޓް އޮބްޒަރވޭޓްރީ (ހދ. ހަނިމާދޫ)
  • ގދ. ކާޑެއްދޫ މީޓިއޮރޮލޮޖިކަލް އޮފީސް ( ކާޑެއްދޫ ރީޖަނަލް އެއަރޕޯޓް)
  • ލ. ކައްދޫ މީޓިއޮރޮލޮޖިކަލް އޮފީސް ( ކައްދޫ ރީޖަނަލް އެއަރޕޯޓް)

 

 

 

މިސަރވިސް އިން ފޮނުވަންޖެހޭ ތަކެތި  ވައިގެ މަގުން ނުވަތަ ކަނޑުމަގުން ރައްދުކުރުމަށް ބޭނުންވާ ތަންތަން:

  • ސ.ގަން ރީޖަނަލް ވެދަރ ސަރވިސް (ސ.ގަން އިންޓަރނޭޝަނަލް އެއަރޕޯޓް)
  • ހދ. ހަނިމާދޫ މީޓިއޮރޮލޮޖިކަލް އޮފީސް (ހަނިމާދޫ އިންޓަރ ނޭޝަނަލް އެއަރޕޯޓް)
  •  ހަނިމާދޫ ކްލައިމެޓް އޮބްޒަރވޭޓްރީ (ހދ. ހަނިމާދޫ)
  • ގދ. ކާޑެއްދޫ މީޓިއޮރޮލޮޖިކަލް އޮފީސް ( ކާޑެއްދޫ ރީޖަނަލް އެއަރޕޯޓް)
  • ލ. ކައްދޫ މީޓިއޮރޮލޮޖިކަލް އޮފީސް ( ކައްދޫ ރީޖަނަލް އެއަރޕޯޓް)

 

މުއްދަތު:

  • 2 (ދޭއް) އަހަރު

 

އަގު:   

  • މަތީގައިވާ ތަންތަނަށް ތަކެތި ހަވާލުކުރުމުގެ އަގު ކޯޓޭޝަން ގައި ވަކިވަކިން އެގެން އޮންނަން ވާނެއެވެ. އަދި މީގެ އިތުރުންް ޖީ.އެސް.ޓީ ވަކިން ހިމަނަންވާނެއެވެ.

 

ކޯޓޭޝަންގެ މުއްދަތު:

  • ކޯޓޭޝަންގައިވާ ތާރީޚުން ފެށިގެން މަދުވެގެން 60 ދުވަހުގެ މުއްދަތު ދޭންވާނެއެވެ.

 

ތަކެތި ކްލިއަރ ކުރުމުގައި އަމަލުކުރަންވީ ކަންތައްތައް:

  1. މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް އަށް 1 އަހަރު ތެރޭގައި، ޕޯސްޓް މެދުވެރިކޮށްލިބޭ ތަކެއްޗާއި އެއަރ ފްރައިޓްކޮށް، އަދި ސީ ފްރައިޓްކޮށް އަންނަ މުދާ، ތަކެތި ކަސްޓަމްސް އިން ކްލިއަރ ކުރުމާއި މި ސަރވިސްއިން ފޮނުވަން ޖެހޭ ތަކެތި ވައިގެ މަގުން ނުވަތަ ކަނޑުމަގުން މިއޮފީހުން އަންގާ ތަނަކަށް  ފޮނުއްވައި ދިނުން.
  2. ނަންބަރ 1 ގައި ބަޔާންކޮށްފައިވާ މަސައްކަތަށް ބޭނުންވާ ތަކެއްޗާއި މީހުން ހޯދުމަކީ މަސައްކަތް ހަވާލުވާ ފަރާތުގެ މަސްއޫލިޔަތެކެވެ.
  3. ނަންބަރ 1 ގައި ބަޔާންކޮށްފައިވާ މަސައްކަތައް އަގު ކަޑައެޅުމުގައި ބެލެވޭނީ މަސައްކަތް ހަވާލުވާފަރާތުން ހުށައަޅާފައިވާ އެސްޓިމޭޓްގައިވާ އަގުތަކަށެވެ.
  4. މަސައްކަތްކޮށްދިނުމުގެ ޚަރަދު ތަކުގެ ތެރޭގައި ނުހިމެނޭ ޚަރަދުތައް ކުރުމުގެ ކުރިން މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް އާއި މަޝްވަރާ ކުރުމަށްފަހު މިފަދަ ޚަރަދުތައް މަސައްކަތް ހަވާލުވާ ފަރާތުން ކުރެއްވުމަށްފަހު މިކަންކަމުގެ ތަފްސީލް އެގޭގޮތަށް އިންވޮއިސްގައި ހިމަނަންވާނެއެވެ.
  5. އެއަރ ފްރައިޓްކޮށް އަދި ސީ ފްރައިޓްކޮށް އައިސްފައިވާ މުދާ ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ލަސްނުކޮށް ކަސްޓަމްސް އިން ކުލިއަރ ކުރުމަށްފަހު މިސަރވިސްއާއި ޙަވާލުކުރަންވާނެއެވެ.
  6. މުދާ ކަސްޓަމްސްއިން ކްލިއަރ ކުރުމަށް ބޭނުންވާ ލިޔެކިއުން މަސައްކަތް ހަވާލުވިފަރާތާއި މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް އިން ހަވާލުކުރުމުން ދެވިފައިވާ މުއްދަތުގެ ތެރޭގައި މުދާ ކްލިއަރ ނުކުރެވި މުދާ  ކަސްޓަމްސް ސަރަހައްދުގައި ބެހެއްޓި އިތުރުވާ ދުވަސްތަކަށް ދައްކަންޖެހޭ ޖޫރިމަނާ ދައްކާނީ މަސައްކަތް ހަވާލުވާ ފަރާތުންނެވެ.
  7. މަސައްކަތް ކުރުމުގައި އިހުމާލުވެގެން މުދަލަށް ގެއްލުމެއްވެ ހަލާކުވާގޮތް ދިމާވެއްޖެނަމަ އިތުރު އަގަކާނުލާއި އެކަމެއް ރަގަޅުކުރުމަކީ މަސައްކަތް ހަވާލުވާފަރާތުގެ ޒިންމާއެކެވެ.
  8. ތަކެތި ހަވާލު ކުރުމަށް ކަނޑައަޅާފައިވާ ފަރާތްތަކާއި ހަވާލުކުރުމުގައި، މަސައްކަތް ކުރަން ބޭނުންވާ ކަންކަމާއި، ތަކެއްޗާއި މަސައްކަތް ކުރުމަށް ބޭނުންވާ އާލާތްތައް ހޯއްދަވާނީ މަސައްކަތާއި ހަވާލުވާފަރާތުންނެވެ.
  9. މެޓް އޮފީސްތަކަށް ފޮނުވަން ޙަވާލުކުރާ ތަކެތި ދެފަރާތުން އެއްބަސްވާ މުއްދަތެއްގެ ތެރޭގައި ފޮނުވައިދެއްވަން ވާނެއެވެ. އެތަނެއްގެ މެޓް އޮފީހަކާއި ޙަވާލުރުމަށްފަހު ޑެލިވަރީ އޯޑަރ ގައި އެވަގުތަކު ޑިއުޓީގައި ހުންނެވި މުވައްޒަފަކު ލައްވައި ސޮއިކުރުމަށްފަހު ހުޅުލޭގައިހުންނަ މިސަރވިސްއަށް ހުށަހަޅަންވާނެއެވެ.

10. މާލޭ ކަސްޓަމްސް ސަރަހައްދުން މުދާ ނެރެ ހުޅުލެއަށް އެރުވުމުގެ ހުއްދަ އެއަރޕޯޓްސް ކޮމްޕެނީ އާއި ގުޅައިގެން ހޯދުމަކީ މަސައްކަތާ ޙަވާލުވާ ފަރާތުގެ ޒިންމާއެކެވެ.

 

އެސްޓީމޭޓް ހުށައަޅުއްވާއިރު ހުށައަޅުއްވަން ޖެހޭ ލިޔުންތައް:

  • ކުންފުނި ނުވަތަ ލޯކަލް އިންވެސްޓްމަންޓް ގެ ޕްރޮފައިލް.
  • ކުންފުނި ނުވަތަ ލޯކަލް އިންވެސްޓްމަންޓް ގެ ރަޖިސްޓްރީގެ ކޮޕީއެއް.
  • މީރާގައި ޖީ.އެސް.ޓީ އަށް ރަޖިސްޓްރީ ކޮށްފައިވާ ރަޖިސްޓްރީގެ ކޮޕީއެއް. (ރަޖިސްޓްރީ ކޮށްފައި ނުވާނަމަ އެކަން އެނގެން އޮންނަންވާނެއެވެ.)
  • މިހާތަނަށް ކޮށްފައިވާ މަސައްކަތުގެ ތަފްސީލް

 

ކޯޓޭޝަން ހުށައަޅަންޖެހޭ ތަން:

  • ހުޅުލޭގައި (ވެލާނާ އިންޓަނޭޝަނަލް އެއާރޕޯޓް) ހުންނަ މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްގެ ސަންޝައިން މީޓިންގ ރޫމް އަށް.

 

ކޯޓޭޝަން ހުށައަޅަންޖެހޭ ތާރީޚް އާއި ގަޑި:

  • 2019 އޮކްޓޫބަރ 03 ވާ ބުރާސްފަތި ދުވަހުގެ 11:00.

އަންދާސީ ހިސާބު ތަކަށް ޕޮއިންޓްދެވޭނީ ތިރީގައި މިވާ އުސޫލާ އެއްގޮތަށެވެ.

 

 

(ހ) ހުށަހަޅާފައިވާ އަގު:

85 ފޮއިންޓް  Minimum Quoted Price) / (Quoted Price) x 85)

ހުށައަޅާފައިވާ އަގަށް ފޮއިންޓް ދިނުމުގައި ބެލެވޭނީ ތިރީގައިވާ އުސޫލުގެ ދަށުންނެވެ.

 އަގަށް ލިބޭ ޖުމްލަ ޕޮއިންޓް 85

  1. 1.     ރާއްޖެއިން ބޭރުން ގެންނަ އަދި ފޮނުވާތަކެތި (60 ޕޮއިންޓް)

ކަނޑުމަގުން ގެންނަ އަދި ފޮނުވާ ތަކެތި (20 ޕޮއިންޓް)

ވައިގެމަގުން ގެންނަ އަދި ފޮނުވާ ތަކެތި ( 40 ޕޮއިންޓް)

 

  1. 2.     މެޓް އޮފީސްތަކުންގެންނަ އަދި ފޮނުވާ ތަކެތި (25 ޕޮއިންޓް)

ކަނޑުމަގުން ގެންނަ އަދި ފޮނުވާ ތަކެތި (15 ޕޮއިންޓް)

ވައިގެމަގުން ގެންނަ އަދި ފޮނުވާ ތަކެތި (10  ޕޮއިންޓް)

 

(ށ)ޤާބިލް ކަން

10ޕޮއިންޓް

  • މަސައްކަތުގެ ދާއިރާއިން ފަންނީ މީހުންތިބި ނަމަ:  06 ފޮއިންޓް.
  • ހިންގުމުގެ ދާއިރާގައި މަސައްކަތާއި ގުޅޭ ފަންނީ މީހުން ތިބިނަމަ: 04 ފޮއިންޓް.

 

(ނ) ތަޖުރިބާ:

05 ފޮއިންޓް.

(މިބަޔަށް މާރކްސް ދެވޭނީ މަސައްކަތު ތަޖުރިބާ ބަޔާންކޮށްދިނުމަށް ހުށަހަޅާ ކޮންމެ ފުރިހަމަ ލިޔުމަަކަށް 1 ޕޮއިންޓްގެ ރޭޓުންނެވެ.)

ފުރިހަމަ ލިޔުމެއްކަމަށް ބެލެވޭނީ، ވޭތުވެދިޔަ 5 އަހަރުތެރޭގައި މި ކަމާއި ގުޅުންހުރި މަސައްކަތެއް ފުރިހަމަ ކުރުމަށްފަހު މަސައްކަތް ކޮށްފައިވާ އަގާއި، މުއްދަތު އަދި ތާރީޙް އެ ގޭޭ ގޮތަށް މަސައްކަތް ކުރުވި ފަރާތުން ދީފައިވާ ލިޔުން އެކަންޏެވެ.

 

އިތުރު މަޢުލޫމާތު:

  • ތަކެތި ކްލިއަރ ކުރުމަށް އެގްރީމެންޓް ކުރެވޭނީ 1 އަހަރުދުވަހުގެ މުއްދަތަށެވެ.
  • މި މަސައްކަތްް ކުރުމަށް ހޮވޭ ފަރާތުގެ މަސައްކަތް ރަގަޅުވެފައި މަސައްކަތުގެ އަގަށް ބދަލެއް ނުގެނަސް މިމަސައްކަތް ކޮއްދިނުމަށް އެއްބަސްވާނަމަ އެގްރީމަންޓްގެ މުއްދަތު އިތުރު 1 އަހަރުގެ މުއްދަތަށް އިތުރު ކުރެވިދާނެއެވެ.
  • ތަކެތި ކްލިއަރ ކުރުމަށް ފަހު ގެންދާތަކެތި އެ އޮފީހަކުން ދައްކާ ތަނެއްގައި ބަހައްޓާދިނުން.
  • ތަކެތި އޮފީހަކަށް ހަވާލުކުރަން ޖެހިއްޖެނަމަ އެއޮފީހަކަށް މުދާ، ތަކެތި ގެންދާ ތާރީޚް އާއި ގަޑި ޑެލިވަރީ އޯޑަރ އިން އެގެން އޮންނަން ވާނެއެވެ.
  • ތަކެތި އޮފީހަކަށް ގެންދާއިރު އޮފީހުގެ މަސައްކަތަށް ދަތިނުވާނެގޮތަށް ކަންތައްތައް ކުރުމުގެ އިންތިޒާމު ކުރުން، އަދި ގެންދާ މުދަލެއްގެ ސަބަބުން ތަން ހަޑިވިނަމަ ތަން ސާފުކުރުން.
  • އެސްޓިމޭޓް ހުށައެޅުމަށް ހަމަޖެހިފައިވާ ގަޑިއަށް ހުށަނާޅާ އެސްޓިމޭޓް ބަލައެއް ނުގަނެވޭނެއެވެ.
  • މަޢުލޫމާތު ސާފުކުރުމަށް ބޭނުންފުޅުވެލައްވާނަމަ [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ.

 

ހުށަހެޅޭ އަންދާސީ ހިސާބު ބާތިލް (ޑިސްކޮލިފައި) ކުރެވިދާނެގޮތްތައް:  

 

  • އަންދާސީ ހިސާބާއިއެކު ހުށަހަޅަންޖެހޭ ލިޔުންތައް ހުށަނޭޅުންް.
  • އަންދާސީ ހިސާބު ގައި ހިމަނަންޖެހޭ މައުލޫމާތު ފުރިހަމަނުވުން.
  • މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް އިން ކޮށްފައިވާ އެއްބަސްވުމާ ޚިލާފުވެގެން، ނުވަތަ "ބްލެކް ލިސްޓް" ކުރެވިފައިވާ ފަރާތަކުން ނުވަތަ އެފަރާތާ ގުޅުންހުރި ( ބްލެކްލިސްޓް ކުރެވިފައިވާ ކުންފުނީގެ ހިއްސާދާރެއް ހިމެނޭ ކުންފުންޏެއް ފަދަ) ފަރާތަކުން ހުށަހަޅާ އަންދާސީ ހިސާބު.

 

       

 

                23 މުހައްރަމް 1441

    

                 

22 ސެޕްޓެންބަރު 2019
ހޯދާ