ދިވެހިރާއްޖެ
އިޢުލާން
މަޤާމް: ޑިރެކްޓަރ
މަޤާމްގެ ނަމްބަރ: J-308230
ބޭނުންވާ ޢަދަދު: 1
މަޤާމްގެ ގިންތި: ދާއިމީ
މަޤާމްގެ ރޭންކް: EX1
މަޤާމްގެ ކްލެސިފިކޭޝަން: ޓެކްނިކަލް ޑިރެކްޓަރ
ވަޒީފާ އަދާކުރަންޖެހޭ ތަން: ކޮޅުމަޑުލު އަތޮޅު ކައުންސިލް އިދާރާ / ތ ވޭމަންޑޫ.
މުސާރަ: -/8335 ރުފިޔާ ( މަހަކު )
ސަރވިސް އެލަވަންސް: -/2000 ރުފިޔާ ( މަހަކު )
އެހެނިންހެން އެލަވަންސް: 1.
- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ބޭސްފަރުވާގެ ޚިދުމަތް
 - ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
 - ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.
 - ޓެކްނިކަލްކޯ އެލަވަންސް: މަޤާމްގެ ކޯ ޑިސިޕްލިން ކަމުގައިވާ ޕްރޮޖެކްޓް ނުވަތަ އިކޮނޮމިކް ދާއިރާއިން މޯލްޑިވްސް ނެޝަނަލް ފުރޭމްވޯކް ލެވެލް 7 އިން ފެށިގެން މަތީ ސެޓްފިކެޓެއް އޮތަނަމަ ޓެކްނިކަލް ކޯ އެލަވަންސްގެ ގޮތުގައި މުސާރައިގެ 28% ހަމަޖެހޭނެއެވެ.
 - ސަޕޯޓިންގ ކޯ އެލަވަންސް: މަޤާމްގެ ޓެކްނިކަލް ކޯ އަށް ޝަރުތު ފުރިހަމަ ނުވާނަމަ ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ސަޕޯޓިންގ ކޯ އެލަވަންސްގެ ގޮތުގައި ލިބިލައްވާ -/1100 ރުފިޔާ (މަހަކު).
 
މަޤާމްގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބްތައް:
- ރައްޔިތުންގެ ބައިވެރިވުން ހޯދައި، ރަށްރަށުގެ ތަރައްޤީގެ ޕްލޭންތަކާއި، މުޅި އިދާރީ ދާއިރާގެ ތަރައްޤީގެ ޕްލޭނާއި، މުޅި ދާއިރާގެ ތަރައްޤީގެ މަޝްރޫޢުތައް ރޭއްވުމުގައި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ކަމާބެހޭ ފަރާތްތަކަށް ދިނުން.
 - ރަށުކައުންސިލްތަކުން ހިންގާ ހަރަކާތްތައް ވިލަރެސްކުރުމާއި އެކައުންސިލްތައް ހިނގާ ނުހިނގާ ގޮތް ބެލުން.
 - ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން މިކައުންސިލަށް ލިބިފައިވާ ބާރާއި، މަސްޢޫލިއްޔަތު އަދާކުރުމަށްޓަކައި މިކައުންސިލްގެ އިހްތިޞާސްގައި ހިމެނޭ ކަންތައްތައް ތަންފީޒު ކުރުމަށް ބޭނުންވާ ޕްލޭންތައް ހެދުމާއި، ޕްލޭނަށް ބޭނުންވާ ބަޖެޓް ތައްޔާރުކުރުމާއި، ތަރައްޤީގެ މަޝްރޫޢުތައް ރަށުކައުންސިލްތަކުން ތަންފީޒު ކުރުމުގެ ކަންތައް ހިނގާ ނުހިގާގޮތް ބަލައި އިދާރީ ދާއިރާގެ ފެންވަރުގައި އެކަށަހަޅަންޖެހޭ ސިޔާސަތުތައް ކައުންސިލްގެ މަޝްވަރާގެ މަތިން އެކަށައެޅުމާއި އެސިޔާސަތުތައް ތަންފީޒުކުރުމަށް ކުރަންޖެހޭ ކަންކަން ކުރުމާއި އެއާއި ގުޅޭ ޤަޥާއިދުތައް ކައުންސިލްގެ މަޝްވަރާގެ މަތިން ހެދުން.
 - ދިވެހިރާއްޖޭގެ ބިމާއިބެހޭ ޤާނޫނާއި، އަދި އެނޫންވެސް ޤާނޫނުތަކުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، އިޤްތިޞާދީ ނުވަތަ އިޖްތިމާޢީ ބޭނުންތަކަށް ކައުންސިލްގެ ނަމުގައިބިމާއި ފަޅާއި ފަރާއި ފަޅުހޯދުމާއި، މިފަދަތަންތަންތަން އެހެންފަރާތްތަކަށް ކުއްޔަށް ދޫކުރުމާއި ދިނުމާއި، މިފަދަ ތަންތަނުގައި އިންވެސްޓް ކުރުމާއި، އަދި އިންވެސްޓްމަންތައް ކައުންސިލްގެ ނަމުގައި މިލްކު ކުރުން.
 - އިޤްތިޞާދީ ނުވަތަ އިޖްތިމާޢި ބޭނުންތަކަށް ކައުންސިލްގެ ނަމުގައި އުފުލޭ އަދި ނުއުފުލޭ މުދާ ހޯދުމާއި މިލްކުރުމާއި ކައުންސިލް ބެލުމުގެ ދަށުގައި ހުންނަ މިފަދަ ތަކެތި މިޤާނޫގެ ދަށުން ހެދޭ ޤަވާއިދުގައިވާ ގޮތުގެ މަތިން އެހެންފަރާތްތަކަށް ކުއްޔަށް ދިނުން.
 - ތަރައްޤީގެ ހަރަކާތްތައް ހިންގުމަށް ބޭނުންވާ ފައިސާ ހޯދުމަށް ޤާނޫނުގައި ކަނޑައަޅާފައިވާ ހުދޫދުގެ ތަރޭގައި މާލީ އިދާރާތަކުން ދަރަންޏަށް ފައިސާ ނެގުމާއި، އެފަދަ ދަރަނި ތަކުގެ ހިމާޔަތެއްގެ ގޮތުގައި ކައުންސިލްގެ އެކިއެކި މާލީ ހައްޤުތަކާއި، މަސްލަހަތުތަކާއި މިލްކިއްޔާތުތައް ދަރަނި ދޫކުރާ ފަރާތްތަކަށް ހުށަހެޅުމާއި ތަފާތު އެކި ކަންކަމަށް ފަންޑު ހޯދުން.
 - ތަރައްއގީގެ ހަރަކާތްތައް ހިންގުމަށް ބޭނުންވާ ފައިސާ ހޯދުމާއި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގައި ކަންޑައަޅާފައިވާ ހުދޫދުގެ ތެރޭގައި މުނިސިޕަލް ބޮންޑާއި، ބިލާއި މުނިސިޕަލް ސެކިއުރިޓީ ފަދަ އެކިއެކި މާލީ ސެކިއުރިޓީތައް އެކަށައަޅައި، އެފަދަ ސެކިއުރިޓީތައް ސްޓޮކް އެކްސްޗޭންޖު މެދުވެރިކޮށް ވިއްކުން.
 - ކައުންސިލުން ދޭންޖެހޭ ޚިދްމަތްތައް ފޯރުކޮށްދިނުމަށްޓަކައި އެކި ފަރާތްތަކާއެކު އެގްރިމެންޓްކޮށް ވިޔަފާރި މުޢާމަލްތަކުރުން.
 - ދިވެހިރާއްޖޭގެ ޤާނޫނުތަކާއި އެއްގޮތްވާގޮތުގެމަތިން ފަތުވެރިކަމާއި މަސްވެރިކަމާއި ދަނޑުވެރިކަމާއި އެހެނިހެން ސިނާއަތުތައް ކުރިއެރުވުމަށް އެހީތެރިވެދީ މަސައްކަތްކުރުން.
 - އަތޮޅު ކައުންސިލުންދޭ ޚިދްމަތްތަކާއި، ކައުންސިލް މެދުވެރިވެގެން ދޭ ޚިދްމަތްތަކަށް ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން ހެދޭ ޤަވާއިދުތަކާއެއްގޮތުގެ މަތިން ފީ ކަނޑައެޅުމާއި ފީނެގުން.
 - އެންމެހާ ރަށްރަށާއި ބިން ބިމުގެ ދަފްތަރު އެކުލަވާލައި އެދަފްތަރު ބެލެހެއްޓުމާއި ، ބިމާބެހޭ ޤައުމީ ދަފްތަރު އެކުލަވައި ބަލަހައްޓާ އިދާރާއަކަށް ބޭނުންވާ މަޢުލޫމަތު ފޯރުކޮށްދިނުން.
 - ތަރައްޤީގެ ޕްލޭންގައި ހިމެނޭ ކަންތައްތަކުގެ ތެރެއިން ރަށުކައުންސުލްތަކާ ހަވާލުނުކޮށް ހުންނަ މަޝްރޫޢުތައް ހިންގުން.
 - ކޮންމެ އަހަރެއްގެ އޮގަސްޓް މަހުގެ ނިޔަލަށް ތަރައްޤީގެ ޕްލޭނަށް ބިނާކޮށް ކުރިއަށް އޮތް އަހަރުގެ މަސައްކަތު ތާވަލާއި، ބަޖެޓްހެދުން.
 - ކޮންމެ އަހަރެއްގެ މާރޗް މަހުގެ 10 ވަނަ ދުވަހުގެ ކުރިން، ކައުންސިލްގެ ފާއިތުވި އަހަރުގެ އޮޑިޓް ރިޕޯރޓް ފޮނުވުން.
 - އަމަލު ކުރަމުންގެންދާ ތަރައްޤީގެ ޕްލޭނުގެ މުއްދަތު ހަމަވުމުގެ 4 މަސް ދުވަސް ކުރިން ޤައުމީ ތަރައްޤީގެ ޕްލޭނަށް އަމާޒުކޮށް ކުރިއަށް އޮތް 5 އަހަރު ދުވަހަށް ތައްޔާރުކުރަންޖެހޭ ތަރައްޤީގެ ޕްލޭން ތައްޔާރު ކުރުން.
 - ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫގެގެ 110 ވަނަ މާއްދާގައި ބަޔާންކޮށްފައިވާކަންކަމުގެ އަމަލީ ސިފަ އަންނަމުންދާވަރު ބަލައި، ކަމާއިބެހޭ ފަރާތްތަކަށް ޤަވާއިދުން ރިޕޯރޓް ފޮނުވުން.
 - ކައުންސިލްގެ ރައީސަށް ނުވަތަ ކައުންސިލަށް ޖަވާބުދާރީ ވާންޖެހޭ ކަންކަމާއި ހާލަތްތަކުގައި ޖަވާބުދާރީވެ އެހީތެރިވުން.
 
ވަޒީފާއާއިގުޅޭ ދާއިރާތައް:
- އިކޮނޮމިކްސް
 - ޕްރޮޖެކްޓް މެނޭޖްމަންޓް
 
ތަޢުލީމީ ރޮގުތައް:
- ބިޒްނަސް އެޑްމިނިސްޓްރޭޝަން.
 - ބިޒްނަސް މެނޭޖްމަންޓް.
 - އިކޮނޮމިކްސް.
 - ޕްރޮޖެކްޓް މެނޭޖްމަންޓް.
 
މަޤާމްގެ ޝަރުތުތައް:
- މަގާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
 
ނުވަތަ.
- މަގާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 އިން ފެށިގެން މަތީގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
 
ހުށަހަޅަންޖެހޭ ލިޔުންތައް:
- ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު މިކައުންސިލް އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން www.csc.gov.mv ޑައުންލޯޑު ކުރެވޭނެއެވެ.
 - ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
 - ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
 - ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
 - ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.
 
(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
(ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
- ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
 
- މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:
 
(ހ) ދައުލަތުގެ މުއައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ނުވަތަ ބައިނަލް އަޤުވާމީ ޖަމްޢިއްޔާ / ޖަމާޢަތެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.
(ނ) ޤައުމީ ޖަމްޢިއްޔާ / ޖަމާޢަތެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު (އެއް ތަނެއްގައި ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން.
(ރ) އަމިއްލަ ޖަމްޢިއްޔާ / ޖަމާޢަތެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު (އެއް ތަނެއްގައި ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން އަދި އެ ޖަމްޢިއްޔާ / ޖަމާޢަތަކީ ހިނގަމުންދާ ޖަމްޢިއްޔާ / ޖަމާޢަތެއްކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން.
(ބ) ވަގުތީ ގޮތުން މަޤާމެއްގެ މަސްއޫލިއްޔަތު އަދާކޮށްފައިވާނަމަ، އަދާކުރި މަސްއޫލިއްޔަތުގެ ނަން ނުވަތަ އެ މަސްއޫލިއްޔަތެއް އަދާކުރި މަޤާމުގެ ނަމާއި، އަދާކުރި މަސްއޫލިއްޔަތު ނުވަތަ ވާޖިބުތައް އަދި މަސްއޫލިއްޔަތު އަދާކުރި މުއްދަތު (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެތަނަކުން ދޫކޮށްފައިވާ ލިޔުން.
ވަޒީފާއަށް އެންމެ ޤާބިލްފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ( %25 )
 - ލިބިފައިވާ މަސައްކަތު ގެ ތަޖްރިބާ ( %25 )
 
= ލިބިފައިވާ ހުނަރު:
- އިންޓަރވިއު އަދި ޕްރެޒެންޓޭޝަން ( %20 )
 - އިމްތިހާން ( %30 )
 
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑީ:
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 26 ސެޕްޓެމްބަރ 2019 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން، ކޮޅުމަޑުލު އަތޮޅު ކައުންސިލްގެ އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
އިންޓަވިއު، އިމްތިހާން އަދި ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު:
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިމްތިހާނު، އިންޓަވިއު އަދި ޕްރެޒެންޓޭޝަން އޮންނާނީ 30 ސެޕްޓެމަބަރ 2019 އިން 10 އޮކްޓޯބަރ 2019 އާ ދެމެދުގައެވެ ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި ޕްރެޒެންޓޭޝަން ހުށަހެޅުމަށާއި އިންޓަރވިއުއަށް ހާޟިރުވުމަށް ތައްޔާރުވެގެން ތިބުމަށްވެސް ދަންނަވަމެވެ.
ޝޯޓްލިސްޓް ކުރުން:
މި ވަޒީފާއަށް އެދި ހުށަހަޅާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތައުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 9847007 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރައްވާނީ [email protected] އަށެވެ.
19 މުޙައްރަމް 1441
18 ސެޕްޓެމްބަރ 2019
މުޙައްމަދު ޔަސައު
ޑިރެކްޓަރ ޖެނެރަލް
