މާޅޮސްމަޑުލު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

  • މަޤާމު:        ފަޅުވެރި
  • މަޤާމު ނަންބަރ:  222650-J
  • ބޭނުންވާ ޢަދަދު:  01
  • މަޤާމުގެ ގިންތި :  ދާއިމީ
  • މަޤާމުގެ ރޭންކް: އެސް.އެސް 2
  • ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް ގްރޭޑް 2
  • ވަޒީފާއަދާކުރަންޖެހޭތަން:  މާޅޮސްމަޑުލު ދެކުނުބުރީ އަތޮޅުކައުންސިލްގެ އިދާރާ / ބ. އޭދަފުށި
  • މުސާރަ:             3470.00 ރުފިޔާ
  • އެހެނިހެން އެލަވަންސްތައް: (ސަރވިސް އެލަވަންސް 1000.00 ރުފިޔާ، ސަޕޯޓިންގ ކޯ1 : 1200.00 ރުފިޔާ)
  • އިތުރު ޢިނާޔަތްތައް:

1-                  ސިވިލް ސަރވިސް މުވައްޒަފުންނަށް  ހަމަޖެހިފައިވާ އުޞޫލުން ބޭސްފަރުވާގެ ޚިދުމަތް.

2-                  ދިވެހިރާއްޖޭގެ ޕެންޝަނާއިބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

3-                  ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާއާއި، ދަތުރުކޮއްތާއި،އެލަވަންސް އަދި ރަމަޟާންމަހުގެ ޚާއްޞަ ޢިނާޔަތުގެ ފައިސާ.

މަޤާމުގެ މަސްއޫލިއްޔަތު ތަކާއި ވާޖިބުތައް.

1-      އަތޮޅުކައުންސިލް އިދާރާގެ އުޅަނދުފަހަރު ފަޅުގައި އަޅާފައި އޮންނައިރު ދިޔަހިއްކޭތޯ ބެލުމާއި، ވާވެލާވެލި ހުރީ ރަގަޅަށްތޯ މަދުވެގެން ދުވާލަކު 1 ފަހަރު ބަލާ، ގޯސްކޮށް ކަމެއް ހުރިނަމަ އެކަމެއް ރަގަޅުކުރުމުގެ މަސައްކަތް ޑްރައިވަރާ ވާހަކަ ދައްކައިގެން ކުރުން.

2-      އުޅަނދުފަހަރުގެ ފެހިކެހުމާއި، ފަޅުގައި އަޅާފައި އޮންނައިރު، އަދި ދަތުރުތައް ނިންމުމަށްފަހު އެބުރި ރަށަށް އައިސް  އުޅަނދު ދޮވެ ސާފުކުރުން.

3-      އުޅަނދުފަހަރުގައި އަތޮޅުކައުންސިލްގެ އިދާރާއިން  ކުރާ ދަތުރުތަކުގައި ފުރަން އަންގާ ގަޑިއަށް ފުރޭގޮތަށް ބޯފެނާއި، ދަތުރަށް ބޭނުންވާ ތެލާއި  ސަލާމަތީ ސެޓްފިކެޓް ގައި ހިމެނޭ ތަކެއްޗާއި، ދަތުރަށް ކޮންމެހެން ބޭނުންވާ ތަކެތި ޑްރައިވަރާއި ވާހަކަ ދައްކައިގެން ހޯދުން.

4-      ދަތުރުތައް ކުރަމުންދާއިރު ޑްރައިވަރ އަންގާ ގޮތެއްގެމަތީން އުޅަނދުގައި ކުރަންޖެހޭ މަސައްކަތްތައް ފަރުވާތެރިކަމާއިއެކު ކުރުން.

5-      ދަތުރުތަކުގައި މަޑުކުރައްވާ ރަށްރަށުގައި އުޅަނދު ރަގަޅަށް ބެލެހެއްޓުން.

6-      އުޅަނދު ފަހަރު އެހެލާ ބޭލުމުގައި ކުރަންޖެހޭ އެންމެހާ ކަންތައްތައް އަތޮޅު ކައުންސިލްގެ އިދާރާއިން އަންގާގޮތެއްގެމަތީން ކުރުން.

7-      އުޅަނދުތަކުގައި ހުންނަ އެންމެހާ ތަކެތި ރައްކާތެރިކަމާއިއެކު ބެލެހެއްޓުން.

މީގެ އިތުރުންވެސް އަތޮޅު ކައުންސިލް އިދާރާއިންކުރާ އެކިއެކި މަސައްކަތްތަކުގައި ބައިވެރިވުން.

 

މަޤާމުގެ ޝަރުތު.

1-      ލިޔަން ކިޔަން އެނގުން.

ނުވަތަ

2-      މަޤާމަށް ބޭނުންވާ ތަމްރީނެއް/ ލައިސަންސެއް / ހުއްދައެއް / ސަނަދެއް ޙާޞިލުކޮށްފައިވުން.

 

ހުށަހަޅަންޖެހޭ ލިޔުންތައް:

1-      ފުރިހަމަކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށްއެދޭފޯމް ( މިފޯމް ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި، ކައުންޓަރުން ލިބެން ހުންނާނެއެވެ.

2-      ވަޒީފާއަށް އެދޭފަރާތުގެ ވަނަވަރު ( ގުޅޭނެ ފޯން ނަންބަރާއި، އީމެއިލް އެޑްރެސް ހިމެނޭގޮތަށް )

3-      ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައްފެންނަ އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.

4-      ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ އަދާކުރަމުންދާ ވަޒީފާއިން  ވީއްލުމާއިމެދު އިޢުތިރާޟެއްނެތްކަމަށް ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.

5-      ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ ލެވެލް ކަނޑައަޅާފައިވާ  ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި، ޓްރާންސް ކްރިޕްޓްގެ ކޮޕީ: ނުވަތަ ކޯސް ފުރިހަމަ ކުރުމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި ޤަބޫލުކުރެވޭނެ ކަމަށް މޯލް ޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެކޮޕީ

 (ށ) މަތީ ތަޢުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި، ޓްރާންސް ކްރިޕްޓްގެ ކޮޕީ: ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ:

6- ވަޒީފާގެ މަސައްކަތުގެ ދާއިރާއާއި ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީން ސެޓްފިކެޓްތަކުގެ ކޮޕީ:

7 - ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓްފިކެޓްގެ ކޮޕީ:

8- މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

   (ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ޙިއްޞާވާ  ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ  އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

   (ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި ، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެއޮފީހަކުން ދޫކޮށްފައިވާ ލިޔުން. ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކްފޯމް.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް:

1. ލިބިފައިވާ ތަޢުލީމާއި، ތަމްރީން.

2. ލިބިފައިވާ މަސައްކަތުގެ ތަޖްރިބާ ( މަސައްކަތްކުރިކަމުގެ ލިޔުން ހުށަހެޅުން. )

3. މަސައްކަތުގެ ހުނަރާއި، ފެންވަރާއި، ޤާބިލުކަމާއި، ބޭނުންވާ ސިފަތައް.

 

މަޤާމަށް އެދެންވީގޮތާއި ، ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭތަކެތި ހުށަހަޅާނީ 25 ސެޕްޓެމްބަރ 2019 ވަނަ ދުވަހުގެ 14.00 ގެ ކުރިން މާޅޮސްމަޑުލު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭފޯމާއި، ލިޔުންތައް [email protected]  މެދުވެރިކޮށް ބަލައިގަނެވޭނެއެވެ.  އަދި އިޢުލާންގެ ސުންގަޑި ހަމަވުމުގެކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ އެ ކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭފޯމު ބަލައިގަނެވޭނެއެވެ.

 

އިންޓަރވިއު އޮންނާނެ ތަނާއި މުއްދަތު.

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ 26 ސެޕްޓެމްބަރ 2019  އިން 06 އޮކްޓޯބަރ 2019 އާއި ދެމެދުގެ ދުވަހެއްގައި މާޅޮސްމަޑުލު ދެކުނުބުރީ އަތޮޅު ކައުންސިލް އިދާރާގައެވެ.

ޝޯޓްލިސްޓްކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި، ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކުސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6608301 އަށެވެ. އީމެއިލް ކުރާނީ [email protected]   އަށެވެ.            

17 މުޙައްރަމް    1441

16 ސެޕްޓެމްބަރ   2019

16 ސެޕްޓެންބަރު 2019
ހޯދާ