މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ފާރމަސޫޓިކަލް އިންފޮމޭޝަން އެލާރޓް

ފާރމަސޫޓިކަލް އިންފޮމޭޝަން އެލާރޓް

 

ފޯލްސިފައިޑް އޮގުމެންޓިން ޓެބްލެޓް ޑަބްލިއު.އެޗް.އޯގެ އެލާޓް ނަންބަރު:  (EMP/SAV/Alert No9/2019 (20th August 2019  އާއި ގުޅޭ

            ބެކްޓީރިއަލް އިންފެކްޝަން ތަކަށް ބޭނުންކުރާ މުޙިއްމު އެންޓިބަޔޮޓިކެއް ކަމަށްވާAugmentin (Amoxicillin + Clavulanic acid) ގެ އަސްލު ބޭހުގައި ހިމެނޭ އެއްވެސް އެކްޓިވް އިންގްރީޑިއެންޓެއް ހިމެނިފައިނުވާ ފޯލްސިފައިޑް ބޭސްތަކެއް، އެފްރިކާގެ ދެ ޤައުމެއް ކަމަށްވާ ޔުގާންޑާ އަދި ކެންޔާގައި ދައުރުވަމުންދާ ކަމަށް

ޑަބްލިއު.އެޗް.އޯގެ ނަންބަރު:EMP/SAV/Alert No9/2019 އެލާޓް އިން ވަނީ އަންގާފައެވެ.

 

             ޕޯޓް ކޮންޓްރޯލްގެ އިމްޕޯޓް ރިކޯޑްސް އާއި މިއޮތޯރިޓީގެ ބެލިބެލުމުން މިހާތަނަށް މިބޭހުގެ މިބެޗް ރާއްޖެ އެތެރެވެފަައިއެއްނެތެވެ. އަދި މިބެޗްގެ މުއްދަތު މި އަހަރުގެ އޮގަސްޓް މަހަށް ހަމަވާތީ، އިތުރަށް މިބޭސް އިމްޕޯޓް ކުރެވި ބޭނުންކުރުމުގެ ހިރާސް ކުޑަ ނަމަވެސް، މިމައުލޫމާތު ބޭސް އިމްޕޯޓް ކުރާ ފަރާތްތަކާއި، ވިއްކާފަރާތްތަކާއި އަދި ބޭނުންކުރާފަރާތްތަކުގެ ސަމާލުކަމަށްޓަކައި ދެންނެވީމެވެ.

 

Augmentin (Amoxicillin trihydrate + Potassium Clavulanate

Product Name

SmithKline Beecham Limited

Stated Manufacturer

786627

Batch Number

Aug 2016

Manufacturing Date

Aug 2019

Expiry Date

500mg aumoxicillin as amoxicillin trihydrate Ph.Eur.

125mg clavulanic acid as potassium clavulanate Ph.Eur.

Declared Active Ingredient

 

             މިކަމާއި ގުޅޭގޮތުން އިތުރު މައުލޫމާތެއް ލިބިއްޖެ ނަމަ ލަސްނުކުރައްވާ މިއޮތޯރިޓީގެ 3014316 އަށް ގުޅުއްވާ މަޢުލޫމާތު ޚިއްސާ ކޮށްދެއްވުން އެދެމެވެ.

03 ސެޕްޓެންބަރު 2019
ހޯދާ