| 
 މަޤާމް: 
 | 
 ޕްލޭނިންގ އޮފިސަރ 
 | 
| 
 މަޤާމު ނަންބަރު: 
 | 
 J-285715 
 | 
| 
 ބޭނުންވާ ޢަދަދު: 
 | 
 01 
 | 
| 
 މަޤާމުގެ ގިންތި: 
 | 
 ވަގުތީ (2020 ޖަނަވަރީ 10 ގެ ނިޔަލަށް) 
 | 
| 
 މަޤާމުގެ ރޭންކް: 
 | 
 އެމް. އެސް 2 
 | 
| 
 މަޤާމުގެ ކްލެސިފިކޭޝަން: 
 | 
 ޓެކްނިކަލް އޮފިސަރ ގްރޭޑް 2 
 | 
| 
 ވަޒީފާ އަދާކުރަން ޖެހޭ ތަން: 
 | 
 ނިލަންދެ އަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ / ފ. ނިލަންދޫ 
 | 
| 
 މުސާރަ: 
 | 
 މަހަކު 6,295.00 ރުފިޔާ 
 | 
| 
 ސަރވިސް އެލަވަންސް: 
 | 
 މަހަކު 2,000.00 ރުފިޔާ 
 | 
| 
 އެހެނިހެން އެލަވަންސްތަކާއި އިނާޔަތްތައް: 
 | 
- ސަޕޯޓިންގ ކޯ އެލަވަންސް 2: މަހަކު 900.00 ރުފިޔާ ނުވަތަ ޓެކްނިކަލް ކޯ އެލަވަންސް ހަމަޖެހިއްޖެނަމަ ޓެކްނިކަލް ކޯ އެލަވަންސްގެ ގޮތުގައި މުސާރައިގެ 28% ލިބޭނެއެވެ. (ޓެކްނިކަލް ކޯ އެލަވަންސްގެ ކޯ ޑިސިޕްލިން އަކީ ޕްލޭނިންގ އަދި ޕްރޮޖެކްޓް މެނޭޖްމެންޓް)
 
- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ބޭސް ފަރުވާގެ ޚިދުމަތް.
 
- ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ފައިސާ.
 
- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާއާއި ރަމަޟާންމަހުގެ ޢިނާޔަތު ފައިސާ އަދި ދަތުރު އެލަވަންސް
 
  | 
| 
 މަޤާމުގެ ޝަރުތުތައް: 
 | 
- ބިޒްނަސް މެނޭޖްމެންޓް، ޕްލޭނިން ނުވަތަ ޕްރޮޖެކްޓް މެނޭޖްމެންޓް ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުން.
 
  | 
| 
 މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: 
 | 
- އަތޮޅާއި ރަށްރަށުގެ ތަރައްޤީއާއި ބެހޭ ޕްރޮޖެކްޓްތައް މޮނިޓަރކޮށް އިވެލުއޭޓްކޮށް ބެލެހެއްޓުމުގެ މަސައްކަތްކުރުން
 
- އަތޮޅުގެ ފަޅުރަށްރަށް އިޤްތިޞާދީ މަސައްކަތްތަކަށް ދޫކުރުމާބެހޭގޮތުން ކުރަންޖެހޭ ކަންތައްތައް ކުރުން. 
  ބިނާވެށި ޕްލޭން ތައްޔާރުކޮށް އަންނަ ބަދަލުތައް ބެލެހެއްޓުން. 
- ރައްޔިތުންގެ ބައިވެރިވުމާއެކު ރަށްރަށުގެ ތަރައްޤީގެ ޕްލޭންތަކަށާއި މުޅި އަތޮޅުގެ ތަރައްޤީގެ މަޝްރޫޢުތައް ރޭވުމުގައި ރައްޔިތުންގެ ޚިޔާލާއިމަޝްވަރާ ކަމާބެހޭފަރާތްތަކަށް ދިނުމުގައި ކުރަންޖެހޭ މަސައްކަތްތައް ކުރުން.
 
- އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން އަތޮޅުކައުންސިލަށް ލިބިދީފައިވާ ބާރާއި، މަސްއޫލިއްޔަތު އަދާކުރުމަށްޓަކައި އެކައުންސިލެއްގެ އިޚްތިޞާޞްގައި ހިމެނޭ ކަންތައްތައް ތަންފީޛު ކުރުމަށް ބޭނުންވާ ޕްލޭންތައް ހެދުމާއި، ބަޖެޓް ތައްޔާރު ކުރުމާއި، އިދާރީ ދާއިރާގެ ފެންވަރުގައި އެކަށައަޅަންޖެހޭ ސިޔާސަތުތައް އެކަށައެޅުމާއި އެ ސިޔާސަތުތައް ތަންފީޒު ކުރުމަށް ކުރަންޖެހޭ ކަންކަން ކުރުމާއި އެއާއިގުޅޭ ޤަވާޢިދު ހެދުމާއިބެހޭ މަސައްކަތްކޮށް ބެލެހެއްޓުން.
 
- އަތޮޅު ކައުންސިލުންދޭ ޚިދުމަތްތަކާއި ކައުންސިލް މެދުވެރިވެގެން ދޭ ޚިދުމަތްތަކަށް އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން ހެދޭ ޤަވާޢިދާއި އެއްގޮތްވާ ގޮތުގެމަތިން ކައުންސިލުން ފީ ކަނޑައެޅުމާއި ބެހޭ ކަންތައް ބެލެހެއްޓުން.
 
- ފ. އަތޮޅުގައި ހިމެނޭ ރަށްރަށުގެ ތެރެއިން އެއްރަށަށްވުރެ ގިނަ ރަށްރަށަށް ދޭންޖެހޭ ޚިދުމަތްތަކާއި އެކިއެކި ޤާނޫނުތަކުގެ ދަށުން އަތޮޅު ކައުންސިލާއި ޙަވާލުކޮށްފައިވާ މަސައްކަތްތައް ހިނގާނުހިނގާގޮތް ބެލެހެއްޓުން. 
 
- ރަށު ކައުންސިލްތަކަށް ބޭނުންވާ ފަންނީ އަދި މާލީ އެހީ ފޯރުކޮށްދިނުމުގައި އެހީތެރިވުމަށް ކުރަންޖެހޭ އެންމެހާ ކަންތައްތައް ބެލެހެއްޓުން. 
 
- ސެކްޝަނުންކުރާ މަސައްކަތްތަކާ ގުޅޭގޮތުން ރަށުކައުންސިލްތަކަށް ބޭނުންވާ ލަފާ ދިނުމުގެ ގޮތުން ކުރަންޖެހޭ ކަންކަން ބެލެހެއްޓުން. 
 
- ފ. އަތޮޅުގެ ތަރައްޤީގެ ޕްލޭންގައި ހިމެނޭ ކަންތައްތަކުގެ ތެރެއިން ވަކިރަށުކައުންސިލަކާއި ޙަވާލު ނުކޮށް ހުންނަ މަޝްރޫޢުތައް ހިންގުމާއި ގުޅޭގޮތުން ކުރަންޖެހޭ ކަންތައް ކުރުން. 
 
- ކޮންމެ އަހަރެއްގެ އޯގަސްޓް މަހުގެ ނިޔަލަށް ތަރައްޤީގެ ޕްލޭނަށް ބިނާކޮށް، ކުރިއަށް އޮތް އަހަރުގެ މަސައްކަތު ތާވަލާއި ބަޖެޓު ތައްޔާރުކުރުމުގައި ބަޖެޓް ސެކްޝަނަށް ލަފަޔާ މަޝްވަރާދިނުމުގެ ގޮތުން ކުރަންޖެހޭ ކަންކަންކުރުން.
 
- ޢަމަލު ކުރަމުންދާ ތަރައްޤީގެ ޕްލޭންގެ މުއްދަތު ހަމަވުމުގެ 4 (ހަތަރެއް) މަސްދުވަސް ކުރިން، ޤައުމީ ތަރައްޤީގެ ޕްލޭނަށް އަމާޒުކޮށް ކުރިއަށްއޮތް 5 (ފަހެއް) އަހަރު ދުވަހަށް ތައްޔާރުކުރާ ތަރައްޤީގެ ޕްލޭން ތައްޔާރުކޮށް ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް ފޮނުވުމުގެ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުން.
 
- ސަރުކާރުގެ މިނިސްޓްރީތަކާއި އެކިއެކި އޮފީސްތަކުން ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތްތަކުގެ ތެރެއިން، އެ މިނިސްޓްރީތަކާއި އޮފީސްތަކުން އަތޮޅު ކައުންސިލް މެދުވެރިކޮށް ފ. އަތޮޅުގައި ދޭން ކަނޑައަޅާ، މިޔުނިޓުގެ މަސައްކަތާ ގުޅޭ ޚިދުމަތްތައް ދިނުމާއިގުޅޭގޮތުން ކުރަންޖެހޭ އެންމެހައި ކަންތައް ކުރުން.
 
- ޕީ،އެސް،އައި،ޕީ ގެ ދަށުން އަތޮޅުގެ އިދާރީދާއިރާގެ ތަރައްޤީއަށް ހުށަހަޅަންޖެހޭ ޕްރޮޖެކްޓްތައް ތައްޔާރުކޮށް ކަމާބެހޭ ފަރާތްތައް ހުށަހެޅުން.
 
- ހަމަޖެހިފައިވާ އުސޫލުން އޮފީސް ހުޅުވާ ލެއްޕުން.
 
- އޮފީހުން ކުރިއަށް ގެންދާ ޚާއްސަ މަސައްކަތްތަކުގައި ބައިވެރިވުމާއި އޮފީހުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން.
 
  | 
| 
 ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: 
 | 
- ތަޢުލީމާއި ތަމްރީނު. (40%)
 
- ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު. (5%)
 
- މަސައްކަތުގެ ތަޖުރިބާ. (15%)
 
- މަސައްކަތުގެ ހުނަރާއި ފެންވަރާއި ޤާބިލްކަމާއި ސިފަތައް. (40%)
 
- ގިނަވަގުތު މަސައްކަތު އުޅެވޭ ފަރާތަކަށްވުން.
 
 
ކަނޑައަޅާފައިވާ ޤަވާއިދުތަކާއި އުޞޫލުތަކާއި އެއްގޮތަށް މީހަކު ހޮވުމަށް ބަލާނެ ކަންތައްތައް އިދާރާގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ. 
 | 
| 
 ހުށަހަޅަންޖެހޭ ލިޔުންތައް: 
 | 
- ފުރިހަމަ ކުރައްވާފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރިވސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެން ހުންނާނެއެވެ.)
 
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
 
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
 
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
 
- ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
 
 
(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު / ލެވެލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓް ގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެ ކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ. 
(ށ) މަތީ ތަޢުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމުގެ ކޮޕީ. 
6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ. 
7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓުފިކެޓު ލިބިފައިވާނަމަ، އެ ސެޓުފިކެޓުގެ ކޮޕީ. 
8. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ: 
(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. 
(ށ) އަމިއްލަ ކުންފުންޏެއްނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން، ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމު. 
 | 
| 
 މަޤާމަށް އެދެންވީގޮތާއި ސުންގަޑި: 
 | 
 މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2019ސެޕްޓެންބަރު 05 ވާ ބުރާސްފަތި ދުވަހުގެ 13.00 ގެ ކުރިން، ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް ([email protected])މެދުވެރިކޮށްވެސް  ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައި ގަނެވޭނެއެވެ. 
 | 
| 
 އިންޓަވިއު އޮންނާނެ ތަނާއި މުއްދަތު: 
 | 
 މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 2019 ސެޕްޓެންބަރު08 އާއި 10 އާ ދެމެދު، ނިލަންދެ އަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ ގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ. 
 | 
| 
 ޝޯޓް ލިސްޓް ކުރުން: 
 | 
 މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ. 
 | 
| 
 މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ 
 | 
 ޖުމްލަ45% (ސާޅީސް ފަހެއް) އިންސައްތައަށްވުރެ މަތިވާން ޖެހޭނެއެވެ. 
 | 
| 
 އެހެނިހެން ކަންތައްތައް 
 | 
- މި މަޤާމަށް ކުރިމަތިލާ މީހުންނަކީ ޢުމުރުން 55 އަހަރުވެފައިވާ މީހުންކަމުގައި ވެގެންނުވާނެއެވެ.
 
- ވަޒީފާއަށް އެދި ހުށަހަޅަންޖެހޭސުންގަޑި ހަމަވުމަށްފަހު  ހުށަހަޅުއްވާ ހުށަހެޅުންތަކާއި، އެޓޭޗް ކުރަންޖެހޭ ލިއުންތައް ހަމަނުކޮށް އަދި ފުރިހަމަނުކޮށްހުށަހަޅާ ހުށަހެޅުންތައް ބަލައިނުގަނެވޭނެއެވެ.
 
 
 |