ދިވެހިރާއްޖެ
ޖުޑީޝަލް ސަރވިސް ކޮމިޝަނަށް، ދަށުކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން އެ ކޯޓުތަކުން އިންތިޚާބުކުރާ ފަނޑިޔާރަކު ހޮވުމަށް ބާއްވާ އިންތިޚާބު 2019 އާ ގުޅޭގޮތުން ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ވަނީ ހުޅުވައިލެވިފައެވެ.
މި އިންތިޚާބާގުޅޭ ޝަކުވާ ހުށަހަޅާނީ މި އިޢުލާނާއެކު ހިމަނާފައިވާ "ޝަކުވާ ހުށަހަޅާ ފޯމު" އިން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށެވެ. އީ-މެއިލް މެދުވެރިކޮށް ހުށަހަޅާ ޝަކުވާ ފޮނުއްވާނީ [email protected] އަށެވެ. އީ-މެއިލް މެދުވެރިކޮށް ފޮނުއްވާ ފޯމު ލިބުނުކަން ކަށަވަރުކުރުމަށްޓަކައި 3340818 ނުވަތަ 3340819 އަށް ގުޅުންވުމަށްވެސް ދަންނަވަމެވެ.
ޝަކުވާ ހުށަހަޅާ ފޯމު ވޯޓުލާ މަރުކަޒުތަކުންނާއި، މި ޑިޕާޓްމަންޓުގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. އަދި މި ޑިޕާޓްމަންޓުގެ ވެބްސައިޓް www.judiciary.gov.mv އިން ޑައުންލޯޑް ކުރެވޭނެ ވާހަކަވެސް ދަންނަވަމެވެ.
މިހެންވެ، މިކަން ޢާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.
19 ޛުލްޙިއްޖާ 1440
