ދިވެހިރާއްޖެ
އިމާމުން ތަމްރީނުކުރުމަށްޓަކައި، އިމާމު ކޯހެއް މި ކައުންސިލްގެ ފަރާތުން ހިންގުމަށްވަނީ ހަމަޖެހިފައެވެ. ކޯހުގެ ކިޔެވުން އޮންނާނީ، ރަސްދޫގައެވެ.
ވީމާ، މި ކޯހުގައި ބައިވެރިވެވަޑައިގަތުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ބޭފުޅުން، 2019 އޮގަސްޓް 25 ވަނަ ދުވަހުގެ 14:00ގެ ކުރިން، އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ. ކޯހަށް އެދޭ ފޯމު މި އިދާރާއިންނާއި، މި އަތޮޅުގެ ރަށްރަށުގެ ކައުންސިލް އިދާރާތަކުން ލިބިވަޑައިގަންނަވާނެ އެވެ.
|
ކޯހުގެ ނަން: |
އިމާމު ކޯސް (ލެވެލް 3) |
|
މުއްދަތު: |
6 މަސް |
|
ކިޔެވުން އޮންނަ ދުވަސްތައް: |
ބޮލޮކް މޯޑް (ހަފްތާގެ ދުވަސްތަކުގެ ތެރެއިން ކަނޑައެޅޭ ދުވަސްތަކެއްގައި) |
|
ބައިވެރިވުމުގެ ޝަރުޠު: |
|
|
އެޕްލިކޭޝަން ހުށަހަޅަންވީ ތަން: |
އއ. އަތޮޅު ކައުންސިލް އިދާރާ ނުވަތަ އއ.އަތޮޅު ރަށު ކައުންސިލްތަކުގެ އިދާރާ |
|
ހުށަހަޅަންޖެހޭ ތަކެތި: |
ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެކޮޕީ، ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ، ސްކޫލް ލީވިންގ ސެޓްފިކެޓްގެ ކޮޕީ |
|
ކޯހުގެ ފީ: |
6000/- ރުފިޔާ ( މަހަކު، 1,000/- ރުފިޔާ ) |
އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައް ނުހިމަނާ ހުންނަ އެޕްލިކޭޝަންތަކާއި، ފުރިހަމަ ނުކޮށް ހުންނަ އެޕްލިކޭޝަންތައް ބާޠިލް ކުރެވޭނެ އެވެ. އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން 6660606 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.
