ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ސްކޫލް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
އޮފީސް އިމާރާތުގެ ކުޑަދޮރުތައް އެލްމިނިއަމް ދޮރަށް ބަދަލުކުރުން!
ބީލަން ހުށަހެޅުމުގެ ދަޢުވަތު
އޮފީސް އިމާރާތުގެ ކުޑަދޮރުތައް އެލްމިނިއަމް ދޮރަށް ބަދަލުކުރުން!
- މި ސްކޫލްގެ އޮފީސް އިމާރާތުގައި ހުރި ލަކުޑި ކުޑަދޮރުތައް ނައްޓައި އެލްމިނިއަމް ދޮރަށް ބަދަލުކުރުމުގެ މަސައްކަތް ކޮށްދެއްވާނެ ފަރާތެއް ހޯދުމަށްކުރެވުނު އިޢުލާން ނަންބަރު GS79/IULAAN/2019/23 އަށް ކުރިމަތިލައްވާފައިވާ ފަރާތްތައް ޝަރުޠު ފުރިހަމަނުވާތީ އެ ޢިލާން ބާޠިލްކުރުމަށްފަހު މިމަސައްކަތް ކުރުމަށް 3 ވަނަ ފަހަރަށް އިޢުލާން ކުރީމެވެ. ވީމާ މަސައްކަތްތައް ކޮށްދެއްވުމަށް ޝަރުތުހަމަވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.
- މި ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
- މިބީލަންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، އިހަވަންދޫ ސްކޫލް އޮފީހަށް ދުރުވެ 2019 އޯގަސްޓު 7 އިން 2019 އޯގަސްޓު 25 އަށް ބަންދުނޫން ކޮންމެ ދުވަހަކު 9:00 އިން 12:00 އަށް ނަންނޯޓް ކުރެއްވުން އެދެމެވެ.
- މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2019 އޯގަސްޓު 25 ވާ އާދީއްތަ ދުވަހުގެ 12:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
- މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2019 އޯގަސްޓު 26 ވާ ހޯމަ ދުވަހުގެ 11:00 ގައި އިހަވަންދޫ ސްކޫލްގެ އޮފީހުގައެވެ.
- ބިޑް ހުށަހެޅުމާއި ހުޅުވުން އޮންނާނީ 2019 ސެޕްޓެމްބަރ 5 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި އިހަވަންދޫ ސްކޫލްގެ އޮފީހުގައެވެ.
- ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
އިހަވަންދޫ ސްކޫލް
އަމީނީމަގު މަގު، ހއ. އިހަވަންދޫ، ދިވެހިރާއްޖެ.
ފޯން: 6500096
އީ-މެއިލް: [email protected]
5 ޛުލްޙިއްޖާ 1440
06 އޮގަސްޓް 2019
ހޯދާ