ދިވެހިރާއްޖެ
ނަންބަރު:FNK-I/IUL/2019/144
އިޢުލާން
ގދ.މަޑަވެލި-ގދ.ހޯޑެއްދޫގެ ކަރަންޓް އެއްވިއުގައިން ގުޅާލުމަށް ސެންޓްރަލް ޕަރަރ ސްޓޭޝަނެއް ޑިޒައިންކޮށް އިމާރާތްކޮށް އަދި އެތަނަށް ބޭނުންވާ އެންމެހާ ތަކެތި ސަޕްލައިކޮށް އިންސްޓޯލްކޮށް އަދި މީޑިއަމް ވޮލްޓޭޖް (11ކޭވީ) ވިއުގަ ހަރުދަނާ ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ:
ގދ.މަޑަވެލި-ގދ.ހޯޑެއްދޫގެ ކަރަންޓް އެއްވިއުގައިން ގުޅާލުމަށް ސެންޓްރަލް ޕަރަރ ސްޓޭޝަނެއް ޑިޒައިންކޮށް އިމާރާތްކޮށް އަދި އެތަނަށް ބޭނުންވާ އެންމެހާ ތަކެތި ސަޕްލައިކޮށް އިންސްޓޯލްކޮށް އަދި މީޑިއަމް ވޮލްޓޭޖް (11ކޭވީ) ވިއުގަ ހަރުދަނާ ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވިފައިވާ ނަންބަރ FNK-I/IUL/2019/0126 އިޢުލާނާއި ގުޅިގެން ބިޑް ހުޅުވުމަށް ހަމަޖެހިފައިވާ ތާރީޚް 01 ސެޕްޓެމްބަރ 2019 ވާ އާދިއްތަ ދުވަހުގެ 12:00 އަށް ބަދަލު ކުރެވިފައިވާތީ، އެކަން އާންމުކޮށް އަންގާ އީޢުލާން ކުރަމެވެ. ބިޑް ހުށަހެޅުވުމަށް ހަމަޖެހިފައިވަނީ މި ކުންފުނީގެ ހެޑް އޮފީހުގެ (ޕޯޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ) ޖަލްސާކުރާ މާލަމުގައި މިމަސައްކަތަށް އަންދާސީހިސާބު ހުށަހަޅުއްވަން ވަޑައިގަންނަވާ ފަރާތްތަކުގެ ހާޒިރުގައެވެ. މިގަޑީގެ ފަހުން ހުށަހަޅާ އަންދާސީހިސާބާއި އީމެއިލް މެދުވެރިކޮށް ހުށަހެޅޭ އަންދާސީ ހިސާބުތައް ބަލައި ނުގަނެވޭނެ ވަހަކަ ދަންނަވަމެވެ. އަދި މި ބިޑްގައި ބައިވެރިވެވޭނީ ބިޑް ޑޮކިއުމަންޓް ގަތްފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.
29 ޛުލްޤައިދާ 1440
01 އޮގަސްޓް 2019
