ދިވެހިރާއްޖެ
ދިޔަމިގިލީ ސްކޫލް
ތ. ދިޔަމިގިލި ، ދިވެހިރާއްޖެ
ނަމްބަރ: DM / 04 / 2019 /I-07
އިޢުލާން
| ވަޒީފާގެ ފުރުޞަތު | 
| މަޤާމް: | ކައުންސެލަރ | 
| މަޤާމުގެ ނަންބަރު : | J-274075 | 
| ބޭނުންވާ އަދަދު: | 01 ( އެކެއް ) | 
| މަޤާމުގެ ގިންތި: | ދާއިމީ | 
| މަޤާމުގެ ރޭންކް: | އެމް.އެސް 1 | 
| މަޤާމުގެ ކްލެސިފިކޭޝަން: | ޓެކްނިކަލް އޮފިސަރ ގްރޭޑް 1 | 
| މަޤާމް އޮތް އޮފީސް: | ދިޔަމިގިލީ ސްކޫލް / ތ.ދިޔަމިގިލި | 
| ވަޒީފާ އަދާކުރަން ޖެހޭ ތަން: | ދިޔަމިގިލީ ސްކޫލް / ތ.ދިޔަމިގިލި | 
| މުސާރަ: | 5610.00 ރުފިޔާ ( ފަސްހާސް ހަސަތޭކަ ދިހަ ރުފިޔާ ) | 
| ސަރވިސްއެލަވަންސް : | 2000.00 ރުފިޔާ ( ދެހާސް ރުފިޔާ ) | 
| ސަޕޯޓިންގކޯއެލަވަންސް : | 700.00 ރުފިޔާ ( ހަތްސަތޭކަ ރުފިޔާ ) | 
އިތުރު ޢިނާޔަތްތައް:
| 
 
 
 | 
| މަޤާމުގުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް | 1- މިނިސްޓްރީ އޮފް އެޑިއުކޭޝަނުގެ ޕޮލިސީތަކާއި އުސޫލުތަކާއި ގަވާއިދުތަކަށް ރިއާޔަތްކޮށް ސްކޫލުން ތައްޔާރުކޮށްފައިވާ ސްކޫލުގެ "ޗައިލްޑު ޕްރޮޓެކުޝަން ޕޮލިސީ" ނުވަތަ ސްކޫލުގެ ދަރިވަރުންގެ ރައްކާތެރިކަމަށް ތައްޔާރުކޮށްފައިވާ އުސޫލުތައް ސްކޫލުގެ ވެރިންގެ ލަފަޔާއި މަޝްވަރާގެމަތިން ތަންފީޒުކުރުން. 2- ކައުންސެލިންގ ބޭނުންވާ ދަރިވަރުން ފާހަގަކޮށް، އެދަރިވަރުންނަށް ކައުންސެލިންގ ދެވޭނެ އިންތިޒާމު ހަމަޖައްސައި، އެ ދަރިވަރުންގެ ފޮލޯއަޕް ހެދުމާއި އެދަރިވަރުންގެ ރިކޯޑު ބެލެހެއްޓުމާއި އެދަރިވަރުންގެ ޓީޗަރުންނާ ގުޅިގެން މަސައްކަތްކުރުން. 3- ޓީޗަރުންނަށް ސްޓްރެސް މަނޭޖްމެންޓާއި ނަފުސާނީ ދުޅަހެޔޮކަމާއި އަދި ދަރިވަރުންގެ ރައްކާތެރިކަމާއި ގުޅުންހުރި ޕްރޮގުރާމްތައް ސްކޫލުގެ މެނޭޖްމެންޓާއި މަޝްވަރާކޮށްގެން ކަމާބެހޭ ފަރާތްތަކާ ގުޅިގެން ރާވައި ހިންގުމާއި ނަފުސާނީ ދުޅަހެޔޮކަން ދެމެހެއްޓުމަށް ބޭނުންވާ މަޢުލޫމާތު ދަރިވަރުންނާއި ބެލެނިވެރިންނަށް ފޯރުކޮށްދެވޭނެ އިންތިޒާމް ހަމަޖެއްސުން. 5- ދަރިވަރަކަށް ނުވަތަ ދަރިވަރުންތަކަކަށް އަނިޔާ / އިހްމާލް ފާހަގަވެއްޖެނަމަ، ޝައްކުކުރެވޭނަމަ ނުވަތަ ރިޕޯޓުކޮށްފިނަމަ އެކަން ތަހުގީގުކުރުމަކާނުލައި "ޗައިލްޑް ޕްރޮޓެކްޝަން ޕޮލިސީ" ގައިވާ ގޮތުގެމަތިން ކަމާބެހޭ ފަރާތްތަކަށް އެންގުން. 6- ސްކޫލް ކައުންސެލަރަށް ރިފަރކުރާ ދަރިވަރުންނަށް ވަކިވަކިން ނުވަތަ ގްރޫޕް ސެޝަންސް ނަގައި ދިނުމާއި، ބޭނުން ވެއްޖެ ހާލަތެއްގައި ދަރިވަރުންގެ އިންޑިވިޑުއަލް އެޑިއުކޭޝަން ޕްލޭން ހެދުމަށް އެހީތެރިވެދިނުން. 7- ސްކޫލްގައި ތަޢުލީމް ޙާސިލް ކުރަމުންދާ "ވަލްނަރަބަލް" ދަރިވަރުންގެ ހާލަތު ވަޒަންކޮށް އެފަދަ ކުދިންނަށް އެހީތެރިވެދޭނެ އިންތިޒާމެއް ކްލާސްޓީޗަރާއި ސްކޫލުގެ ވެރިންގެ މަޝްވަރާއާއެކު ހަމަޖައްސައި އެފަދަ ދަރިވަރުންގެ މަޢުލޫމާތު ބެލެހެއްޓުން. 8- ސްކޫލުތަކުގެ ކައުންސެލަރުންނާއެކު ބައްވާ ކޭސް މެނޭޖްމެންޓް، ޕްރޮފެޝަނަލް ޑިވެލްޕްމެންޓް އަދި ސްޕަވިޒަން ސެޝަންތަކާއި ފޯނުކޮންފަރެންސްތަކުގައި މިނިސްޓްރީން ކަނޑައަޅާ އުސޫލެއްގެމަތިން ބައިވެރިވެ، ސްކޫލުގެ ކޭސްތައް ދަރިވަރުންގެ ސިއްރުހިފެހެއްޓޭގޮތަށް ހިއްސާކުރުން. 9- ކައުންސެލިންގ ހިދުމަތަށް އަންނަ ދަރިވަރުންގެ ލިޔެކިޔުންތައް ބެލެހެއްޓުމާއި، ކޭސްތަކުގެ ރަޖިސްޓްރީހަދައި ބެލެހެއްޓުމާއި، ކޭސް ފައިލްސް ހެދުމާއި، ސެޝަންތައް ކުރިއަށްދާނެގޮތުގެ ސެޝަން ޕްލޭން ހެދުމާއި ކޮންމެ ސެޝަނެއް ފުރިހަމަކުރުމަށްފަހު ސެޝަން ނޯޓްސް ލިޔެ ފައިލްކުރުން 10- މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ތައްޔާރުކޮށްފައިވާ ބަރާބަރު ސްކޫލް އިންޑިކޭޓަރސްގައި ހިމެނޭ ހެލްތް އެންޑް ސޭފްޓީ ޑައިމެންޝަން ސްކޫލްގައި ފުރިހަމަކުރުމަށް ސްކޫލްގެ ވެރިންނާ ގުޅިގެން މަސައްކަތްކުރުމާއި ދަރިވަރުންގެ ރައްކާތެރިކަމަށް ބެލެނިވެރިންނާއި ޓީޗަރުން ގުޅިގެން މަސައްކަތްކުރުން 11- ދަރިވަރުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި ދަރިވަރުންގެ ނަފްސާނީ ދުޅަހެޔޮކަން ތަރައްޤީކުރުމަށް ސްކޫލްގެ ވެރިންނާ މަޝްވަރާކޮށްގެން ސްކޫލް ފެންވަރުގައި ދަރިވަރުންނާއި ބެލެނިވެރިންނަށް ޕްރޮގްރާމްތައް ރާވައި ހިންގައި ބެލެހެއްޓުމާއި ސްކޫލްގެ މާހައުލަކީ ދަރިވަރުންނަށާއި ސްކޫލްގެ މުއައްޒަފުންނަށް ނަފްސާނީގޮތުން ރައްކާތެރި މާހައުލެއްކަން ކަށަވަރުކުރަން ސްކޫލްގެ ވެރިންނާއި ގުޅިގެން މަސައްކަތްކުރުން 12- ދަރިވަރުންގެ އަޚްލާޤާއި ނަފްސާނީ މައްސަލަތަކާއި ގުޅޭގޮތުން ބެލެނިވެރިންނާއި މަޝްވަރާ ކުރަންޖެހޭ ހާލަތްތަކުގައި މަޝްވަރާ ކުރުން. 13- ދަރިވަރުންނާއި ބެލެނިވެރިން އަދި މުދައްރިސުން މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ސިޔާސަތުތަކަށް އަދި ދާއިރާގެ އައު ހޯދުންތަކަށް އަހުލުވެރިކުރުވުން. 14- ދަރިވަރެއްގެ ނުވަތަ ދަރިވަރުންތަކެއް މައްސަލައެއްގައި ކައުންސެލަރ ދިވެހި ފުލުހުންގެ އިދާރާއަށް ނުވަތަ ޝަރުއީ ކޯޓަކަށް ޖަވާބުދާރީވަން ޖެހިއްޖެ ހާލަތެއްގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ލީގަލް އޮފިސަރުގެ ފަންނީލަފަޔާއި އެއްގޮތަށް އަމަލުކުރުން 15- ކޮންމެ އަހަރަކު ސްކޫލުން ދަރިވަރުންގެ ރައްކާތެރިކަމަށާއި ނަފްސާނީ ދުޅަހެއުކަމަށް ތާވަލުކޮށްގެން ހިންގާ ހަރަކާތްތަކުގެ ތާވަލު ކޮންމެ އަހަރެއްގެ ތައުލީމީ އަހަރު ފެށުމާއެކު މިނިސްޓްރީއަށް ހިއްސާކުރުމާއި، ކޮންމެ އަހަރަކު ސްކޫލުން ހިންގާ މިފަދަ ހަރަކާތްތަކާއި ޕްރޮގްރާމްތަކުގެ ރިޕޯޓް ތައްޔާރުކޮށް 10 ޑިސެމްބަރުގެ ކުރިން މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ސްކޫލް ހެލްތް އެންޑް ސޭފްޓީ ސެކްޝަނަށް ފޮނުވުން. 16- ސްކޫލްގެ ފަރާތުން ފާހަގަކުރާ ދުވަސްތަކާއި، ހަފުލާތަށް މަޤާމްގެ މަސްއޫލިއްޔަތާ ގުޅޭގޮތުން ސްކޫލުން އެދިއްޖެ ކޮންމެ ވަގުތަކު އެއްބާރުލުމާއި އެހީތެރިކަން ދިނުން | 
| 
 މަޤާމުގެ ޝަރުތުތައް : މަޤާމްގެ މަސައްކަތާ ގުޅޭ ތައުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައިވުން. 
 | 
| ގުޅޭ ވަޒީފާގެ ދާއިރާތައް : 1- ކައުންސެލިންގ | 
| ތައުލީމީ ރޮނގުތައް : 1- ކައުންސެލިންގ 2- ސައިކޮލޮޖީ | 
| ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: | 
 | 
| ހުށަހަޅަންޖެހޭ ލިޔުންތައް: | 
 (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވެލް ކަނޑައަޅާފައިވާ ،ރާއްޖެއިން ބޭރުގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމު ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ ؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއިއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި ޤަބޫލުކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ . (ށ) މަތީ ތައުލީމުދޭ ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ. 6- ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރުމުއްދަތުގެ ކޯސްތަކާއި ތަމްރީން ސެޓްފިކެޓް ތަކުގެ ކޮޕީ 7- ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިހާން ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ ، އެ ސެޓްފިކެޓްގެ ކޮޕީ 8- މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ: (ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި ، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ،އަދާކޮށްފައިވާ ވަޒީފާ ، ވަޒީފާ އަދާކުރި މުއްދަތާއި ، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެއޮފީހުން ދޫކޮށްފައިވާ ލިޔުން ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރިފަރެންސް ޗެކް ފޯމް . 
 | 
| މަޤާމަށް އެދެންވީގޮތާއި ސުންގަޑި: | ވަޒީފާއަށް އެދޭ ފޯމު މި ސްކޫލްގެ އޮފީސް ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.mv ގެ ވެބްސައިޓުން މި ފޯމް ޑައުންލޯޑްވެސް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 08 އޮގަސްޓް 2019 ވާ ބުރާސްފަތި ދުވަހުގެ 12.00 ގެ ކުރިން ދިޔަމިގިލީ ސްކޫލަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ، [email protected] އެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށްއެދޭ ފޯމް ބަލައިގަނެވޭނެއެވެ. | 
| އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު: | މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، އިޢުލާނަށް މުއްދަތު ހަމަވާތާ ރަސްމީ 10 ދުވަސްތެރޭގައި ދިޔަމިގިލީ ސްކޫލް ގައެވެ. ވުމާއެކު، މި މި މަގާމަށް ކުރިމަތިލާ ފަރާތްތަކުން، އެ މުއްދަތުގައި އިންޓަވިޔުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ. | 
| ޝޯޓް ލިސްޓްކުރުން: | މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ. | 
| އިތުރު މަޢުލޫމާތު ހޯދުން: | މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6780569 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ. | 
| 27 ޒުލްޤައިދާ 1440 30 ޖުލައި 2019 | |
 
                    