ދިވެހިރާއްޖެ
`
ފުވައްމުލަކު ސްކޫލް
ފުވައްމުލައް، ދިވެހިރާއްޖެ
ނަންބަރ: GS-44IUL/2019/21
| 
 އިޢުލާނު  | 
| 
 މަޤާމް:  | 
 އެޑްމިނިސްޓްރޭޓިވް އޮފިސަރ  | 
| 
 މަޤާމުގެ ނަންބަރު:  | 
 J-280228  | 
| 
 ބޭނުންވާ އަދަދު:  | 
 01 ( އެކެއް )  | 
| 
 މަޤާމުގެ ގިންތި:  | 
 ދާއިމީ  | 
| 
 މަޤާމުގެ ރޭންކް:  | 
 ޖީއެސް 4  | 
| 
 މަޤާމުގެ ކްލެސިފިކޭޝަން:  | 
 އޮފިސަރ ގްރޭޑް 2  | 
| 
 ވަޒީފާ އަދާކުރަން ޖެހޭ ތަން:  | 
 ފުވައްމުލަކު ސްކޫލް / ޏ. ފުވައްމުލައް  | 
| 
 މުސާރަ:  | 
 -/5020 ރ  | 
| 
 ސަރވިސް އެލެވަންސް:  | 
 -/1500 ރ  | 
| 
 އެހެނިހެން އެލަވަންސް:  | 
 1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް. 2. ދިވެހިރާއްޖެގެ ޕެންޝަނާބެހޭ ޤާނޫންގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން. 3- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ. 4. ސަޕޯޓިންގ ކޯ އެލަވަންސް: -/700ރ 
  | 
| 
 މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: 
 
 
 
 
 
 
 
  | 
 1. މުވައްޒަފުންގެ މަޢުލޫމާތު ފައިލް (ޕާސަނަލް ފައިލް) ބެލެހެއްޓުން 2. މުވައްޒަފުންގެ ޙާޟިރީ ބެލެހެއްޓުން: 3. ސްކޫލްގެ މެއިން ސްޓޮކް ބެލެހެއްޓުން 4. މުވައްޒަފުންގެ އެޕްރައިޒަލް ތައްޔާރުކުރުން. 5. މުސާރައާއި ޚަރަދާއިގުޅޭ ރިޕޯޓްތައް ތައްޔާރުކޮށް ބެލެހެއްޓުން 
 
 6 6. ސްކޫލަށް ބިޑުކުރާގޮތަށް ކުރަންޖެހޭ މަސައްކަތާއި ހޯދަންޖެހޭ ތަކެތި ހޯދުން 7. ބިލްތަކުގެ ވައުޗަރ ހެދުމާއި ފައިލްކުރުން 8. ބަޖެޓް އެކައުންޓް ބެލެހެއްޓުން 9. މުވައްޒަފުންގެ ވަޒީފާބަޔާނާއި ވަޒީފާގެ އެއްބަސްވުން ތައްޔާރުކުރުން. 10. މަސްއޫލިއްޔަތު ފުރިހަމައަށް އަދާނުކުރެވޭ މުވައްޒަފުންނާއި މެދު ފިޔަވަޅުތައް އެޅުމުގައި އެހީތެރިވެ ދިނުމާއިއެކު ރެކޯޑުތައް ބެލެހެއްޓުން  | 
| 
 ގުޅޭ ވަޒީފާގެ ދާއިރާތައް:  | 
 
 އެޑްމިނިސްޓްރޭޝަން ް  | 
| 
 ތަޢުލީމީ ރޮނގުތައް:  | 
 - ބިޒްނަސް އެޑްމިނިސްޓްރޭޝަން - ބިޒްނަސް މެނޭޖްމެންޓް - ޕަބްލިކް އެޑްމިނިސްޓްރޭޝަން  | 
| 
 މަޤާމުގެ ޝަރުޠުތައް:  | 
 ނުވަތަ 
 ނުވަތަ 
  | 
| 
 ހުށަހަޅަންޖެހޭ ލިޔުންތައް:  | 
 4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން. 5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛ )ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވެލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ: ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި ޤަބޫލުކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ. (ށ) މަތީ ތަޢުލީމު ދޭ، ރާއްޖޭގެ މަރުކަޒުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ. 6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓްފިކެޓްތަކުގެ ކޮޕީ. 7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓްފިކެޓްގެ ކޮޕީ. 8. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ: (ހ) ދަޢުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި، ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ / ޖަމާޢަތެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެއަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.  | 
| 
 ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:  | 
 - ޙާސިލްކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން - މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން - ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން 
  | 
| 
 މަޤާމަށް އެދެންވީގޮތާއި ސުނ ްގަޑި:  | 
 މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 05 އޯގަސްޓް 2019 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން، ފުވައްމުލަކު ސްކޫލަށެވެެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށް ބަލައިގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ، admin@fuvahmulakuschool.edu.mv އެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭފޯމު ބަލައިގަނެވޭނެއެވެ.  | 
| 
 އިންޓަވިއު:އޮންނާނެ ތަނާއި، މުއްދަތު: 
  | 
 މި މަގާމަށް މީހަކު ހޮވުމަށް އިންޓަރވިއުކުރުން އޮންނާނީ 2019 އޯގަސްޓް 06 އާއި 20 އާއި ދެމެދު ފުވައްމުލަކު ސްކޫލްގައެވެެ. ވުމާއެކު ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، މަތީގައިވާ ތާރީޚްތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިއްބެވުން އެދެމެވެ.  | 
| 
 ޝޯޓް ލިސްޓްކުރުން: 
  | 
 މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.  | 
މިއިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށްގުޅާނީ 6860002 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ admin@fuvahmulakuschool.edu.mv އަށެވެ.
21 ޛުލްޤަޢިދާ 1440
24 ޖުލައި 2019
