ދިވެހިރާއްޖެ
އަންދާސީ ހިސާބު ހުށަހެޅުއްވުމުގެ ދަޢުވަތު
ސައުތް އަރި މެރިން ޕާކް ސަރަހައްދުގައި ބޭނުން ކުރުމަށް ލޯންޗެއް ކުއްޔަށް ހިފުމަށް
ސައުތް އަރި މެރިން ޕާކް ސަރަހައްދުގައި (އަރިއަތޮޅު ދެކުނުބުރީ ގެ ރަންގަލި ފަރުގެ ހުޅަނގު އުތުރުކަނުން ފެށިގެން ދިގުރަށުގެ ފަރުގެ އުތުރުކަނާ ދޭތެރޭގައިވާ ރަށްތަކުގެ ފަރު ބޭރު ތޮށިން ފެށިގެން 1 ކިލޯމީޓަރ ފުޅާ ސަރަހައްދުގައި) 02 މަސް ދުވަހުގެ މުއްދަތަށް ބޭނުން ކުރުމަށް 06 މީހުންގެ ޖާގައިގެ ލޯންޗެއް ކުއްޔަށް ހިފުމަށްބޭނުންވެއެވެ.
މި އުޅަދު ކުއްޔަށް ހިފުމަށް ބޭނުންވަނީ، ތެލާއި ފަޅުވެރިން ކުއްޔަށް ދޫކުރާފަރާތުގެ އަމިއްލަ ހަރަދުގައި ފޯރުކޮށްދޭގޮތަށެވެ. އަދި އަގު ހުށަހަޅުއްވާއިރު ގަޑިއިރަކަށްވާ އަގު ހުށަހެޅުއްވުންއެދެމުން، މިމަސައްކަތަށް އަގު ހުށަހެޅުމުގެ ދަޢުވަތު ހުޅުވާލަމެވެ.
މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު އޮޅުން ފިލުވުމަށް ބޭނުން ވެއްޖެނަމަ ލިޔުމުން މި މިނިސްޓްރީއަށް ހުށަހެޅުއްވުން އެދެމެވެ.
އިތުރު މަޢުލޫމާތު ސާފުކުރުން
މި ޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ، އީ-މެއިލް ކުރައްވާނީ 31 ޖުލައި 2019 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން، ތިރީގައިވާ އީ-މެއިލް އެޑްރެހަށެވެ.
ބީލަން ވެލިޑިޓީ އަދި ބީލަން ހުޅުވުން
ބީލަން ހުޅުވުމަށް ހަމަޖެހިފައިވަނީ 01 އޯގަސްޓް 2019 ވާ ބުރާސްފަތި ދުވަހުގެ 12:00ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްގައި މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ބީލަން ހުށަހަޅާފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ. ބީލަމުގެ މުއްދަތަކީ ބިޑް ހުށަހަޅާ ތާރީޚުން ފެށިގެން 03 މަސް ދުވަސް ކަމުގައިވާންވާނެއެވެ.
އަންދާސީ ހިސާބު ހުށަހަޅުއްވަން ވާނީ ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސް ކޮށްފައެވެ.
ޕްރޮކިޔުމަންޓް ޔުނިޓް،
މިނިސްޓްރީ އޮފް އެންވަޔަރަމަންޓް،
ހަނދުވަރީ ހިނގުން، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ.
އީމެއިލް: [email protected]
ވެބްސައިޓް: www.environment.gov.mv
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްގެ ބެލުމުގެދަށުގައިވާ ސައުތް އަރި މެރިން ޕްރޮޓެކްޓެޑް އޭރިއާގައި ބޭނުން ކުރުމަށް ލޯންޗެއް ކުއްޔަށް ހިފުމަށްއިޢުލާނު ނަންބަރު: IUL)438/1/2019/36)
ނޯޓް:
މަޢުލޫމާތު ފުރިހަމަނޫން ބިޑުތައް ބާތިލުކުރުމުގެ ފުރިހަމަ އިޚްތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް ލިބިގެންވެއެވެ. އަދި ބިޑު ކޮންމެ ވަގުތެއްގައިވެސް ބާތިލުކުރުމުގެ އިޚްތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްއަށް ލިބިގެންވެއެވެ.