ދިވެހިރާއްޖެ
ނަންބަރު:FNK-I/IUL/2019/130
އިޢުލާން
މީޓަރ ޓެސްޓް ބެންޗެއް ގަތުމާއި ގުޅޭ:
މިކުންފުނިން ދޭ މަޢުލޫމާތާއި، އެއްްގޮތަށް ސިންގަލް އަދި ތްރީފޭސް ކޭ.ޑަބްލިއު.އެޗް ގެ މީޓަރ ޓެސްޓް ބެންޗެއް ގަންނަން ކުރެވިފައިވާ ނަންބަރFNK-I/IUL/2019/061 އިޢުލާންއާއި ގުޅިގެން ހުށަހަޅާފައިވާ އަންދާސީ ހިސާބުތައް އެކަށިގެންވާ ވަރަށްވުރެ އަގުބޮޑުކަމަށް ފެންނާތީ އެއިޢުލާން ބާޠިލްކޮށް އަލުން މި ފުރުޞަތު ހުޅުވާލަމެވެ.
މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 25 ޖުލައި 2019 ވާ ބުރާސްފަތި ދުވަހުގެ 12:30 އަށް މި ކުންފުނީގެ ހެޑް އޮފީސް (ޕޯޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލ އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 30 ޖުލައި 2019 ވާ ބުދަ ދުވަހުގެ 12:00 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހަޅާނީ މި ކުންފުނީގެ ހެޑް އޮފީސް (ޕޯރޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ) އަށެވެ.
މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި މި އިޢުލާނާއި ގުޅިގެން ދޫކުރެވޭ މަޢުލޫމާތު ކަރުދާހުގައި ހުށަހެޅުމަށް ބަޔާންކޮށްފައިވާ ލިޔުންތައް ހުށަނާޅާ އަންދާސީ ހިސާބުތައް، އަންދާސީ ހިސާބު ބަލައިގަންނަ ގަޑީގައި ރިޖެކްޓްކުރެވޭނެ ވާހަކަ ދަންނަވަމެވެ. އަދި ބިޑް ކޮންމެ ވަގުތެއްގައި ބާތިލް ކުރުމުގެ ފުރިހަމަ އިޙްތިޔާރު މި ކުންފުންޏަށް ލިބިގެންވެއެެވެ.
19 ޛުލްޤައިދާ 1440
22 ޖުލައި 2019
