ދިވެހިރާއްޖެ
ޤައުމީ ދާރުލްއާސާރުގެ އިމާރާތުގައި މިހާރު ބޭނުންކުރާ ލިފްޓް 1 އަހަރު ދުވަހުގެ މުއްދަތަށް ކޮންޓްރެކްޓް އުޞޫލުން ސަރވިސްކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރު (IUL)222-AH/INDIV/2019/37(23 ޖޫން 2019) އިޢުލާނަށް އަންދާސީ ހިސާބު ހުށަހެޅުމަށް ބޭފުޅުން ހާޒިރުވެފައިނުވާތީވެ އެއިޢުލާން ބާތިލްކޮށް އެމަސައްކަތް ކުރާނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާންކުރަމެވެ.
ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް މިފުރުޞަތު ހުޅުވާލަމެވެ.
| 
 | ތަން | ދުވަސް | ތާރީޚް | ގަޑި | 
| މަޢުލޫމާތު ސާފުކުރުން | ޑިޕާޓްމަންޓް އޮފް ހެރިޓޭޖް | ބުރާސްފަތި | 25 ޖުލައި 2019 | 10:00 | 
| އަންދާސީހިސާބު ހުށަހެޅުން | ޑިޕާޓްމަންޓް އޮފް ހެރިޓޭޖް | ބުރާސްފަތި | 01 އޯގަސްޓް 2019 | 10:00 | 
މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީހިސާބު ހުށަހަޅުއްވަން ގަޑިއަށް ޙާޟިރު ނުވާ ފަރާތްތަކަށް ބިޑްގައި ބައިވެރި ނުވެވޭނޭ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
 
                    