މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް
ދިވެހިރާއްޖެ
މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓްގެ ބޭނުމަށް ފަޔަރ ފައިޓިންގ އިކްއިޕްމެންޓް ގަތުމަށް

ސާފު ރާއްޖެ - މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓް

ގްރާންޓް ނަމްބަރ: D199-MV

 

މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓްގެބޭނުމަށް ފަޔަރ ފައިޓިންގ އިކްއިޕްމެންޓް ގަތުމަށް

 

ނަމްބަރު: (IUL)438-MCEP/438/2019/172                                         ތާރީޚް: 7 ޖުލައި 2019

 

ސަރަޙައްދީ ފެންވަރުގައި ކުނިމެނޭޖްކުރުމުގެ ނިޒާމެއް ޤާއިމުކުރުމަށް ވާރލްޑް ބޭންކްގެ ހިލޭ އެހީގައި ކުރިއަށްގެންދާ "ސާފު ރާއްޖެ މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓް" (އެމް.ސީ.އީ.ޕީ) ގެ ބޭނުމަށް ތިރީގައި ދެންނެވިފައިވާ ތަކެތި ގަންނަން ބޭނުންވެއެވެ. ވީމާ،މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުޠުހަމަވާ ފަރާތްތަކަށް ހުޅުވާލަމެވެ.

 

Item No.

Description of Goods

Qty

Unit

Final Destination

01

Portable Fire Pump

02

Nos.

R. Vandhoo , Maldives

02

 

Suction Hose

02

Nos.

03

 

Basket Strainer

02

Nos.

04

 

Metal Strainer

02

Nos.

05

 

Suction Rope

02

Nos.

06

 

Suction Wrench

04

Nos.

07

 

Fire Hose – 2.5”

10

Nos.

08

 

Fire Hose – 1.5”

04

Nos.

09

 

Fire Fighting Branch

04

Nos.

10

 

Dividing Breeching

02

Nos.

 

ބީލަން ހުށަހެޅުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްގައި ރެޖިސްޓަރ ކުރަންވާނެއެވެ. ރެޖިސްޓްރޭޝަން ކުރިއަށް ދާނީ ގެޒެޓް ކުރެވޭ ދުވަހުން ފެށިގެން 14 ޖުލައި 2019 އަށް، ސަރުކާރު ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 9:00 ން މެންދުރުފަހު 13:00 އާއި ދެމެދު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްގެ ރިސެޕްޝަންގައެވެ. އަދި މިމުއްދަތު ތެރޭގައި އިޢުލާނު ނަންބަރާއި، ޕްރޮޖެކްޓް ނަން، ގުޅޭނެ ނަންބަރު ބަޔާންކޮށް މި އިޢުލާނުގައި ބަޔާންކޮށްފައިވާ އީ-މެއިލް މެދުވެރިކޮށް ރެޖިސްޓަރ ކުރެވިދާނެއެވެ. ބީލަން ހުށަހެޅުމަށް ރެޖިސްޓަރ ނުކުރާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ.

މަސައްކަތާއި ބެހޭގޮތުން މަޢުލޫމާތު ސާފުކުރުމަށް ހަމަޖެހިފައިވަނީ ގެޒެޓް ކުރާ ތާރީޙުން ފެށިގެން އިން 14 ޖުލައި 2019 އާއި ދެމެދު މިނިސްޓްރީގެ އީމެއިލް އެޑްރެސް ކަމަށްވާ  [email protected]އަށް އީމެއިލް ކުރައްވައިގެންނެވެ. މިމުއްދަތުގެ ފަހުން ކުރެވޭ ސުވާލުތަކަށް ޖަވާބެއް ނުދެވޭނެއެވެ.

 

މި ޕްރޮޖެކްޓްގެ ބިޑް ސެކިޔުރިޓީގެ ގޮތުގައި 4000.00 (ހަތަރު ހާސް) ދިވެހި ރުފިޔާގެ ބިޑް ސެކިޔުރިޓީއެއް ހުށަހަޅުއްވަންވާނެއެވެ. ހުށަހަޅަން ޖެހޭނެއެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުންފެށިގެން 148 ދުވަހެވެ.

ބީލަން ހުޅުވުން އޮންނާނީ 21 ޖުލައި 2019 ވާ އާދީއްތަ ދުވަހުގެ 13:00 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްގެ ޖަލްސާކުރާ މާލަމުގައެވެ.ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ.

މި މަސައްކަތުގެ ބީލަން ފޮތް އިއުލާން ޝާއިޢު ކުރެވޭ ދުވަހުން ފެށިގެން ނެޝަނަލް ގެޒެޓުން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި މަސައްކަތުގެ ޓެކްނިކަލް ސްޕެސިފިކޭޝަން ބީލަން ފޮތުގައި ހިމަނާފައިވާނެއެވެ.

އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ޕްރޮޖެކްޓް މެނޭޖަރ

މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓް

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް

ހަނދުވަރީ ހިނގުން، މާފަންނު

މާލެ، ދިވެހިރާއްޖެ.

ގުޅޭނެ ނަންބަރު: 3018451

އީމެއިލް:  [email protected]

 

 

 

07 ޖުލައި 2019
ހޯދާ