މާޅޮސްމަޑުލު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސެކިއުރިޓީ ކެމެރާ ސިސްޓަމެއް ހޯދުމާބެހޭ

އިޢުލާން

 

ސެކިއުރިޓީ ކެމެރާ ސިސްޓަމެއް ހޯދުމާބެހޭ

 

މިކައުންސިލު އިމާރާތްތަކުގެ ސެކިއުރިޓީ ބެލެހެއްޓުމަށްޓަކައި ކެމެރާ ސިސްޓަމަކާއި އަދި އެކަމަށް ބޭނުންވާ ބައެއް އިކުއިޕްމަންޓްސް ހޯދުމަށް ކުރެވުނު މިއިދާރާގެ ނަންބަރު: (IUL)230-AHI/230/2019/12 ( 23 ޖޫން 2019 )  އިޢުލާނާއިގުޅިގެން މަޢުލޫމާތު ސާފުކުރަން ވަޑައިގެންނެވި އެންމެ ދެފަރާތުންކަމުގައިވާތީ، އެއިޢުލާން ބާޠިލްކޮށް އަލުން އެކަމަށް އެދި ފުރުޞަތު ހުޅުވާލައިފީމެވެ.

މިކައުންސިލު އިމާރާތްތަކުގެ ސެކިއުރިޓީ ބެލެހެއްޓުމަށްޓަކައި ކެމެރާ ސިސްޓަމަކާއި އަދި އެކަމަށް ބޭނުންވާ ބައެއް އިކުއިޕްމަންޓްސް ހޯދަން ބޭނުންވެއެވެ. ވީމާ، މިތަކެތި މިއިދާރާއަށް ސަޕްލައި ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 08 ޖުލައި 2019 ވާ ހޯމަ ދުވަހު 11:00 އަށް މިއިދާރާއަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު، 15 ޖުލައި 2019 ވާ ހޯމަ ދުވަހު 11.00 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމަށް ވަޑައިގަންނަވާއިރު ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނުވަތަ އެމީހަކީ ކާކުކަން އަންގައިދޭ، ފޮޓޯޖެހި ރަސްމީ ލިޔުމެއް ހިއްޕަވައިގެން ވަޑައިގެންނެވުން އެދެމެވެ. ކުންފުންޏަކުން ނުވަތަ ވިޔަފާރިކުރާތަނަކުންނަމަ އެމީހަކީ އެކުންފުނިން ނުވަތަ އެވިޔަފާރިކުރާ ފަރާތުން ފޮނުވާ މީހެއްކަން އަންގައިދޭ ލިޔުމެއް ހުށަހަޅަންވާނެއެވެ. ކުންފުނި ނުވަތަ ވިޔަފާރިކުރާތަންތަނުގެ ވެރިފަރާތުން މައުލޫމާތު ސާފުކުރަން ވަޑައިގަންނަވާއިރު ވެރިފަރާތްކަން ކަށަވަރުކޮށްދޭ ލިޔުންވެސް ހުށަހަޅަންވާނެއެވެ. އަދި އަމިއްލަ ފަރުދުންގެ ނަމުގައި ވަޑައިގަންނަވާ ފަރާތްތަކަށް މައުލޫމާތު ދިނުމަށް ހަމަޖެހިފައިނުވާ ވާހަކަ ދަންނަވަމެވެ. އަދި ފޯން ފެކްސް އަދި އީމެއިލްގެ ޒަރީޢާއިން މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިނުވާ ވާހަކަވެސް ދަންނަވަމެވެ.

އަންދާސީ ހިސާބު ހުށަހަޅުއްވާއިރު މަޢުލޫމާތު ސާފުކުރެއްވި ފަރާތުގެ ބަދަލުގައި މީހަކު ފޮނުވާނަމަ އެމީހަކީ އެފަރާތުން ފޮނުއްވާ މީހެއްކަން އަންގައިދޭ ލިޔުމެއް ހުށަހަޅަންވާނެއެވެ. މިފަދަ ލިޔުމެއްނެތި ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ އަންދާސީ ހިސާބުތަކާއި، އީމެއިލް އަދި ފެކްސްގެ ޒަރީޢާއިން ފޮނުވާ އަންދާސީ ހިސާބުތައްވެސް ބަލައި ނުގަނެވޭނެކަމަށާއި، އަދި މަޢުލޫމާތު ސާފުކުރަންވަޑައިނުގަންނަވާ ފަރާތްތަކުންނާއި، މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތައް ބާޠިލްވާނެވާހަކަވެސް މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

            28 ޝައްވާލު  1440

            01  ޖުލައި   2019

01 ޖުލައި 2019
ހޯދާ