ދިވެހިރާއްޖެ
އިއުލާން
- އަންދާސީ ހިސާބު ބޭނުންވެއްޖެ.
 
ކ.ގުރައިދޫ ނަރުދަމާ ނިޒާމުގައި ބޭނުންކުރާ ވެހިކަލް (ގަލީ ބައުޒަރ ޓްރަކް) ގެ އިންޖީނު މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދަން ކުރެވުނު ނަމްބަރ: (IUL)338-MS/338/2018/25 އިއުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން މައުލޫމާތު ސާފުކޮށްފައި ނުވާތީ، އެއިއުލާން ބާތިލްކޮށް އަލުން އެމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ހުޅުވާލަމެވެ.
ވީމާ މިމަސައްކަތް ކުރުމަށް ޝައުގުވެރިވާ ފާރާތްތަކުން ތިރީގައިވާ ތާރީހްތަކަށް ސަމާލުވުމަށް ދަންނަވަމެވެ.
| 
 
  | 
 ތަން  | 
 ތާރީހް  | 
 ދުވަސް  | 
 ގަޑި  | 
| 
 މައުލޫމާތު ސާފްކުރުން  | 
 ކ.ގުރައިދޫ ކައުންސިލް އިދާރާ  | 
 23 ޖޫން 2019  | 
 އާދީއްތަ  | 
 11:00  | 
| 
 އަންދާސީ ހިސާބް ހުށައެޅުން  | 
 ކ.ގުރައިދޫ ކައުންސިލްގެ އިދާރާ  | 
 27 ޖޫން 2019  | 
 ބުރާސްފަތި  | 
 11:00  | 
މައުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބު ބާތިލްވާނެވާހަކަ ދަންނަވަމެވެ. އަދި މައުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އެސްޓިމޭޓް ހުށައެޅުމުގެ ފުރުޞަތު ދެވެންނެތްވާހަކަ ދަންނަވަމެވެ.
މިހެންވެ މިކަން އާންމުކޮށް އަންގާ އިއުލާން ކުރީމެވެ.
