ދިވެހިރާއްޖެ
| 
 އިޢުލާން  | 
| 
 ފަރެސްމާތޮޑާ ވޭސްޓްމެނޭޖްމަންޓް (ކުނިކޮށި) މުވައްޒަފުން ބޭނުންވެއްޖެ  | 
| 
 މަޤާމް  | 
 ޑްރައިވަރ  | 
|||||
| 
 ބޭނުންވާ ޢަދަދު  | 
 01  | 
|||||
| 
 މުސާރަ:  | 
 މަހަކު 4000.00 ރުފިޔާ  | 
|||||
| 
 ސަރިވސް އެލަވަންސް:  | 
 މަހަކު 1000.00 ރުފިޔާ  | 
|||||
| 
 ރިސްކް އެލަވަންސް:  | 
 ނުކުންނަ ކޮންމެ ދުވަހަކަށް 15.00 ރުފިޔާ (މަހަކު 450.00 ރުފިޔާ)  | 
|||||
| 
 މަސައްކަތަށް ނުކުންނަ ދުވަހަކަށް ދެވޭ އެލަވަންސް:  | 
 މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް 25 ރުފިޔާ ގެ ރޭޓުން ފައިސާ ދެވޭނެ  | 
|||||
| 
 އިތުރުގަޑި އާއި ބަންދު:  | 
 ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގައި މަސައްކަތް ކުރާނަމަ އިތުރުގަޑީގެ ފައިސާ  | 
|||||
| 
 
 މަޤާމުގެ ޝަރުތު: 
 
 
 
 
 
 
 
 
 
 
 މަޤާމްގެ މަސްއޫލިއްޔަތު: 
  | 
 
 1- މަޤާމަށް ބޭނުންވާ ތަމްރީނެއް/ ލައިސަންސް (4 ފޮރޮޅުލީ އެންގަމު އުޅަނދު C1 C2 ކެޓަގަރީ) ހުއްދައެއް/ ސަނަދެއް ހާސިލްކޮށްފައިވުން. ނުވަތަ 
 2- 4 ފުރޮޅިލީ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސެންސް ( C1 C2 ކެޓަގަރީ) ލިބިފައިވާ ފަރާތެއްކަމުގައި ވުމާއިއެކު ލިޔަންކިޔަން ދަތުމާއެކު،މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތު ކޮށްދިނުން. 
 1- ކަނޑައެޅިފައިވާ ގަޑީގައި ގޭގެއިން ކުނިކޮށްޓަށް ކުނިގެންދިޔުން 2- ކުނިކޮށްޓަށް ޖަމާކުރެވޭ ކުނިތައް ބައިކުރުމަށްފަހު ބަހައްޓަންޖެހޭ ތަނުގައި ބެހެއްޓުން 3- މެޝިނަރީ ބޭނުންކޮށްގެން ކުނިނައްތާލުމުގެ އެންމެހައި މަސައްކަތްތައް ސްޕަވައިޒް ކުރުން 4- އުޅަނދުފަހަރަށާއި ކުނިކޮއްޓަށް ބޭނުންކުރާ މެޝަނަރީޒްތައް ބެލެހެއްޓުން. 5- އުޅަނދުފަހަރަށާއި މެޝިނަރީތަކަށް ލިބޭ ގެއްލުންތައް ކައުންސިލްއަށް ރިޕޯރޓް ކުރުން 6- މަސައްކަތާއި ގުޅޭގޮތުން ކައުންސިލްގެ އިދާރާއިން ޙަވާލުކުރެވޭ އެންމެހައި މަސައްކަތް ކުރުން  | 
|||||
| 
 ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:  | 
  | 
|||||
| 
 މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއުއާއި، ޕްރެޒެންޓޭޝަން އަދި ޕްރެކްޓިކަލްސް އައި އިމްތިޙާން ކުރުން އޮންނާނެ ތާރީޚާއި ތަން:  | 
 މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު އޮންނާނީ ހުވަދުއަތޮޅު ދެކުނުބުރީ ފަރެސްމާތޮޑާ ކައުންސިލްގެ އިދާރާގައެވެ. އިންޓަރވިއުއަށް އަންނަންވީ ތާރީޚާއި ގަޑި މަސައްކަތު 10 ދުވަސް ކުރިން ލިޔުމުން އެންގޭނެއެވެ.  | 
|||||
| 
 
 ހުށަހަޅަންޖެހޭ ލިޔުންތައް:  | 
 01- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު ( ގުޅޭނެ ނަންބަރާއެކު ) 02- ވަޒީފާއަށް އެދި ސިޓީ 03- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އާއި އެއްގަމުދުއްވާ ލައިސަންސްގެ ކޮޕީ 04- މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ 05- އެހެންތަނެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އުޅެފައިވާ މުއްދަތު އެގޭގޮތަށް އެތަނެއްގެ ތައްގަނޑު ޖެހި ލިޔުން 
  | 
|||||
| 
 ސުންގަނޑި:  | 
 މިމަޤާމަށް އެދިލައްވާ ޝަރުޠު ފުރިހަމަވާ ފަރާތްތަކުން މަތީގައި ބަޔާން ކުރެވިފައިވާ ތަކެއްޗާއިއެކު ، 20 ޖޫން 2019 ވާ ބުރާސްފަތި ދުވަހު މެންދުރުފަހު 14:00 ގެ ކުރިން ގދ. ފަރެސްމާތޮޑާ ކައުންސިލްގެ އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.  | 
|||||
| 
 އިތުރު މަޢުލޫމާތު ހޯދެއްވުމަށް ގުޅުއްވާނީ މިއިދާރާގެ ނަންބަރު: 6840004 ފޯނާއެވެ.  | 
||||||
