ދިވެހިރާއްޖެ
އިޢުލާން
މޯލްޑިވްސް ޕޮލިޓެކްނިކްގައި ކެންޓީނެއް ހިންގުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ބޭނުން ވެއްޖެ
މޯލްޑިވްސް ޕޮލިޓެކްނިކްގައި ކެންޓީނެއް ހިންގުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ބޭނުން ވެގެން ކުރި ޢިއުލާން ނަންބަރު (IUL)213-AD/1/2019/33އާއި ގުޅިގެން އެކަށީގެންވާއަދަދެއްގެ ފަރާތްތަކުން
މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގެންފައިނުވާތީ، އެ ޢިއުލާން ބާޡިލްކޮށް އަލުން ޢިއުލާންކުރަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައިވާ ދުވަސް ތަކުގައި މޯލްޑިވްސް ޕޮލިޓެކްނިކްގެ އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
| 
 | ތާރީޚް | ދުވަސް | ވަގުތު | 
| މަޢުލޫމާތު ސާފުކުރުން | 12 ޖޫން | ބުދަ | މެންދުރު 11:00 | 
| އަންދާސީ ހިސާބު ހުށަހެޅުން | 20 ޖޫން | ބުރާސްފަތި | މެންދުރު 11:00 | 
މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުއްވުމުގެ ފުރުސަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ.
6 ޝައްވާލު 1440
9 ޖޫން 2019
 
                    