މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ
                    
ދިވެހިރާއްޖެ
            ދިވެހިރާއްޖެ
ޑޮކްޓަރީ ބޭސް ވިއްކުމުގެ ހުއްދައާ ގުޅޭ
                                މިހާރަކަށް އައިސް ޑޮކްޓަރީ ބޭސް ވިއްކުމަށް ނަގަންޖެހޭ ހުއްދަ ނުނަގާ ނުވަތަ ޑޮކްޓަރީ ބޭސް ވިއްކުމުގެ ހުއްދައިގެ މުއްދަތުހަމަވެ ބާޠިލުވުމަށްފަހުވެސް ހުއްދަ އައު ނުކުރައްވައި ފާރމަސީތަކުން ބޭސްވިއްކަމުން ގެންދާކަން ދަނީ ފާހަގަ ކުރެވުމުންނެވެ.
މީގެ އިތުރުން ރާއްޖެއަށް އެތެރެކޮށް ވިއްކުމަށް ހުއްދަކުރާ ބޭހުގެ ލިސްޓް (އެޕްރޫވްޑް ޑްރަގް ލިސްޓް) ގައި ނުހިމެނޭ ބޭސް ރާއްޖެއަށް އެތެރެކޮށް ވިއްކަމުން ގެންދާކަންވެސް ދަނީ ފާހަގަ ކުރެވެމުންނެވެ.
ވީމާ ފާރމަސީތައް ބަލައި ފާސްކުރުމުގައި މިފަދަ ކަންކަން ފާހަގަ ކުރެވިއްޖެނަމަ ގަވާއިދުން ފިޔަވަޅު އަޅަމުން ގެންދާނެކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
11 ރަބީޢުލްއާޚިރު 1435
             11 ފެބުރުވަރީ 2014
            
        
                    ހޯދާ  
                
                 
                    