ދިވެހިރާއްޖެ
| 
 މަޤާމު:  | 
 ފައިނޭންސް އޮފިސަރ  | 
| 
 މަޤާމުގެ ނަންބަރު:  | 
 J-280797  | 
| 
 ބޭނުންވާ އަދަދު:  | 
 1 (އެކެއް)  | 
| 
 މަޤާމުގެ ގިންތި:  | 
 ދާއިމީ  | 
| 
 މަޤާމުގެ ރޭންކް:  | 
 އެމް.އެސް.1  | 
| 
 މަޤާމުގެ ކްލެސިފިކޭޝަން:  | 
 ޓެކްނިކަލް އޮފިސަރ ގްރޭޑް 1  | 
| 
 ވަޒީފާ އަދާކުރަން ޖެހޭ ތަން:  | 
 މިލަދުންމަޑުލު ދެކުނުބުރީ މަގޫދޫ ކައުންސިލްގެ އިދާރާ  | 
| 
 މުސާރަ:  | 
 -/5610 ރުފިޔާ (މަހަކު)  | 
| 
 ސާވިސް އެލަވަންސް:  | 
 -/2000 ރުފިޔާ (މަހަކު)  | 
| 
 ސަޕޯޓިންގ ކޯ އެލަވަންސް:  | 
 -/700 ރުފިޔާ (މަހަކު)  | 
| 
 އެހެނިހެން އިނާޔަތްތައް:  | 
  | 
| 
 މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:  | 
 1- އޮފީހަށް ލިބޭފައިސާ ރަސީދުން ބަލައިގަނެ، ޤަވާއިދުން އެފައިސާ ދުވަހު ފޮތަށާއި ތިޖޫރިބާކީއަށް އަރުވައި ، ތިޖޫރީގައި ބެހެއްޓުމަށްފަހު އެންމެ ލަސްވެގެން މަހަކު އެއްފަހަރު ބޭންކަށް ފައިސާ ޖަމާކުރުން. 2- އިދާރާއަށް ސަރުކާރުން ދެއްވާ ބަޖެޓްގެ ފައިސާ އެކައުންޓަށް ޖަމާކުރުމާއި، އެފައިސާ ޤަވާޢިދުން ޚަރަދުކުރުމާއި، ފައިސާޖަމާކުރެވޭ ހުރިހާ އެކައުންޓްގެ ބާކީ ދުވަހުން ދުވަހަށް އަޕްޑޭޓްކުރުމާއި، ހުރިހާ އެކައުންޓުގެ އައިޓަމް ބާކީ ދުވަހުން ދުވަހަށް އަޕްޑޭޓްކޮށް ބެލެހެއްޓުން . 3- ކޮންމެ އަހަރަކު ކައުންސިލުން ހަދަންޖެހޭ ބަޖެޓް ހެދުމުގެ އެންމެހާ އިދާރީމަސައްކަތްކޮށް ބަޖެޓްނިންމައި، ހުށަހަޅަން ޖެހޭ ތާރީޚައް ހުށަހެޅުން. 4- ފައިސާއާއި ގުޅޭ ފޮތްތަކާއި، ލިޔެކިޔުންތައް ދުވަހުން ދުވަހަށް އަޕްޑޭޓްކޮށް ބެލެހެއްޓުން. 5- ފައިސާއާއި ބެހޭގޮތުން ހަދަންޖެހޭ އެންމެހާ ރިޕޯޓްތައް ހަދައި ފޮނުވަންޖެހޭ ފަރާތްތަކަށް ދުވަހުން ދުވަހަށް ފޮނުވުން. 6- މުވައްޒަފުންގެ މުސާރަ އާއި އެލަވަންސްތައް ދިނުމަށް ފިނޭންސް އިން ހޯދަންޖެހޭ ފައިސާގެ ވައުޗަރތަކާއި އޮފީހުގެ ޚަރަދުތަކަށް ބޭނުންވާ ފައިސާގެ ވައުޗަރތައް ހަދައި ފިނޭންސަށް ފޮނުވަންޖެހޭ މުއްދަތުގައި ފޮނުވުން. 7- މުވައްޒަފުންގެ މުސާރައާއި ދޭންޖެހޭ އެހެނިހެންވެސް އިނާޔަތްތައް ދިނުމަށް ކަނޑައެޅިފައިވާ މުއްދަތުގައި ބޭންކުން ފައިސާނަގާ ނުވަތަ މުވައްޒަފުންގެ އެކައުންޓްތަކަށް ޖަމާކޮށްގެން މުވައްޒަފުންނާ ހަވާލުކުރުން. 8- ކައުންސިލުން ފައިސާދައްކަންޖެހޭ ހުރިހާ ބިލްތަކަށް، އެކައުންޓުގައި ފައިސާހުރިނަމަ 5 ދުވަހުގެ ތެރޭގައި ފައިސާދެއްކުމާއި، އަދި އެކައުންޓްގައި ފައިސާ ނެއްނަމަ އެފައިސާ ޖަމާކުރުމަށްފަހު 1 މަސް ވުމުގެ ކުރީން ފައިސާ ދެއްކުން. 9- ފިޠުރުޒަކާތާއި، މުދަލުޒަކާތުގެ އެންމެހާ ކަންކަން ބެލެހެއްޓުމާއި އެކަމާއި ގުޅިގެން ހަދަންޖެހޭ ރިޕޯޓްތައް ހެދުމާއި ފޮނުވަން ޖެހޭ ފަރާތްތަކަށް ފޮނުވައި ފައިލްކުރުން. 10-ފައިސާއާއި ބެހޭ އެންމެހާ ލިޔެކިއުންތައް ފަސޭހައިން ފެންނަގޮތަށް ރައްކާތެރިކަމާއެކު ފައިލުކޮށް ބެލެހެއްޓުން. 11-އޮފީހުން ކުރިއަށް ގެންދާ ޚާއްޞަ މަސައްކަތް ތަކުގައި ޢަމަލީގޮތުން ބައިވެރިވުމާއި، މުވައްޒަފަކު ނެތުމުގެ ސަބަބުން ބަދަލު އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން ހަވާލުކުރެވޭ މަސައްކަތްތަކާއި، އޮފީހުގެ މަސައްކަތާއި ގުޅޭގޮތުން ހަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން. 
  | 
| 
 މަޤާމުގެ ޝަރުތުތައް:  | 
 އެކައުންޓިންގ ނުވަތަ ފައިނޭސް އާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައިވުން.  | 
| 
 ހުށަހަޅަންޖެހޭ ލިޔުންތައް:  | 
 (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ. (ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ. 
 (ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް  | 
| 
 ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:  | 
 
  | 
| 
 މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ:  | 
 45% (ސާޅީސްފަހެއް) އިންސައްތައަށްވުރެ މަތިވާންޖެހޭނެއެވެ.  | 
| 
 މަޤާމަށް އެދެންވީގޮތާއި ސުންގަޑި:  | 
 މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2019 މެއި 27 ވާ ހޯމަ ދުވަހުގެ 12:00ގެ ކުރިން، މިލަދުންމަޑުލު ދެކުނުބުރީ މަގޫދޫ ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް މި އިދާރާގެ އީމެއިލް [email protected] މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ އެކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލު ކުރެވޭނެއެވެ.  | 
| 
 އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:  | 
 މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 2019 މޭ 29 އާ 2019 ޖޫން 01 އާ ދެމެދު މިލަދުންމަޑުލު ދެކުނުބުރީ މަގޫދޫ ކައުންސިލްގެ އިދާރާގައެވެ.  | 
| 
 ޝޯޓްލިސްޓްކުރުން:  | 
 މި ވަޒީފާއަށް އެދި ހުށަހަޅާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތައުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.  | 
| 
 މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6560031 ނަންބަރު ފޯނަށެވެ.  | 
|
