މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް
ދިވެހިރާއްޖެ
މިސަރވިސްގެ އޮފީހަށް ވަންނަ މައިބޮޑުދޮރުގެ ދެ ދޮރުފަތް ހަދާ ހަރުކުރުމަށް ބޭނުންވެއެވެ.

އިޢުލާން

   ނަންބަރު: MMS-A/2019/09

މިސަރވިސްގެ އޮފީހަށް ވަންނަ މައިބޮޑުދޮރުގެ ދެ ދޮރުފަތް ހަދާ ހަރުކުރުމަށް ބޭނުންވެއެވެ.          

            މިސަރވިސް (މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް)ގެ އޮފީހަށްވަންނަ މައިދޮރުގެ ދެ ދޮރުފަތް އަމިއްލަތަކެތީގައި ހަދާ ހަރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުން ވެއެވެ.

            ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 2019 އެޕްރީލް 18 ވާ ބުރާސްފަތި ދުވަހު  11:00 އަށް ހުޅުލޭ (ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި) ގައި ހުންނަ މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްއަށް ވަޑައިގެން އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ. ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެއެވެ. ސާރވޭ ކުރެއްވުމަށް 15 އެޕްރީލް 2019 ވާ ހޯމަ ދުވަހުގެ 11:00 އަށް މިސަރވިސްއަށް ވަޑައިގެން ދެއްވުން އެދެމެވެ.           

އަންދާސީ ހިސާބު ތައްޔާރު ކުރުމަށް ބޭނުންވާ މަޢުލޫމާތު:

 1. ދޮރުފަތުގައި ބޭނުންކުރާ ބިއްލޫރީގެ މަޢުލޫމާތު:

- ބިއްލޫރީގެ ވައްތަރު: އާދައިގެ ބިއްލޫރި،

- ބިއްލޫރީގެ ބޯމިން: 06 އެމްއެމް.

2. ދޮރުފަތާއި ބެހޭ މަޢުލޫމާތު:

- ފުލޯހިންގާރސް ހަރުކުރުން،

- ދޮރުފަތުގެ ދެފަރާތުގައި އަތްގަނޑު ހަރުކުރުން،

- ދޮރުފަތުގައި ތަޅުންގަނޑާއި އެކީގައި ޖެހޭކަހަލަ ތަޅުހަރުކުރުން.

- ދެދޮރުފަތް އެލުމިނިއަމް ފުރޭމަށް ބިއްލޫރިލައްވާ ހަދާ ހަރުކުރުން.

3. ތަކެތީގެ އަގު:

4. މަސައްކަތުގެ އަގު

5. މަސައްކަތް ނިންމޭނެ މުއްދަތު

 

  • މަތީގައިވާ ގޮތަށް ދޮރުފަތް، ހަރުކުރުމުގެ އަގާއި އެކު އަންދާސީ ހިސާބު ހުށައެޅުއްވުން.

 

  • އެސްޓިމޭޓް ހުށައަޅުއްވާއިރު، ބިއްލޫރި ދޮރުގެ ރޭޓް އަދި އެސްޓިމޭޓްގެ ޖުމްލަ އަގުގެ އިތުރުން ޖީ.އެސް.ޓީ ވަކިން ހިމަނަން ވާނެއެވެ.
  • ޑެލިވަރ ކޮށްދެވޭނެ މުއްދަތާއި ހަރުކޮށް ނިންމައިދޭނެ މުއްދަތު އެގެން އޮންނަން ވާނެއެވެ.

 

  • އަންދާސީ ހިސާބާއިއެކު ތިރީގައި މި ދަންނަވާ ލިޔެކިޔުން ހުށަހަޅުއްވަން ވާނެއެވެ.
  1. ކުންފުނީގެ ޕްރޮފައިލް
  2. ކޮށްފައިވާ މިބާވަތުގެ މަސައްކަތުގެ ތަފްސީލް
  3. ކުންފުނީގެ ރަޖިސްޓްރީގެ ކޮޕީ
  4. ޖީ.އެސް.ޓީ ރަޖިސްޓްރޭޝަން ކޮޕީ
  • ތައްޔާރުކުރާ އެސްޓިމޭޓަށް 02 މަސްދުވަހުގެ ވެލިޑިޓީއެއް ދެއްވަން ވާނެއެވެ.
  • މިކަމަށް ހޮވޭފަރާތުން ތަކެތި ގެންނައިރު އެއިން އެއްވެސް އެއްޗަކަށް ގެއްލުމެއް ލިބިފައިވާނަމަ އެތަކެތި ރިޕްލޭސް ކޮށްދެއްވަން ވާނެއެވެ.
  • އަންދާސީ ހިސާބު ހުށަހެޅުމުގެ ކުރީގައި ސާރވޭ ކުރުމަށްބޭނުންވާ ފަރާތްތައް މަތީގައި ދެންނެވިފައިވާ ތާރީޚުގައި މިސަރވިސްއަށް ވަޑައިގެން ސާރވޭ ކުރެއްވުންއެދެމެވެ.  

ބިޑް އިވެލުއޭޝަން ކްރައިޓީރިއާ

ތަފްސީލް

ޕޮއިންޓް

  1. ހުށަހަޅާފައިވާ އަގު:

 Minimum Quoted Price) / (Quoted Price) x 70)

70

  1. މުއްދަތު:  Shortest Delivery Period) / (Quoted Delivery Period) x 15)

15

  1. ތަޖުރިބާ:  (މިބަޔަށް މާރކްސް ދެވޭނީ މަސައްކަތު ތަޖުރިބާ ބަޔާންކޮށްދެން ހުށަހަޅާ ކޮންމެ ފުރިހަމަ ލިޔުމަަކަށް 0.5 ޕޮއިންޓްގެ ރޭޓުންނެވެ. މިފަދަ 10 ލިޔުމަށް ވުރެ އިތުވާ ނަމަވެސް ލިބޭނީ 10 ޕޮއިންޓެވެ.)

ފުރިހަމަ ލިޔުމެއްކަމަށްބެލެވޭނީ، ވޭތުވެދިޔަ 5 އަހަރުތެރޭގައި މި ކަމާއި ގުޅުންހުރި މަސައްކަތެއް ފުރިހަމަ ކުރުމަށްފަހު މަސައްކަތް ކޮށްފައިވާ އަގާއި، މުއަދަތު އަދި ތާރީޙް އެންގޭނޭ ގޮތަށް ހުށަހަޅާފައިވާ ލިޔުމަށް އެކަންޏެވެ.

05

  1. ވޮރަންޓީ:

10

 

ހުށަހެޅޭއަންދާސީހިސާބެއްބާތިލް (ޑިސްކޮލިފައި) ކުރެވޭގޮތްތައް:

 

  1. ހުށަހަޅާ އަންދާސީ ހިސާބުގައި މުއްދަތު ނެތުން.
  2. ހުށަހަޅާ އަންދާސީ ހިސާބުގައި، އަގު ހުށަހަޅަންޖެހޭ ކަންކަމުގެ ތެރެއިން އެއްވެސްކަމަކަށް އަގުހުށަހެޅިފައި ނެތުން.
  3. އަންދާސީ ހިސާބު ހުށަހަޅާއިރު ހުށަޅަންޖެހޭ މަޢުލޫމާތު ފުރިހަމަނުވުން.
  4. އަންދާސީ ހިސާބު ހުށަހަޅާއިރު ހުށަޅަންޖެހޭ ލިޔުންތައް ހުށައަޅާފައި ނުވުން.
  5. މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް އިން ކޮށްފައިވާ އެއްބަސްވުމާ ޚިލާފުވެގެން، ނުވަތަ "ބްލެކް ލިސްޓް" ކުރެވިފައިވާ ފަރާތަކުން ނުވަތަ އެފަރާތާ ގުޅުންހުރި ( ބްލެކްލިސްޓް ކުރެވިފައިވާ ކުންފުނީގެ ހިއްސާދާރެއް ހިމެނޭ ކުންފުންޏެއް ފަދަ) ފަރާތަކުން ހުށަހަޅާ އަންދާސީ ހިސާބު.

 

                        06 ޝައުބާން 1440

                         

11 އޭޕްރިލް 2019
ހޯދާ