ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިސްކިތް މަރާމާތާއި ބެހޭ

ފުވައްމުލަކުގެ 28 މިސްކިތުގެ އެކި މަރާމާތުތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 18 އެޕްރީލް 2019 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރުމަށްފަހު، 23 އެޕްރީލް 2019 ވާ އަންގާރަ ދުވަހު 13:00 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ބަލައިގަތުން އޮންނާނީ މިއިދާރާގެ މީޓިންގ ރޫމް ގައެވެ.   

މަޢުލޫމާތު ސާފު ކުރުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ އެފޮނުވާ ފަރާތުގެ މަޢުލޫމާތު އެގޭގޮތަށް ރަސްމީ ލިއުމެއް އޮވެގެންނޫނީ ބަދަލުގައި ފޮނުވާ ފަރާތަށް މަޢުލޫމާތު ސާފުކޮށްދޭގޮތަށް ހަމަޖެހިފައި ނުވެއެވެ. އަދި ގަޑިޖެހިގެން އަންނަ ފަރާތްތަކާއި މަޢުލޫމާތު ސާފު ކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނުދެވޭނެ ވާހަކަވެސް ދެންނެވީމެވެ.

 

 

10 އޭޕްރިލް 2019
ހޯދާ