| 
 ލީޑިންގް ޓީޗަރކަމުގެ މަސްއޫލިއްޔަތު އަދާކުރާނެ ޓީޗަރުން ހޯދުމާއިގުޅޭ 
 | 
| 
 މަޤާމް: 
 | 
 ލީޑިންގ ޓީޗަރ ( ހެނދުނު ސެޝަން ) 
 | 
| 
 ބޭނުންވާ އަދަދު: 
 | 
 01 (އެކެއް) 
 | 
| 
 ވަޒީފާ އަދާކުރަން ޖެހޭ ތަން: 
 | 
 ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރްކަޒު 
 | 
| 
 މުސާރައިގެ އިތުރަށްދެވޭ އެލަވަންސް 
 | 
 ޓެނުއަޝިޕް އެލަވަންސްގެ ގޮތުގައި -/1000 ( އެއްހާސް ރުފިޔާ ) 
 | 
| 
 ލީޑީންގ ޓީޗަރުންގެ މަޤާމަށް ޓީޗަރުން އައްޔަންކުރާނެގޮތާއި، ލީޑިންގ ޓީޗަރުންނަށް ޓެނުއަޝިޕް އެލަވަންސް ދޭނެގޮތުގެ ތަފްޞީލް 
  
 | 
- ލީޑިންގ ޓީޗަރކަމުގެ މަސްއޫލިއްޔަތު ޙަވާލުކުރެވޭނީ ޓީޗަރެއްގެ މަޤާމުގެ ޝަރުތު ހަމަވުމާއެކު، ކިޔަވައިދިނުމުގެ ރޮނގުން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށެވެ.
 
- ލީޑިންގ ޓީޗަރ ކަމުގެ މަސްއޫލިއްޔަތަކީ ތަޢުލީމީ ކަލަންޑަރުގެ 2 އަހަރު ދުވަހުގެ ޓެނުއަރއަކަށް ސްކޫލެއްގެ ޓީޗަރުންގެ ތެރެއިން ތިރީގައި އެވާގޮތަށް ޓީޗަރަކާއި ޙަވާލުކުރާ ޒިންމާއެކެވެ.
 
- ލީޑިންގ ޓީޗަރގެ ޓެނުއަރ ގުނަންފެށޭނީ މަސްއޫލިއްޔަތު ހަވާލުކުރެވޭ ތާރީޚުން ފެށިގެންނެވެ.
 
- ލީޑިންގ ޓީޗަރުކަމަށް ހޮވޭ ޓީޗަރުގެ ޓެނުއަރޝިޕް އެލަވަންސްދޭން ފަށާނީ އައްޔާންކުރާ ތާރީޚުން ފެށިގެންނެވެ.
 
- ލީޑިންގ ޓީޗަރކަމުގެ ޓެނުއަރ ހަމަވުމުން އިޢްލާންކުރުމެއްނެތި އައު ދައުރަކަށް ލީޑީންގ ޓީޗަރުކަމަށް އަލުން އައްޔަންކުރެވިދާނެއެވެ. ނަމަވެސް މިގޮތަށް އައްޔަންކުރެވޭނީ އެ މުއްދަތުގައި ކުރެވުނު އެޕްރައިޒަލްއިން އެވްރޭޖްކޮށް %85 ނުވަތަ އެއަށްވުރެ މަތިން ހޯދާފައިވުމާއެކު، މަރްކަޒުގައި ކުރިއަށްއޮތް ދިރާސީ އަހަރަށް ލީޑިންގ ޓީޗަރަކަށް ޖާގަ އޮތްނަމައެވެ.
 
- ލީޑިންގ ޓީޗަރކަމުގެ މަސްއޫލިއްޔަތު އަދާކުރި މުވައްޒަފު މަސްއޫލިއްޔަތުގެ ޓެނުއަރ ހަމަވުމުން ޓީޗަރުކަމުގެ މަސްއޫލިއްޔަތަށް އެނބުރި ރުޖޫޢަވާނެއެވެ.
 
 
ލީޑިންގ ޓީޗަރގެ މަޤާމަށް ކުރިމަތިލާ ފަރާތްތަކަށް މިންކުރާނީ މެރިޓް އުސޫލުންނެވެ. 
 | 
| 
 މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: 
 | 
- މަރްކަޒުގެ ސިޔާސަތުތައް ތަންފީޒު ކުރުމަށް އިސްވެރިންނަށް އެހީތެރިވުން.
 
- ޕްރޮގްރާމް ކޯޑިނޭޓަރނެތް ޙާލަތެއްގައި، އޭނާގެ މަސައްކަތް ނުވަތަ މަސައްކަތުން ބައެއް ޙަވާލުކުރެވިއްޖެނަމަ، އެ މަސައްކަތް ކުރުން.
 
- ކިޔަވައި ދެމުންދަނީ މަރްކަޒުގެ ޕްރޮގްރާމްތަކަށް ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ޙާޞިލްވާގޮތަށްތޯ ބަލައި ކިޔަވައިދިނުން ތަރައްޤީ ކުރުމަށް ޓީޗަރުންނަށް އިރުޝާދު ދިނުން.
 
- ކިޔަވައިދޭ މާއްދާތަކުގެ ކޯޑިނޭޝަން މީޓިންގްތައް ރާވައި ކުރިއަށް ގެންދާގޮތް ބަލައި ރިކޯރޑު ބެލެހެއްޓުން.
 
- ޕްރޮގްރާމް ކޯރޑިނޭޓާރގެ ލަފާގެމަތިން ޓެސްޓް ލަޖުނާތައް ހަމަޖެއްސުމާއި ޓެސްޓް ޕޭޕަރ ތައްޔާރުކޮށް ބެލެހެއްޓުން.
 
- ޓީޗަރުން ތައްޔާރުކުރާ ޔުނިޓް/މޮޑިއުލް ޕްލޭންތަކަކީ ކަނޑައަޅާފއިވާ ލަނޑުދަނޑިތައް ޙާޞިލްވާގޮތަށް ތައްޔާރު ކުރެވޭ ޔުނިޓް/މޮޑިއުލް ޕްލޭންއެއްތޯ ބަލައި ރަނގަޅުކުރަންޖެހޭ ކަންކަން ފާހަގަކޮށް ޓީޗަރުންނަށް އެހީތެރިވެދިނުން.
 
- ދަރިވަރުންގެ ނަތީޖާ ރަނގަޅު ކުރުމަށް ކުރަންޖެހޭ ކަންކަން ދެނެގަނެ ޓީޗަރުން ލައްވާ އެކަންކަން ކުރުވުމާއި އެކަންކަން ކުރެވެމުންދާގޮތް  ބަލައި މޮނިޓަރކުރުން.
 
- މަރްކަޒުގެ މާޙައުލަކީ ދަރިވަރުންނަށް ރައްކާތެރިކަމާއި އަމާންކަން ލިބިގެންވާ މާޙައުލެއްކަން ކަށަވަރުކުރުން.
 
- ދަރިވަރުންނަށް ތާއުލީމީ ލަނޑުދަނޑިތައް ޙާޞީލްވަމުންދާކަމާއި، ދަރިވަރުންގެ ކިބައިގައި ދީނީ، އަދި ރަނގަޅު އަޚްލާޤީ އާދަތައް ހަރުލެއްވެމުންދާކަން ކަށަވަރު ކުރުން.
 
- ވަކިވަކި މާއްދާތަކުން ދަރިވަރުން ހާޞިލްކުރާ ނަތީޖާތަކުގެ ރެކޯރޑްތައް ބެލެހެއްޓުން.
 
- ކްލާހާއި ކްލާހުން ބޭރުގައި ހިންގާ ކިޔަވައިދިނުމާއި ގުޅުންހުރި ކަންތައްތައް ހިންގުމުގައި މަރްކަޒަށް އެހީތެރިވެ، އެއްބާރުލުން ދިނުން.
 
- ރިލީފްގަޑި ހަމަޖެއްސުމާއި ނެގުން.
 
- ކިޔަވައިދިނުމާއިގުޅޭ ގޮތުން އިތުރު މުއްސަނދިކަމެއް ( ރިސޯސް ) ބޭނުންވާ ޙާލަތުގައި މަރްކަޒުގެ ވެރިންގެ ލަފަޔާއި އިރުޝާދުގެމަތިން އެފަދަ ކަންތައްތައް ކޯޑިނޭޓްކުރުން.
 
- މަރްކަޒުގެ ފަރާތުން އިންތިޒާމްކުރާ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ހަރަކާތްތަކުގައި ބައިވެރިވުން.
 
- ކޮންޓެކްޓް ގަޑީގެ ގޮތިގައި މަދުވެގެން 1 ކްލާހަށް ކިޔަވައިދިނުން.
 
  | 
| 
 ލީޑިންގ ޓީޗަރުކަމުގެ މަސްއޫލިއްޔަތު އަދާކުރުމަށް ކުރިމަތިލާ ފަރާތްތައް އައްޔަންކުރުމުގައި ޕޮއިންޓްދޭނެގޮތް: 
 | 
- ވާދަކުރާ މުވައްޒަފުންނަށް ލިބިފައިވާ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 5 އަދި އެއަށްވުރެމަތީ ހުރިހާ ސަނަދަށް ބަލައި ތީރީގައި އެވާގޮތަށް ލިބޭ ޖުމްލަ މާކްސް ތަރުތީބުން.
 
 
| 
 ސެޓްފިކެޓްގެ ލެވަލް 
 | 
 ކަނޑައަޅާފައިވާ މާކްސް 
 | 
 
| 
 ލެވަލް 5 ނުވަތަ ލެވަލް 6 
 | 
 45 
 | 
 
| 
 ލެވަލް 7 ނުވަތަ ލެވަލް 8 
 | 
 65 
 | 
 
| 
 ލެވަލް 9 
 | 
 75 
 | 
 
| 
 ލެވަލް 10 
 | 
 85 
 | 
 
 
 
- މަތީގައިވާ ގޮތަށް ތަރުތީބުކޮށް އެއްވަރަށް ޕޮއިންޓްލިބޭ ދޭއް ނުވަތަ އެއަށްވުރެ ގިނަ މުވައްޒަފުންގެ މެދުގައި ފަރަގުކުރަން ޖެހިއްޖެ ހާލަތެއްގައި، އެ މުވައްޒަފުންނަށް 2018 ވަނަ އަހަރުގެ އެޕްރައިޒަލުން ލިބިފައިވާ ޖުމްލަ މާރކްސްއަށް އަދި ޚިދުމަތުގެ މުއްދަތަށް ބެލުން.
 
  | 
| 
 ހުށަހަޅަންޖެހޭ ލިޔުންތައް: 
 | 
- ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު.
 
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
 
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
 
 
(ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ. 
(ށ)  މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ. 
- މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:
 
 
ގުޅޭ ދާއިރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. 
 | 
| 
 މަޤާމަށް އެދެންވީގޮތާއި ސުންގަޑި: 
 | 
 މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 16 އޭޕްރިލް 2019 ވާ އަނަގާރަ ދުވަހުގެ 13:30 ގެ ކުރިން، ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރްކަޒު އަށެވެ. ވަޒީފާއަށް އެދޭ ފޯމްއާއި ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދި ހުށަހަޅާ ފޯމް ބަލައިގަނެވޭނެއެވެ. ސިޓީއާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައިނުވާނަމަ އެޕްލިކޭޝަން ބާޠިލްކުރެވޭނެއެވެ. 
 |