ދިވެހިރާއްޖެ
ނަންބަރު:FNK-I/IUL/2019/078
އިޢުލާން
01 އަހަރު ދުވަހުގެ މުއްދަތަށް ޏ.ފުވައްމުލަކު ބްރާންޗުގައި ކޯރުކޮނެ އެލް.ވީ ކޭބަލް ވަޅުލުމާއި ގުޅޭ:
މި ކުންފުނީގެ ޏ.ފުވައްމުލަކު ބްރާންޗުގައި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި 01 އަހަރު ދުވަހުގެ މުއްދަތަށް ކޯރު ކޮނެ އެލް.ވީ ކޭބަލް ވަޅުލުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 09 އެޕްރީލް 2019 ވާ އަންގާރަ ދުވަހުގެ 14:00 އަށް މި ކުންފުނީގެ ހެޑް އޮފީސް (ޕޯޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ) ނުވަތަ ޏ.ފުވައްމުލަކު ބްރާންޗަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު،15 އެޕްރީލް 2019 ވާ ހޯމަ ދުވަހުގެ 14:00އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
އަންދާސީހިސާބު ހުށަހަޅާނީ މި ކުންފުނީގެ ހެޑް އޮފީސް (ޕޯރޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ) ނުވަތަ ޏ.ފުވައްމުލަކު ބްރާންޗަށެވެ. މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި މަޢުލޫމާތު ކަރުދާހުގައި އަންދާސީ ހިސާބާއި އެކު ހުށަހެޅުމަށް ލާޒިމްކޮށްފައިވާ ލިޔުންތައް ހުށަނާޅާ އަންދާސީ ހިސާބުތައް އަންދާސީ ހިސާބު ބަލައިގަންނަ ގަޑީގައި ރިޖެކް ކުރެވޭނެއެވެ.
28 ރަޖަބް 1440
04 އެޕްރީލް 2019
