ދިވެހިސަރުކާރުގެ ގެޒެޓަކީ، ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރައްވާ ޤާނޫނުތަކާއި، ސަރުކާރުގެ އޮފީސްތަކުން ނެރުއްވާ އިޢުލާންތަކާއި ދެންނެވުންތަކާއި ނޫސްބަޔާންތައް އެއްނޫހަކުން ފެންނަށް އޮތުމުން ޢާންމުންނަށް ފަސޭހަވާނެވާނެތީ، އެ މަގުސަދުގައި ނެރެވޭ ނޫހެކެވެ.


ގެޒެޓުގައި ޝާއިޢުކުރުމަށް ހަމަޖެހިފައިވަނީ، ޤާނޫނުތަކާއި، ގަވާއިދުތަކާއި، ސަރުކާރުގެ އޮފީސްތަކުން ނެރުއްވާ އިޢުލާންތަކާއި، ދެންނެވުންތަކާއި، ނޫސްބަޔާންފަދަ ލިޔުންތަކެވެ.


ލިޔުންތައް ފޮނުއްވާނީ ގެޒެޓުގެ އީ.މެއިލް އެޑްރެހަށެވެ. ގެޒެޓުގައި ޝާއިޢުކުރެއްވުމަށް ފޮނުއްވާ ދިވެހި ލިޔުންތައް ލިޔުއްވާނީ މައިކްރޯސޮފްޓް ވާރޑުގައި ފަރުމާ ފޮންޓުންނެވެ.

ގުޅުއްވުމަށް

ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ބޮޑުތަކުރުފާނުމަގު
މާލެ، ދިވެހިރާއްޖެ


ފޯން3323701
ފެކްސް3325500
އީމެއިލްgazette@po.gov.mv