މިލަދުންމަޑުލު ދެކުނުބުރީ ހެނބަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސްޖިދުލް އައްވާބީގައި ކުލަލުމާއި، މަސްޖިދުލް ނޫރުގައި ވަރުނިސްލަައިދޭނެ ފަރާތެއް ހޯދުމާބެހޭ

 

                  

                                                ނަންބަރ: (IUL)285-D/285/2019/18)

އިޢުލާން

މަސްޖިދުލް އައްވާބީގައި ކުލަލުމާއި، މަސްޖިދުލް ނޫރުގައި ވަރުނިސްލުމާއި ގުޅޭ

             މި އިދާރާއިންދޭ މަޢުލޫމާތާއި އެއްގޮތަށް މަސްޖިދުލް އައްވާބީގައި ކުލަ ލައިދޭނެ ފަރާތަކާއި، މަސްޖިދުލް ނޫރުގައި ވަރުނިސް ލައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 14 އޭޕްރީލް 2019 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހު 13:00ށް މި އިދާރާއަށްދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 17 އޭޕްރީލް 2019 ވާ ބުދަ ދުވަހުގެ މެންދުރުފަހު 13:00ށް މި އިދާރާއަށްދުރުވެ އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

            މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކުގެ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މައުލޫމާތައްޓަކައި ދެންނެވީމެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި އެހެން ބޭފުޅަކު ފޮނުއްވާނަމަ އެއީ ބަދަލުގައި ފޮނުއްވި ފަރާތެއްކަން އެނގޭފަދަ ލިޔުމަކާއިއެކު ފޮނުއްވުމަށްވެސް ދަންނަވަމެވެ. އަދި ދަންނަވަމެވެ. މިޢިއުލާނަށް އަންދާސީ ހިސާބު ހުށަހެޅުއްވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 2014/18) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮއްފައިވާ ފަރާތްތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު ( ޤާނޫނު ނަންބަރ: 2014/19) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮއްފައިވާ ފަރާތްތަކަށެވެ.

ވީމާ މިކަން އާއްމުކޮށް އެންގުމަށްޓައި އިޢުލާން ކުރީމެވެ.

                            28 ރަޖަބް 1440

                           04 އޭޕްރީލް 2019

 

 

                                                                އާދަމް ސަމީރު

                                                           ހެނބަދޫ ކައުންސިލްގެ ރައީސް

04 އޭޕްރިލް 2019
ހޯދާ